Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެލިދޫ ޖޫނިއަރ ކޮލެޖްގެ މަޝްރޫއު

ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫއުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް

މި މަޝްރޫއުގެ ދަށުން 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި 2 ކްލާސް ރޫމާއި، 1 އައިސީޓީ ލެބް ހަދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 11 އޯގަސްޓު 2023 | ހުކުރު 04:10
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

ނ. ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫއުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ.

އެމްޓީސީސީން ބުނީ 2,724 މީހުންގެ އާބާދީއެއް އޮންނަ ވެލިދޫ ރައްޔިތުން އާއްމުކޮށް ހަރަކާތްތެރި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ކަމަށެވެ. އެގޮތުން މަތީ ފަންތީގައި ހިންގަމުންދާ 7 ރިސޯޓެއް މި އަތޮޅުގައި މިހާރުވެސް އޮތުމާއެކު ގިނަ ރައްޔިތުންތަކެއް ވަޒީފާ އަދާކުރަމުން ދަނީ މި ރިސޯޓްތަކުގައި ކަމަށެވެ. ވެލިދޫގައި އެކަށީގެންވާ އާބާދީއެއް އޮތުމާއެކު ތައުލީމް ހާސިލް ކުރަމުންދާ ބޮޑު އާބާދީއެއްވެސް އޮންނަކަން އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު އެތަކެއް ޒުވާނުންނަކަށް ފަހިވެގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އުފެއްދުންތެރިކަން އިތުރުވެ ތައުލީމީ ގާބިލު ޒުވާން ޖީލެއް އުފެދިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި 2 ކްލާސް ރޫމާއި، 1 އައިސީޓީ ލެބާއ،ި 1 ލައިބްރަރީއާއި 2 ވޯރކްޝޮޕް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 11.91 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

އެމްޓީސީސީނ.ވެލިދޫ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު