Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން-ބަންގްލަދޭޝް

ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު ބަންގްލަދޭޝާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް އަލުން ފަށަނީ

8 ޖެނުއަރީ 2026 | ބުރާސްފަތި 09:25

ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު ބީމާން ބަންގްލަދޭޝް އިން ޑާކާ-ކަރާޗީ ރޫޓުގައި ހަފްތާއަކު ދެ ދަތުރު ކުރާނެ.

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 09:25
ބީމާން ބަންގްލަދޭޝް އެއާލައިންސް

ބީމާން ބަންގްލަދޭޝް އެއާލައިންސް | ގެޓީ އިމޭޖަސް

ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު ބަންގްލަދޭޝާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް އަލުން ފަށަން ނިންމައިފި އެވެ.

އެ ގޮތުން ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބީމާން ބަންގްލަދޭޝް އެއާލައިންސް އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އާއި ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ވަނީ ނިންމައިފަ އެވެ. 2026 ވަނަ އަހަރުގެ ޖެނުއަރީ 29 ގައި ފަށާ މި ދަތުރުތަކަކީ، ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު ދެ ގައުމުގެ ދެމެދުގައި ގާއިމުކުރެވޭ ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުމެއް ކަމަށް ކަމާބެހޭ އޮފިޝަލުން ބުދަ ދުވަހު ހާމަކުރި އެވެ.

ބީމާން ބަންގްލަދޭޝް އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ފުރަތަމަ މަރުހަލާގައި ޑާކާ-ކަރާޗީ ރޫޓުގައި ހަފުތާއަކު ދެ ދަތުރު ކުރާނެ އެވެ. އެއީ ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު އެވެ.

މިހާރު ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ފަރާތްތަކުން ބޮޑަށް ބަރޯސާވަނީ ދުބާއީ ނުވަތަ ދޯހާ ފަދަ ސިޓީތައް މެދުވެރިކޮށް ކުރާ ޓްރާންސިޓް ދަތުރުތަކަށެވެ.

ބީމާން އެއާލައިންސްގެ އޮފިޝަލުން ބުނި ގޮތުގައި، ޑާކާ އާއި ކަރާޗީއާ ދެމެދު ހުންނަ 2,370 ކިލޯމީޓަރުގެ މި ދަތުރުގައި ބޯޓު އުދުހޭނީ އިންޑިއާގެ ވައިގެ ސަރަހައްދުގެ މަތިންނެވެ. ނަމަވެސް، މި ދަތުރުތަކަށް އިންޑިއާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނިއުދިއްލީން މިހާތަނަށް ލިބިފައިވޭތޯ އަދި ސާފެއް ނުވެއެވެ.

އެއާލައިނުން ބުނި ގޮތުގައި، 2012 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ފަށާ މި ސީދާ ދަތުރުތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރާތާ މިހާރު މަސްތަކެއް ވެއްޖެ އެވެ.

ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް މި ފަށަނީ، 2024 ވަނަ އަހަރު ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރު ވެއްޓުމާ ގުޅިގެން، ބަންގްލަދޭޝާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުންދާ ދަނޑިވަޅެއްގަ އެވެ. ގިނަ އަހަރުތަކެއްގެ ނުތަނަވަސް ކަމަށް ފަހު، ޑާކާ އާއި އިސްލާމްއާބާދުން ދަނީ ޑިޕްލޮމެޓިކް، ވިޔަފާރި އަދި އިޖުތިމާއީ ގުޅުންތައް އަލުން ބަދަހިކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބަންގްލަދޭޝް އަކީ 1971 ވަނަ އަހަރު ޕާކިސްތާނުގެ ކިބައިން މިނިވަންކަން ހޯދި ގައުމެކެވެ.

މި ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިހާރު ވަނީ ރަސްމީކޮށް ހުއްދަ ދީފައެވެ. މީގެ ތެރޭގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދުގައި ކަނޑައެޅިފައިވާ ވަކި މަގުތަކަކުން ދަތުރުކުރުމުގެ ހުއްދަ ވެސް ހިމެނެ އެވެ.

މި ދަތުރުތަކުގައި ބޭނުން ކުރާނީ އެންމެ ޒަމާނީ ބޯޓުފަހަރާއި ތަޖުރިބާކާރު ކްރޫއިން ކަމަށްވެސް އެއާލައިނުން ބުންޏެވެ.

މިހާރު ބަންގްލަދޭޝުން ޕާކިސްތާނަށް ދަތުރުކުރާ އެއާ އެރޭބިއާ، ގަލްފް އެއާ، ފްލައި ދުބާއީ، އެމިރޭޓްސް، ގަތަރު އެއާވޭސް އަދި ތައި އެއާވޭސް ފަދަ އެއާލައިންތަކުން ދަތުރުކުރުމަށް، ޓްރާންސިޓް ވަގުތާއެކު އެވްރެޖްކޮށް 8 ގަޑިއިރާއި 12 ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވެ އެވެ. ބައެއް އެއާލައިންތަކުގައި މި ދަތުރުގެ ދިގުމިން 18 ގަޑިއިރާއި 22 ގަޑިއިރަށް ވެސް އަރަ އެވެ.

ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމުގެ ރޭވުން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު އިސްހާގް ދާރް ޑާކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. މިއީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ޕާކިސްތާނުގެ މަތީ ފަންތީގެ އޮފިޝަލަކު ބަންގްލަދޭޝަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ބަންގްލަދޭޝް-ޕާކިސްތާންބީމާން ބަންގްލަދޭޝް އެއާލައިންސްޑާކާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
14 ނޮވެމްބަރު 2025

ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ

14 ނޮވެމްބަރު 2025
ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ
04 ނޮވެމްބަރު 2025

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ
10 އޯގަސްޓު 2017

ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މެލޭޝިއާ މީހަކަށް 12،000 އަހަރުގެ ޖަލު ޙުކުމެއް

10 އޯގަސްޓު 2017
ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މެލޭޝިއާ މީހަކަށް 12،000 އަހަރުގެ ޖަލު ޙުކުމެއް
26 ޖުލައި 2017

މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ

26 ޖުލައި 2017
މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ
03 ޖޫން 2017

އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

03 ޖޫން 2017
އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު
02 ޖޫން 2017

ކާބުލަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނާއި ތާލިބާނުން: އަފްޣާނިސްތާން

02 ޖޫން 2017
ކާބުލަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނާއި ތާލިބާނުން: އަފްޣާނިސްތާން
13 މެއި 2017

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

13 މެއި 2017
ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!
21 މާރިޗު 2017

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި

21 މާރިޗު 2017
ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް