Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޯންޏެއް އަޑިއަށްދިއުން

ވެލިދޫން ފުރައިގެން ގޮއިދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިޔަށް ހިނގައްޖެ

4 ދިވެހީންނާއެކު ދަތުރުކުރި 70 ފޫޓްގެ މި ދޯނި ދިޔަވެ އަޑިއަށްދާން ފެށުމުން އެ ދޯނި ވަނީ ށ. ބޮޑުޅައިމަންދޫ ފަރާ ކައިރިކޮށްފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ޑިސެމްބަރު 2022 | ހޮނިހިރު 10:12
އަޑިއަށްދިޔަ ހައިޝަމް ދޯނި ކައިރީގައި ކޯސްޓްގާޑުން ހަރަކާތްތެރިވަނީ

އަޑިއަށްދިޔަ ހައިޝަމް ދޯނި ކައިރީގައި ކޯސްޓްގާޑުން ހަރަކާތްތެރިވަނީ

ނ.ވެލިދޫން ފުރައިގެން ށ.ގޮއިދޫއަށް ދަތުރުކުރަމުންދިޔަ "ހައިޝަމް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށީގެ ދޯންޏެއް ކަމުގައިވާ "ހައިޝަމް" ދޯނި ދިޔަވެ އަޑިއަށް ގޮސްފައިވަނީ ށ. ބޮޑުޅައިމަންދޫ ކައިރިއަށެވެ. މި ހާދިސާގެ މައުލޫމާތު މިއަދު 11:13 އެހާއިރު ލިބުމާއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗާއި ށ.ފޮނަދޫގައި އޮންނަ ސީ އެމްބިއުލާންސް ވަނީ އެ ސަރަހަށްދަށް ގޮސްފައެވެ. 

Advertisement - newsAdvertisement

4 ދިވެހީންނާއެކު ދަތުރުކުރި 70 ފޫޓްގެ މި ދޯނި ދިޔަވެ އަޑިއަށްދާން ފެށުމުން އެ ދޯނި ވަނީ ށ. ބޮޑުޅައިމަންދޫ ފަރާ ކައިރިކޮށްފައެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ގިނަ އަދަދެއްގެ މުދާހުރި މި ދޯނިން އޮޔާ ދިޔަ ގޭސް ފުޅިތައް ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗުން ހޮވާފައިވާއިރު، މި ދޯންޏަށް އެހީތެރިވުމުގެ މަސައްކަތުގައި ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފްށ.ގޮއިދޫނ.ވެލިދޫކުޅުދުއްފުށި ސިޓީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު