Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

ޔުނައިޓެޑްގެ މެނޭޖަރުގެ މަގާމު ސޮލްޝަޔާ އައްޔަނުކޮށްފި

ސޯލްޝަޔާއަށް ދީފައިވަނީ ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއް

އަމަން ހަލީމް
އަމަން ހަލީމް | 28 މާރިޗު 2019 | ބުރާސްފަތި 11:27
ޔުނައިޓެޑްގެ މެނޭޖަރު އޮލެ ގަނަރ ސޯލްޝަޔާ

ޔުނައިޓެޑްގެ މެނޭޖަރު އޮލެ ގަނަރ ސޯލްޝަޔާ

އިންގްލިޝް ޕްރިމިއަރ ލީގުގައި ކުޅޭ މެންޗެސްޓަރ ޔުނައިޓެޑްގެ މެނޭޖަރުގެ މަގާމަށް، ކުރީގެ ކުޅުންތެރިޔާ އޮލެ ގަނަރ ސޯލްޝަޔާ ދާއިމީކޮށް އައްޔަނުކުރަން އެ ކްލަބުގެ ބޯޑުން ނިންމައިފިއެވެ.

ޑިސެމްބަރު މަހުގެ ތެރޭގައި ކުރީގެ މެނޭޖަރު ހޯސޭ މޮރީނިއޯ އެ މަގާމުން ދުރުކުރުމަށް ފަހު، ވަގުތީ މެނޭޖަރެއްގެ މަގާމުގައި ހުރި ސޯލްޝަޔާއަށް ޔުނައިޓެޑުން ދީފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

ޔުނައިޓެޑުގެ ކޯޗުކަމާއި ސޯލްޝަޔާ ހަވާލުވީ ފަހުން އެ ޓީމުގެ ނަތީޖާތައް ރަނގަޅުވެފައިވާ އިރު، މިހާތަނަށް ކުޅުނު 19 މެޗުގެ ތެރެއިން 14 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. މީގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ފަހަތުން އަރައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބަލިކުރުން ފާހަގަކުރެވެއެވެ.

ސޯލްޝަޔާ މަގާމަށް އައްޔަނު ކުރީ އޭނާއަކީ އެ މަގާމަށް އެކަށީގެންވާ މީހާކަން ޔަގީންވުމުން ކަމަށް ޔުނައިޓެޑުގެ ވައިސް ޗެއަރމަން އެޑް ވުޑްވަރޑް ވަނީ ބުނެފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އިނގިރޭސިި ޕްރިމިއަރ ލީގު ތާވަލުގެ ފަސްވަނާގައި ޔުނައިޓެޑް އޮތް އިރު، އެ ޓީމު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ދެން ކުޅެން އޮތީ ސްޕެއިންގެ ޗެމްޕިއަން ވަރުގަދަ ބާސެލޯނާއާއެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
21 މާރިޗު 2017

ފާގަސަން އެނބުރި ޔުނައިޓެޑްގެ ބެންޗަށް!

21 މާރިޗު 2017
ފާގަސަން އެނބުރި ޔުނައިޓެޑްގެ ބެންޗަށް!
10 މާރިޗު 2017

ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!

10 މާރިޗު 2017
ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!
05 މާރިޗު 2017

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު