Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނަޕޯލީ

ނަޕޯލީގެ ކޯޗަކަށް އަންޗެލޯޓީ އައްޔަނުކޮށްފި

އޭނާ އެ ކްލަބާއެކު ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 މެއި 2018 | ބުރާސްފަތި 16:19
ކާލޯ އަންޗެލޯޓީ

ކާލޯ އަންޗެލޯޓީ

އިޓާލިއަން ސެރީއޭގައި ކުޅެމުން އަންނަ އެސްއެސްސީ ނަޕޯލީގެ ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޯޓީ އައްޔަނުކޮށްފިއެވެ.

ނަޕޯލީގެ ކޯޗުގެ މަގާމަށް އަންޗެލޯޓީ އައްުޔަނުކުރިކަން އެ ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ އެ ކްލަބާއެކު ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ނަޕޯލީގެ ކޯޗުގެ މަގާމާއި ހަވާލުވުމަށްފަހު ކުރި ޓްވީޓެއްގައި އަންޗެލޯޓީ ބުނީ ނަޕޯލީ ފަދަ ތަފާތު ޓީމެއްގެ ކޯޗަކަށް ވުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. އަންޗެލޯޓީއަށް އެމަގާމު ލިބިގެންދިޔައީ އެމަގާމުގައި ހުރި މައުރީޒިއޯ ސައްރީ އެމަގާމު ދޫކޮށްލުމާއި ވިދިގެންނެވެ.

ނަޕޯލީގެ ކޯޗުގެ މަގާމާއި އޭނާ ހަވާލުވިއިރު މިދިޔަ މަހުގެ ތެރޭގައި މީޑިއާތަކުން ވަނީ އިޓަލީގެ ގައުމީ ޓީމާއި އަންޗެލޯޓީ ހަވާލުވާން އުޅޭ ކަމަށް ވެސް ރިޕޯޓްކޮށްފައެވެ.

މި ސީޒަން ނަޕޯލީއިން ނިންމާލީ ތާވަލުގެ ދެވަނަ މަގާމުގައި އޮވެގެންވާއިރު އެ ޓީމުން ވަނީ މި ސީީޒަނުގައި 91 ޕޮއިންޓް 38 މެޗުން އެއްކޮށްފައެވެ. މިއީ އެކްލަބްގެ ތާރީހުގައި ވެސް އެންމެ ގިނައިން އެއްކުރި ޕޮއިންޓްގެ އަދަދަށްވާއިރު ނަޕޯލީ ވެގެންދިޔައީ 90 ޕޮއިންޓަށްވުރެ ގިނައިން ހޯދުމަށްފަހު ސެރީއޭގެ ޗެމްޕިއަންކަން ނުލިބުނު ފުރަތަމަ ޓީމަށެވެ. އަންޗެލޯޓީގެ އެންމެ ބޮޑު ވަޒީފާއަަކަށް ވެގެންދާނީ އިޓަލީގައި ޔުވެންޓަސްއިން ކުރަމުންދާ ވެރިކަން ނިމުމަކަށް ގެނައުމެވެ. މިދިޔަ ހަތަރު އަހަރު ވެސް ޔުވެންޓަސްއިން ވަނީ އިޓަލީގައި ބާއްވާ ބޮޑު ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެގޮތުން މަސިމިލިއާނޯ އަލެގްރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔުވެންޓަސްއިން ވަނީ މި ސީޒަނުގައި ވެސް އިޓާލިއަން ސެރީއޭގެ އިތުރުން ކޮޕާ އިޓާލިއާ ވެސް ކާމިޔާބުކޮށްފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗުގެ މަގާމުން ވަކިކުރި ފަހުން އަންޗެލޯޓީ އެހެން އެއްވެސް ޓީމަކަށް އިރުޝާދު ދީފައެއް ނުވެއެވެ. ބަޔާންގެ ކޯޗުގެ މަގާމުން އަންޗެލޯޓީ ވަކިކުރީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަޔާން ބަލިވިތާ 24 ގަޑިއިރު ނުވަނީސްއެވެ. ބަޔާންއިން ބުނީ ސީޒަނުގެ ކުރީކޮޅުން ފެށިގެން އެ ޓީމުން އުއްމީދުކުރި ނަތީޖާ އަންޗެލޯޓީއަށް ނެރެދެވިފައިނުވާ ކަމަށެވެ.

އަންޗެލޯޓީއަކީ ކުޅުންތެރިޔެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މަދު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެގޮތުން އޭނާ ވަނީ އޭސީ މިލާނާއެކު ކުޅުންތެރިޔެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ވެސް މި މުބާރާތް ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ އޭނާއަކީ ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ތިން ފަހަރު އުފުލާލި ދެ ކޯޗުންގެ ތެރެއިން އެކަކެެވެ. އެންޗެލޮޓީ ވަނީ 2003 ވަނަ އަހަރާއި 2007 ވަނަ އަހަރުގެ ތަށި އޭސީ މިލާނާއިއެކު އަދި 2014 ވަނަ އަހަރުގެ ތަށި ރެއާލް މެޑްރިޑާއިއެކު އުފުލާފައެވެ.

އިޓަލީގެ ސެރީއޭ އަންޗެލޯޓީއަށް އުފުލާލެވިފައިވަނީ އެންމެ ފަހަރަކުއެވެ. އޭނާ ވަނީ ޔުވެންޓަސް އާއި ނަޕޯލީ އަދި ޕާމާއަށް ވެސް އިރުޝާދު ދީފައެވެ. ހަމައެހެންމެ ޔޫރަޕުގެ އެންމެ ބޮޑު ޓީމުތައް ކަމަށްވާ ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް އަދި ޗެލްސީގެ އިތުރުން ޕީއެސްޖީއަށް ވެސް އޭނާ ވަނީ އިރުޝާދު ދީފައެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ

23 މެއި 2017
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ
23 މެއި 2017

ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ

23 މެއި 2017
ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
06 އެޕްރީލު 2017

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު