Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިހާބު

ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބަށް ކެންޑިޑެސީ ފޯމް މިފަހަރު ހުށަހެޅޭނީ އޮންލައިންކޮށް، ކުރިމަތިލުމުގެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ!

އެޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކެންޑިޑެސީ ފޯމް ހުށަހެޅޭނީ އޮންލައިންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ. މި އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބު ކުރާނެ. ވޯޓުލުމުގެ ހައްގު ލިބެނީ 294،937 މީހުންނަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 13:45
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު | ރާއްޖެ އެމްވީ

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކު ގެ އިންތިޚާބަށް ކެންޑިޑެސީ ފޯމް ހުށަހެޅޭނީ އޮންލައިންކޮށް ކަމަށާއި ކެންޑިޑޭޓުންނަށް ވުމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެެވެ.

އެޕްރީލް 4 ވަނަ ދުވަހު ބާއްވާ އެ އިންތިޚާބަށް ވާން ޖެހޭ އިދާރީ ތައްޔާރީތައް މިހާރު ވެސް ކުރިއަށް ދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. 

Advertisement - newsAdvertisement

އެ ކޮމިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުުމެއްގައި ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ އަމިއްލަ ފަރާތަކުން އިންތިޚާބަށް ކުރިމަތިލާ ނަމަ ވަކިވަކިން 50 މީހުންގެ ތާއީދުއޮތްކަން ޕޯޓަލް މެދުވެރިކޮށް ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ. ހަމައެހެންމެ ޕާޓީއެއްގެ ފަރާތުން ހުށަހަޅާ ކެންޑިޑެސީ އެއް ނަމަ ހުރިހާ ލިޔެކިޔުންތައް ފުރިހަމަވާން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ނޫން ހާލަތުގައި ޕޯޓަލް އިން އެ މަރުހަލާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޯމް ބަލައިގަނަންނާނީ ޑިޖިޓަލްކޮށް. އޮންލައިންކޮށް ފޯމު ހުށަހެޅުމުން ހުށަހެޅި ވަގުތު އެނގެން ހުންނާނެ. ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ 12:00 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނެ. އޭގެ ފަހުން އެއްވެސް ފަރާތަކަށް އެޕްލިކޭޝަނެއް ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެ." ޒާހިދު ވިދާޅުވިއެވެ.

ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ، ލޯކަލް ކައުންސިލް އިންތިޚާބުގައި 678 މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މި ފަހަރު އިންތިޚާބު ކުރާނީ 678 މީހުންނެވެ. އެހެންކަމުން މި އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބު ކުރާނެ އެވެ.

މީގެ އިތުރުން، މި އިންތިޚާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާ އިރު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ސިޓީތަކުގެ ރައްޔިތުން ވޯޓުލުމަށް މާލެ ސަރަހައްދުގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. އަދި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ. ހަމައެހެންމެ ކައުންސިލް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި 2 ވޯޓު ފޮށި އަދި މެލޭޝިއާގެ ކުއަލަލަމްޕޫރުގައި 1 ވޯޓު ފޮށި، ސްރީލަންކާގެ ކޮލަމްބޯގައި 1 ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފަ އެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 294,937 މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި، 150,410 ފިރިހެނުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުއިލެކްޝަންސް ކޮމިޝަންމުޙައްމަދު ޒާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާހިދު އެދިވަޑައިގަތީ ރައްޔިތުން ނުކުމެ ސަރުކާރު ބަލިކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވޯޓު ދިނުމަށް

ޝާހިދު އެދިވަޑައިގަތީ ރައްޔިތުން ނުކުމެ ސަރުކާރު ބަލިކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވޯޓު ދިނުމަށް

15 ޖެނުއަރީ 2026
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް 315 ޝަކުވާއެއް

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް 315 ޝަކުވާއެއް

14 ޖެނުއަރީ 2026
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފި

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފި

14 ޖެނުއަރީ 2026
ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

11 ޖެނުއަރީ 2026
ރަށްރަށުގެ ތަރައްގީއަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް ނުޖެހޭ: ނިޔާޒު

ރަށްރަށުގެ ތަރައްގީއަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް ނުޖެހޭ: ނިޔާޒު

11 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު