Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެވަޓަން

އެވަޓަންގެ ކޯޗަކަށް އެލަޑައިސް އައްޔަނުކޮށްފި

2019 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ނިމެންދެން އެ ކްލަބުގެ ކޯޗުގެ މަގާމަށް އެލަޑައިސް ވަނީ އައްޔަނުކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2017 | ހުކުރު 10:40
ސޭމް އެލަޑައިސް - މިއީ ޕްރިމިއާ ލީގުގައި އޭނާ އިރުޝާދު ދޭނެ ހަތްވަނަ ކްލަބް

ސޭމް އެލަޑައިސް - މިއީ ޕްރިމިއާ ލީގުގައި އޭނާ އިރުޝާދު ދޭނެ ހަތްވަނަ ކްލަބް

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެވަޓަންގެ ކޯޗުކަމުގެ މަގާމަށް ތަޖުރިބާކާރު ކޮޗު ސޭމް އެލަޑައިސް އައްޔަނުކޮށްފިއެވެ.

އެވަޓަންގެ ރަސްމީ ވެބްސައިޓުގައި އާންމުކުރި ބަޔާނެއްގައި ވަނީ 2019 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ނިމެންދެން އެ ކްލަބުގެ ކޯޗުގެ މަގާމަށް އެލަޑައިސް އައްޔަނުކޮށްފައިވާ ކަމަށެވެ.

މަގާމަށް އައްޔަނުކުރެވުމާއި ވިދިގެން އެވަޓަންގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އެލަޑައިސް ބުނީ އެވަޓަންގެ ކޯޗުގެ މަގާމު ގަބޫލުކުރީ އެ ކްލަބަކީ ވަރަށް ތާރީހީ ކްލަބެއް ކަމަށާއި އެ ކްލަބުން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަކީ އޭނާއަށް ވަރަށް ކަމުދާ ކަންތައްތަކެއް ކަމަށެވެ.

ހަމައެހެންމެ އޭނާ ބުނީ ފާއިތުވެދިޔަ ދުވަސްތަކަކީ އެވަޓަންއަށް ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށާއި އޭނާގެ އެންމެ ފުރަތަމަ އަމާޒަކީ އަލުން އަނބުރާ އެ ކްލަބަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދިނުން ކަމަށެވެ. އަދި އެ ޓީމުގައި ތިބި ކުޅުންތެރިންނާއެކު މަސައްކަތް ކުރުމަށް ކެތްމަދުވެފައި ހުރި ކަމަށްވެސް އެލަޑައިސް ބުނެފައިވެއެވެ.

އެވަޓަންގެ މެޖޯރިޓީ ޝެއާހޯލްޑަރު ފަރްހާދް މޮޝްރީ ބުނީ އެވަޓަންގެ ދުރު ރާސްތާ ޕްލޭންތައް ތަންފީޒުކުރުމަށް އެލަޑައިސްއަކީ އެންމެ އެކަށީގެންވާ މީހާ ކަމަށާއި އޭނާއަކީ 24 ގަޑިއިރު ވެސް މަސައްކަތް ކުރަން ޖެހިއްޖެނަމަ އެކަމަށް ފަސްޖެހޭނެ މީހެއް ނޫން ކަމަށެވެ. ފަރްހާދް މޮޝްރީ ވަނީ އެވަޓަންގެ ކޯޗުގެ މަގާމު ވަގުތީ ގޮތުން ފުރި 23 އަހަރުގެ ދަށުގެ ޓީމުގެ ކޯޗު ޑޭވިޑް އަންސްވޯތްއަށް ޝުކުރު އަދާކޮށްފައެވެ.

އެވަޓަންގެ ކޯޗު ކަމުގެ މަގާމު ހުސްވެފައިވަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އާސެނަލް އަތުން 5-2 ގެ ނަތީޖާއަކުން އެ ޓީމު ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި އޭރު ހުރި ނެދަލޭންޑްސްގެ ރޮނާލްޑް ކޯމަން އެ މަގާމުން ވަކިކުރުމާއި ވިދިގެންނެވެ. ކޯމަންގެ އިރުޝާދުގެ ދަށުން އެވަޓަން ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެވަޓަންއިން 140 މިލިއަން ޕައުންޑަށް ވުރެ އިތުރަށް ހަރަދު ކޮށްފައިވާއިރު އެ ޓީމަށް މާ އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. އެގޮތުން އެ ޓީމު މިވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނަށް ވުރެ ދެ ޕޮއިންޓް މަތީގައެވެ. ހަމައެހެންމެ ޔުއެފާ ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި 5-1 ގެ ނަތީޖާއަކުން އެޓަލާންޓާ އަތުން ބަލިވެ އެވަޓަން އޮތީ ގްރޫޕުގެ ފުލުގައެވެ.

އެވަޓަންގެ ކޯޗުގެ މަގާމަށް އެލަޑައިސް އައްޔަނުކޮށްފައިވާއިރު އޭނާ އެންމެ ފަހުން ފުރާފައި ވަނީ ކްރިސްޓަލް ޕެލަސްގެ ކޯޗުގެ މަގާމެވެ. މިއީ އެލަޑައިސް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަން ހަވާލުވާނެ ޕްރިމިއާ ލީގުގެ ހަތްވަނަ ކްލަބެވެ. ޕްރިމިއާ ލީގުގައި 488 މެޗުގައި އެލަޑައިސް އިރުޝާދު ދީފައިވާއިރު އޭނާވަނީ އޭގެތެރެއިން 165 މެޗު ކާމިޔާބު ކޮށްފައެވެ.

އޭނާ ވަނީ މިދިޔަ ސީޒަނުގައި ކްރިސްޓަލް ޕެލަސް ރެލިގޭޝަނުން ސަލާމަތް ކޮށްދީފައެވެ. ކްރިސްޓަލް ޕެލަސްއާއި ހަވާލުވުމުގެ ކުރިން އެލަޑައިސް ވަނީ އިނގިރޭސި ގައުމީ ޓީމުގެ ކޯޗުގެ މަގާމު ވެސް އަދާކޮށްފައެވެ. އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމުން އެލަޑައިސް އިސްތިއުފާ ދީފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ

23 މެއި 2017
ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ

ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ

23 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި

ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު