Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕާޓީތަކުގެ ދަފްތަރު

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމުގައި ހުރި ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް މައްސަލައެއް

ބަހުސް ކުރުމަށް 40 މެމްބަރުންގެ ވޯޓުން ވަނީ ފާސްވެފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 7 ޖޫން 2022 | އަންގާރަ 04:42
އެމްޑީޕީ ޤައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން

އެމްޑީޕީ ޤައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން

ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި ވަކިކުރުމުގައި ހުރި ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފިއެވެ.

މައްސަލަ ހުށައެޅުއްވީ، ވެލިދޫ ދާއިރާގެ މުހައްމަދު މެމްބަރު އަބްދުﷲ ޝަފީގްއެވެ. ޝަފީގް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ސިޔސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކި ކުރުމުގައި މިހާރު އަމަލުކުރަމުންދާގޮތުން ރައްޔިތުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މައްސަލައާ މެދު ބަހުސް ކުރުމަށް 40 މެމްބަރުންގެ ވޯޓުން ވަނީ ފާސްވެފައެވެ.

މައްސަލައިގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކަށް މީހުން ބަދަލުކުރުމުގައި އެމީހުންގެ ބައިވެރިވުމެއް ނެތި އަމަލުކުރަމުން ދާކަމަށެވެ. އަދި ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ސިޔާސީ ޕާޓީތަކުގެ ހަރަކާތުގައި ބައިވެރިވުމުގެ ހައްގުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށެވެ.

އެފަދަ މީހުންގެ އަމަލުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރުމަށް ބޭނުންވާ މީހުންނަށް އެ ހައްގު ގެއްލިފައިވާ ކަމަށް ޝަފީގް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ. އަދި އެ މީހުންގެ ހައްގު ނަގާލައި، ނުހައްގު މާލީ މަންފާއާ ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުންދާ ކަމަށެވެ. މިފަދަ ޝަކުވާތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ ގޮތުން އިތުރު މައްސަލަތައް ކުރިމަތިވަމުން ދިޔުމާއި، ސިޔާސީ ޕާޓިގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ކުޑަވަމުންދާތީ، އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.  

ޝަފީގް ވިދާޅުވީ، މައްސަލަ ބޮޑަށް ފާހަގަވެފައިވަނީ، ފާއިތުވި މަހުގެ 29ވަނަ ދުވަހު ގައުމީ މަޖިލީހަށް ހުށައެޅުނު އެމްޑީޕީގެ ދަފްތަރުގައި ތިބި އެތައް ބަޔަކު އިލެކްޝަންސް ކޮމިޝަނުގައި ޕާޓީ ދަފްތަރުގައި ނެތް ކަމަށެވެ.

މި ނިޒާމުގައިވާ މި މައްސަލައަށް ހައލު ލިބެންޖެހޭ ކަމަށާއި، މިއީ މިކަމަށް އެންމެ ރަނގަލޫ ދަނޑިވަޅު ކަމަށެވެ. މަޖިލީހުގައި ތިބި މެމްބަރުންނަކީ އެމްޑީޕީގެ ޓިކެޓްގައި ހޮވިފައިވާ މެމްބަރުން ކަމަށާއި، އެ މެމްބަރުންވެސް ޕާޓީގެ ދަފްތަރުގައި ނެތް ކަމަށެވެ. މިކަން މިހެން ވަމުންދަނީ އީސީގެ އިހުމާލުން ކަމަށް ޝަފީގް ވިދާޅުވިއެވެ.

މެމްބަރުން ބަހުސް ކުރެއްވުމަށް މި މައްސަލަ ކޮމިޓީއަކުން ބެލުމަށް ޝަފީގް ހުށައެޅުއްވިއެވެ.

އެމްޑީޕީގެ ގައުމި މަޖިލީހުންވަނީ އެ ޕާޓީ ދަފްތަރުގައި ތިބި މީހުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަންސްގެ ދަފްތަރުގައި ނެތް 39،000ހާ މީހުން ޕާޓީން ވަކިކުރުމަށް ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުންވަނީ ޕާޓީއަށް މީހުން ވެއްދުމަށް ހުށައަޅާ ކޮންމެ ފޯމެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ނިންމާފައެވެ.  

ރައްޔިތުންގެ މަޖިލިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ނ.ވެލިދޫއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު