Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ކޮލޮމްބިއާ

ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

ޕެޓްރޯ ދެއްކެވި ވާހަކަފުޅުތަކުން އެނގިގެން ދިޔައީ، ޓްރަމްޕް އާ އެކު ފޯނުން ވާހަކަ ދެއްކެވި ނަމަވެސް ދެގައުމުގެ ގުޅުމަށް މާބޮޑު ކުރިއެރުމެއް އައިސްފައިނުވާ ކަން.

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 08:54
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ | ގެޓީ އިމޭޖަސް

ކޮލަމްބިއާ އާ ދެކޮޅަށް އެމެރިކާ އިން އަސްކަރީ ހަމަލާ އެއް ދިނުމުގެ "ހަގީގީ ބިރުވެރިކަމެއް" އެބައޮތް ކަމަށް އެގައުމުގެ ރައީސް ގުސްޓާވޯ ޕެޓްރޯ ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެއްޖެ އެވެ.

ރައީސް ޕެޓްރޯ ވިދާޅުވި ގޮތުގައި އެމެރިކާ އިން އެހެން ގައުމުތަކާ މެދު އަމަލުކުރަމުން ދަނީ އެމެރިކާގެ "ޚާންދާން" ނުވަތަ ރަސްކަމުގެ ބައެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކޮލަމްބިއާ އާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން ޕެޓްރޯ ދެއްވި ރައްދެކެވެ. އޭނާ އިތުރަށް ވިދާޅުވީ، ދުނިޔޭގެ މައްޗަށް ގަދަވެގަތުމަށް އެމެރިކާ އިން ކުރާ މަސައްކަތުގެ ސަބަބުން، އެގައުމު މުޅި ދުނިޔެ އާ އެކަހެރިވުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

މީގެ އިތުރުން، އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) ގެ އެޖެންޓުންގެ އަމަލުތައް ހުރީ "ނާޒީ ބްރިގޭޑްތަކެއް" ފަދައިން ކަމަށް ވިދާޅުވެ ޕެޓްރޯ ވަނީ އެ މުއައްސަސާ އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަޗއެވެ. ރައީސް ޓްރަމްޕް ވަނީ ކުށްކުރުން ހުއްޓުވުމަށާއި ގަވާއިދާ ހިލާފަށް އެމެރިކާ އަށް އެތެރެވާ މީހުން ހިފެހެއްޓުމުގެ ނަމުގައި އައިސް ގެ ހަރަކާތްތައް ވަރަށް ބޮޑަށް ފުޅާކުރައްވާފަ އެވެ.

ވެނެޒުއޭލާ އަށް ހަމަލާދީ، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް ފަހު، ކޮލަމްބިއާ އަށް އަމާޒުކޮށް އަސްކަރީ އޮޕަރޭޝަނެއް ހިންގުމަކީ "ރަނގަޅު ކަމެއް" ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އަދި ޓްރަމްޕް ތަކުރާރުކޮށް ޕެޓްރޯ އަށް އިންޒާރު ދިނުމުގެ ރޫހެއްގައި މުހާތަބު ކުރައްވާފައިވާއިރު، ޕެޓްރޯ ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ދެ ބޭފުޅުން ފޯނުން ވާހަކަދެއްކެވުމަށް ފަހު، ޓްރަމްޕް ވިދާޅުވީ ވަރަށް އަވަސް މުސްތަގުބަލެއްގައި ވައިޓް ހައުސްގައި ޕެޓްރޯއާ ބައްދަލުކުރައްވާނެ ކަމަށެވެ. ޓްރަމްޕްގެ 'ޓްރުތް ސޯޝަލް' ޕްލެޓްފޯމްގައި އެކަން ސިފަކުރެއްވީ ލިބުނު "ބޮޑު ޝަރަފެއް" ގެ ގޮތުގައެވެ. ކޮލަމްބިއާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ފޯނު ކޯލުން ފެނިގެންދިޔައީ ދެ ފަރާތުގެ ބަހުގެ ހަމަލާތަކަށް އައި 180 ޑިގްރީގެ ބޮޑު ބަދަލެއް ކަމުގަ އެވެ.

ނަމަވެސް، ބުރާސްފަތި ދުވަހު ޕެޓްރޯ ދެއްކެވި ވާހަކަފުޅުތަކުން އެނގިގެންދިޔައީ ދެގައުމުގެ ގުޅުމަށް މާބޮޑު ކުރިއެރުމެއް އައިސްފައިނުވާ ކަމެވެ. ބީބީސީ އަށް އޭނާ ވިދާޅުވީ ގަޑިއިރެއްހާއިރަށް ދެމިގެންދިޔަ އެ ފޯނު ކޯލުގައި ގިނައިން ވާހަކަދެއްކެވީ އޭނާ ކަމަށެވެ. އެގޮތުން ކޮލަމްބިއާގެ މަސްތުވާތަކެތީގެ މައްސަލަ އާއި، ވެނެޒުއޭލާއާ މެދު ކޮލަމްބިއާ ދެކޭގޮތާއި، އެމެރިކާއާ ގުޅިގެން ލެޓިން އެމެރިކާ ގައި ހިނގަމުންދާ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ވިދާޅުވި އެވެ.

އައިސް އެޖެންޓުންނަކީ "ނާޒީން" ފަދަ ބައެއްގެ ގޮތުގައި ސިފަކުރައްވަމުން ޕެޓްރޯ ވަނީ އެމެރިކާގެ އިމިގްރޭޝަން ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ޓްރަމްޕް އަބަދުވެސް ތުހުމަތުކުރައްވާ ގޮތުގައި އެމެރިކާގައި ކުށްކުރުން އިތުރުވެ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވަނީ ހިޖުރަކުރާ މީހުންގެ ސަބަބުންނެވެ. އަދި ކޮލަމްބިއާ އާއި ވެނެޒުއޭލާ ފަދަ ގައުމުތަކުން މަސްތުވާތަކެތި ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވެސް އޭނާ ތުހުމަތު ކުރައްވަ އެވެ.

ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގަތުމަށް ފަހު، އައިސް އެޖެންޓުން ވަނީ އެމެރިކާގެ އެކި ސިޓީތަކަށް ފޮނުވާފަ އެވެ. މި މުއައްސަސާއަކީ އިމިގްރޭޝަން ގާނޫނުތައް ތަންފީޒުކޮށް، ގަވާއިދާ ހިލާފަށް އުޅޭ މީހުން ހޯދައި، އެމީހުން ގައުމުން ބޭރުކުރުމުގެ ޒިންމާ އުފުލާ ފަރާތެވެ.

އެމެރިކާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި 2025 ޖެނުއަރީ 20 އިން ޑިސެމްބަރު 10 އާ ދެމެދު 605,000 މީހުން ވަނީ ޑިޕޯޓްކޮށްފަ އެވެ. އަދި ހައްޔަރުވުމުގެ ބިރަށްޓަކައި 1.9 މިލިއަން މީހުން އަމިއްލަ އަށް ގައުމުން ބޭރުވެފައިވާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

މި ހަފުތާގައި މިނިއަޕޮލިސް ސިޓީގައި އެމެރިކާގެ އިމިގްރޭޝަން އެޖެންޓަކު ވަނީ 37 އަހަރުގެ އެމެރިކާ ރައްޔިތެއްގެ ގަޔަށް ބަޑިޖަހައި މަރާލާފަ އެވެ. މިކަމާ ގުޅިގެން އެ ސިޓީގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ފެށިފަ އެވެ. މައި ސަރުކާރުގެ އޮފިޝަލުން ބުނެފައި ވަނީ އެ އަންހެން މީހާ، ރެނީ ނިކޯލް ގުޑް، މަސައްކަތް ކުރީ ކާރުން އެޖެންޓުންގެ ގައިގައި ޖައްސައި މަރާލަން ކަމަށެވެ. ނަމަވެސް އެ ސިޓީގެ މޭޔަރު ޖެކޮބް ފްރޭ ވިދާޅުވީ އެޖެންޓް އަމަލުކުރީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށާއި، އެޖެންޓުން އެ ސިޓީން ފޭބުމަށް ވަނީ ގޮވާލައްވާފަ އެވެ.

މިކަމާ ގުޅިގެން ޕެޓްރޯ ވިދާޅުވީ، އައިސް އިން މިހާރު ހަމައެކަނި އުނދަގޫ ކުރަނީ ލެޓިން އެމެރިކާގެ މީހުންނަށް ނޫން ކަމަށާއި، އެމެރިކާގެ އަމިއްލަ ރައްޔިތުން މަރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މިގޮތަށް ކަންކަން ކުރިއަށްދާ ނަމަ، ދުނިޔޭގެ މައްޗަށް ބާރު ފޯރުވާ "ޚާންދާން" އެއްގެ ހުވަފެން ބެލުމުގެ ބަދަލުގައި، އެމެރިކާ ވާނީ ދުނިޔެ އާ އެކަހެރިވެފައިވާ ގައުމަކަށް ކަމަށެވެ. ސަބަބަކީ އެއްވެސް ޚާންދާނެއް ދުނިޔެ އާ އެކަހެރިވެގެން ބިނާ ނުކުރެވޭނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ-ކޮލޮމްބިއާގުސްޓާވޯ ޕެޓްރޯރައީސް ޑޮނަލްޑް ޓްރަމްޕްވެނެޒުއޭލާނިކޮލަސް މަދޫރޯ'އައިސް' (އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބަން ނުޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026
ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި

ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި

08 ޖެނުއަރީ 2026
ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

ރަޝިޔާގެ ދިދަ ޖެހި ޓޭންކަރު އެމެރިކާ ސިފައިން އަތުލައިގަތް އިރު ވެސް ޕުޓިން އެއްޗެއް ވިދާޅެއް ނުވި!

08 ޖެނުއަރީ 2026
އެމެރިކާގެ މިނިއަޕޮލިސް ސިޓީ ގައި މައި ސަރުކާރުގެ އިމިގްރޭޝަން އޭޖެންޓަކު ބަޑިޖަހައި 37 އަހަރުގެ އަންހެނަކު މަރާލުމާ ގުޅިގެން މުޒާހަރާތައް ފެށިއްޖެ

އެމެރިކާގެ މިނިއަޕޮލިސް ސިޓީ ގައި މައި ސަރުކާރުގެ އިމިގްރޭޝަން އޭޖެންޓަކު ބަޑިޖަހައި 37 އަހަރުގެ އަންހެނަކު މަރާލުމާ ގުޅިގެން މުޒާހަރާތައް ފެށިއްޖެ

08 ޖެނުއަރީ 2026
ޖަރުމަނު ވިލާތުގެ ރައީސް ގެ ހަރުކަށި ފާޑުވިދާޅުވުން ޓްރަމްޕަށް - ފޭރޭ މީހުންގެ ހާއްޔަކަށް ދުނިޔެ ބަދަލު ވެއްޖެ!

ޖަރުމަނު ވިލާތުގެ ރައީސް ގެ ހަރުކަށި ފާޑުވިދާޅުވުން ޓްރަމްޕަށް - ފޭރޭ މީހުންގެ ހާއްޔަކަށް ދުނިޔެ ބަދަލު ވެއްޖެ!

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު