Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާގެ މިނިއަޕޮލިސް ގައި ކުރި މުޒާހަރާތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށް، ފުލުހަކަށް އަނިޔާވެއްޖެ

އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) ގެ އެޖެންޓަކު ދިން ބަޑީގެ ހަމަލާއެއްގައި އަންހެނަކު މަރުވުމާ ގުޅިގެން މިނިއަޕޮލިސް ގައި ކުރި މުޒާހަރާތަކުގައި މަދުވެގެން 29 މީހުން ވަނީ ހައްޔަރުކޮށްފައި،

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 08:11
އެމެރިކާގެ މިނިއަޕޮލިސް ގައި "އައިސް" އޭޖެންޓުންނާ ދެކޮޅަށް ހިނގަމުންދާ މުޒާހަރާތަކުގެ ތެރެއިން

އެމެރިކާގެ މިނިއަޕޮލިސް ގައި "އައިސް" އޭޖެންޓުންނާ ދެކޮޅަށް ހިނގަމުންދާ މުޒާހަރާތަކުގެ ތެރެއިން | އެކްސް

އެމެރިކާގެ މިނިއަޕޮލިސް ގައި ކުރި މުޒާހަރާތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށް، ފުލުހަކަށް އަނިޔާވެއްޖެ އެވެ.

އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) ގެ އެޖެންޓަކު ދިން ބަޑީގެ ހަމަލާއެއްގައި އަންހެނަކު މަރުވުމާ ގުޅިގެން މިނިއަޕޮލިސް ގައި ކުރި މުޒާހަރާތަކުގައި މަދުވެގެން 29 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ހުކުރު ދުވަހުގެ ރޭ 1،000 އެއްހައި މީހުން މަގުތަކަށް ނުކުމެ ކުރި މި މުޒާހަރާގެ ތެރޭގައި ފުލުހަކަށް ގަނޑުފެންބުރިއަކުން ހަމަލާދިނުމުގެ ސަބަބުން އަނިޔާވެފައިވާ ކަމަށް ސިޓީގެ އޮފިޝަލުން ބުނެފައިވެ އެވެ.

އުމުރުން 37 އަހަރުގެ ރެނީ ނިކޯލް ގުޑް، އޭނާގެ ކާރުގެ ތެރޭގައި އިންދާ ބުދަ ދުވަހު ބަޑިޖަހާ މަރާލުމާ ގުޅިގެން، އިމިގްރޭޝަން ގާނޫނުތައް ތަންފީޒުކުރުމާ ދެކޮޅަށް އެމެރިކާގެ އެކި ކަންކޮޅުތަކުގައި މިހާރު ދަނީ މުޒާހަރާތައް ކުރަމުންނެވެ.

ޓްރަމްޕްގެ ސަރުކާރުން ބުނެފައިވަނީ ބަޑި ޖެހި އެޖެންޓް އެކަން ކުރީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުގެ އޮފިޝަލުން ބުނާ ގޮތުގައި އޭނާގެ ގަޔަށް ފުލުހުން ބަޑިޖެހި ނަމަވެސް އެ އަންހެން މީހާގެ ފަރާތުން އެއްވެސް ނުރައްކަލެއް ކުރިމަތިވެފައެއް ނުވެ އެވެ.

'އައިސް' އެޖެންޓުން ތިބި ކަމަށް ބެލެވޭ 'ކެނޮޕީ ހޮޓެލް' ކައިރިއަށް މުޒާހަރާގެ ބައިވެރިން އެއްވުމާ ގުޅިގެން، އެއީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށް މިނިއަޕޮލިސް ފުލުހުން ހުކުރު ދުވަހުގެ ރޭ ކަނޑައެޅިއެވެ. ފުލުހުންގެ ބަޔާނެއްގައިވާ ގޮތުން، ބައެއް މީހުން ވަނީ ހޮޓަލުގެ ފަހަތު ދޮރަކުން ގަދަކަމުން އެތެރެ އަށް ވަދެފަ އެވެ.

އިންޓަނެޓްގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ގަދަ އަލި ބޭނުންކޮށް، ކަށިގަނޑު ފުމެ، ބެރު ޖަހާފައެވެ. ފުލުހުން ބުނި ގޮތުގައި 1،000 އަށްވުރެ ގިނަ މީހުން އެއްވި މި މުޒާހަރާގައި ފުލުހުންނަށާއި އުޅަނދުތަކަށް ގަނޑުފެނާއި ސުނޯ އަދި ގާ އުކާފައިވެ އެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

މި ހަމަލާތަކުގައި އެއް ފުލުހަކަށް ކުދި އަނިޔާތަކެއް ލިބުނު ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. މީގެ އިތުރުން، އެ ސިޓީގެ އެހެން ހޮޓަލަކަށް ވެސް ގެއްލުންދީ، ކުޑަދޮރުތައް ތަޅާލައި، ފާރުތަކުގައި ކުރެހުންތައް އަޅާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިއަޕޮލިސްގެ މޭޔަރު ޖޭކޮބް ފްރޭ ވަނީ ސުލްހަވެރިކަމާއެކު މުޒާހަރާކުރި މީހުންނަށް ތައުރީފު ކުރައްވާފަ އެވެ. ނަމަވެސް، މުދަލަށް ގެއްލުންދީ ނުވަތަ އެހެން މީހުންގެ ފުރާނަ އަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާ މީހުން ހައްޔަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރި 29 މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ ވެރިޔާ ބްރަޔަން އޯހާރާ ވިދާޅުވި އެވެ.

މިނިއަޕޮލިސްގެ ގިނަ ރައްޔިތުން އެ ސްޓޭޓުގައި އައިސް ގެ ހަރަކާތްތައް އިތުރުވަމުންދާތީ ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، އެ އިދާރާގެ މަސައްކަތްތަކާ ގުޅިގެން ކޮންމެ ދުވަހަކު އެތައް ބަޔަކު ފުލުހުންނަށް ގުޅަމުންދާ ކަމަށް އޯހާރާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު، މިނެސޯޓާގެ ތިން ކޮންގްރެސް މެންބަރަކު މިނިއަޕޮލިސް ގައި ހުންނަ 'އައިސް' މަރުކަޒަކަށް ވަނުމަށް މަސައްކަތް ކުރެއްވި އެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ފުރަތަމަ އެތެރެއަށް ވަނުމުގެ ހުއްދަ ދިން ނަމަވެސް، ފަހުން ވަނީ އެތަނުން ނުކުތުމަށް އަންގާފަ އެވެ.

ޑިމޮކްރެޓިކް ކޮންގްރެސް މެންބަރުން ކަމަށްވާ އިލްހާން އުމަރު، ކެލީ މޮރިސަން އަދި އެންޖީ ކްރެއިގް ވިދާޅުވީ، އައިސް އާއި ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ދަނީ ކޮންގްރެސްގެ މެންބަރުންގެ ޒިންމާތަކަށް ހުރަސް އަޅަމުން ކަމަށެވެ.

ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް މިނިއަޕޮލިސްގެ އިތުރުން ޓެކްސަސް، ފްލޮރިޑާ އަދި ވޮޝިންޓަން ޑީސީ ފަދަ ސަރަހައްދުތަކުގައި ބޮޑެތި މުޒާހަރާތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

މިނިއަޕޮލިސްރެނީ ނިކޯލް ގުޑް'އައިސް' (އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026
އެމެރިކާގެ މިނިއަޕޮލިސް ސިޓީ ގައި މައި ސަރުކާރުގެ އިމިގްރޭޝަން އޭޖެންޓަކު ބަޑިޖަހައި 37 އަހަރުގެ އަންހެނަކު މަރާލުމާ ގުޅިގެން މުޒާހަރާތައް ފެށިއްޖެ

އެމެރިކާގެ މިނިއަޕޮލިސް ސިޓީ ގައި މައި ސަރުކާރުގެ އިމިގްރޭޝަން އޭޖެންޓަކު ބަޑިޖަހައި 37 އަހަރުގެ އަންހެނަކު މަރާލުމާ ގުޅިގެން މުޒާހަރާތައް ފެށިއްޖެ

08 ޖެނުއަރީ 2026
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު