Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުގެ ކޯޗު

ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ޕީޓަރ ސެގެޓް އައްޔަނު ކޮށްފި

އޭނާ އާއެކު އެފްއޭއެމްއިން ސޮއިކޮށްފައި ވަނީ ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 14 މާރިޗު 2018 | ބުދަ 08:39
ބައްސާމް އަދި ސެގެޓް ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު

ބައްސާމް އަދި ސެގެޓް ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު

ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ކްރޮއޭޝިއާގެ ޕީޓާ ސެގެޓް އައްޔަނު ކޮށްފިއެވެ.

އަފްޣާނިސްތާނުގެ ފުޓްބޯޅައަށް ބޮޑު ކުރިއެރުންތަކެއް ހޯދައިދިން ސެގެޓް އެ މަގާމަށް އައްޔަނު ކޮށްފައިވަނީ ބުދަ ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައެވެ. ސެގެޓް އާއެކު އެފްއޭއެމްގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ. އޭނާ އާއެކު އެފްއޭއެމްއިން ސޮއިކޮށްފައިވަނީ ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭނާ ވެގެންދާނީ ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖޭގެ ގައުމީ ޓީމާއި ހަވާލުވާނެ ހަތަރުވަނަ ކޯޗަށެވެ.

ގައުމީ ޓީމަށް އާ ކޯޗެއް އައްޔަނު ކޮށްފައިވަނީ އެ މަގާމުގައި މީގެކުރިން ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓްގެ ކޮންޓްރެކްޓް ހަމަވުމާއި ގުޅިގެންނެވެ. ސެގެޓް ވަނީ އަފްޣާނިސްތާނުގެ ގައުމީ ޓީމާއެކު 2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގައި ރާއްޖެ ބަލިކޮށްފައެވެ. ރިކީ ހާބާޓްގެ އިރުޝާދުގެ ދަށުން އޭރު ކުޅުނު ރާއްޖޭގެ ގައުމީ ޓީމުގެ މައްޗަށް އެފަހަރު އަފްޣާނިސްތާން ކުރި ހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އަފްޣާނިސްތާނު އަތުން އެންމެ ބޮޑު ތަފާތަކުން ބަލިވި މެޗެވެ. އަފްޣާނިސްތާނުގެ ފުޓްބޯޅައިގެ ތާރީހުގައި އެ ޓީމަށް އެންމެ ބޮޑު ކާމިޔާބެއް ހޯދައިދިން ކޯޗަކީ ސެގެޓް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޖަރުމަނުގެ ޓީމުތަކުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވި ސެގެޓް ވަނީ 2008 ވަނަ އަހަރު މެދުތެރޭ ޔޫރަޕުގެ ގައުމެއް ކަމަށްވާ ޖޯޖިއާގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ވެސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު