Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަފްޣާނިސްތާން

ކާބުލަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނާއި ތާލިބާނުން: އަފްޣާނިސްތާން

ބޮމުގެ ހަމަލާގައި 90 މީހުން މަރުވި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 2 ޖޫން 2017 | ހުކުރު 14:51
ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ އޮފިޝަލުން ފޯރި މަރަނީ

ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ އޮފިޝަލުން ފޯރި މަރަނީ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ޑިޕްލޮމެޓިކް އޮފިސްތައް ހުރި ސަރަހައްދެއްގައި ގޮއްވާލި ބާރުގަދަ ބޮމުގެ ހަމަލާ އަކީ ޕާކިސްތާނާއި އަދި ތާލިބާނުން ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށް އަފްޣާނިސްތާނުން ބުނެފިއެވެ.

ބުދަ ދުވަހުގެ ހާދިސާ ގައި މަދުވެގެން 90 މީހުން މަރުވިއެވެ. ދެގައުމުން ހަމަލާތައް ބަދަލުކުރަން ފަށާފައިވާއިރު، އަފްޣާންގެ އިންޓެލިޖެންސް އޮފިޝަލުން ބުނެފައި ވަނީ ބުދަ ދުވަހުގެ ޓްރަކް ބޮމުގެ ހަމަލާ ޒިންމާ ނަގަން ޖެހޭނީ ތާލިބާން އާއި ގުޅުން ހުރި ގްރޫޕަކާއި އަދި ޕާކިސްތާން އިން ކަމަށެވެ. މި ތުހުމަތުތައް ޕާކިސްތާނުގެ އޮފިޝަލުން ދޮގުކުރާއިރު، ތާލިބާންގެ އޮފިޝަލުން ބުނީ އެ ޖަމައާތުގެ އެއްވެސް އަތެއް ބޮމުގެ ހަމަލާގައި ނެތް ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން އަފްޣާނިސްތާންއިން ކުރާ ތުހުމަތުތަކަކީ ދެގައުމުގެ މެދުގައި ކުރިއަށްދާ "ހޫނު ބަސްތަކުގެ" ބޮޅެއް ކަމަށެވެ.

އަފްޣާންގެ އިންޓެލިޖެންސް އިން ބުނެފައި ވަނީ މިހާތަނަށް ހޯދިފައިވާ ހޯދުމަށް ބަލާއިރު، މި ދިން ހަމަލާ ދީފައި ވަނީ ތާލިބާނާއި ގުޅިފައިވާ "ހައްގާނީ" ޖަމާއަތުން ޕާކިސްތާނުގެ އިންޓެލިޖެންސް އާއި ގުޅިގެން ކަމަށެވެ.

އަފްޣާން އިން އަބަދުވެސް ޕާކިސްތާނަށް ކުރާ ތުހުމަތެއް ވެއެވެ. އެއީ ހައްގާނީ ޖަމާއަތާއި އަދި ތާލިބާންގެ ކޮމާންޑަރުންނާއި އަދި ހަނގުރާމަވެރިންނަށް ޕާކިސްތާނުން ވާގިވެރިވުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. އަދި ދެގައުމުގެ ސަރަހައްދީ އިމުގައި ތިބޭ ހަތިޔާރުއެޅި ގްރޫޕްތަކަށް، ވާގިވެރިވާ ވާހަކައެވެ.

ބުދަ ދުވަހު ދިން މިހަމަލާ އޮފިޝަލުން ސިފަ ކޮށްފައި ވަނީ ކާބުލްގައި ދިން "އެންމެ ބޮޑު އެއް ހަމަލާ"ގެ ގޮތުގައެވެ. ޚަބަރުތައް ބުނާ ގޮތުން ބުދަ ދުވަހު މި ގޮވުން ގޮވާފައި ވަނީ ކާބުލްގެ 10 ވަނަ ޑިސްޓްރިކްޓް ކަމަށްވާ ޒަންބަޤް ސްކްއެއަރ ކައިރިންނެވެ. އެއީ ޖަރުމަނު އެމްބަސީގެ ކައިރިއެވެ.

މި ހަަމަލާ ގައި 400 އެއްހާ މީހުން ޒަޚަމްވިއެވެ.

ކާބުލްގެ ފުލުހުންގެ ތަރުޖަމާނު ބަސީރު މުޖާހިދް ރޮއިޓާސްގައި ވިދާޅުވީ މި ގޮވުން ގޮވާފައި ވަނީ ޖަރުމަނު އެމްބަސީކައިރީގައި ކަމަށާއި ހަމަލާ އަމާޒުކޮށްފައިވަނީ ކޮންތަނަކަށް ކަން ބުނަން ދަތި ކަމަށެވެ. އެ ސަރަހައްދުގައި އެތައް އިމާރާތްތަކެއް ހުންނައިރު އިނގިރޭސިވިލާތުގެ އެމްބަސީއާ އިންޑިއާ އެމްބަސީ އަދި ރިޔާސީ އެމްބަސީ ވެސް ހިމެނެއެވެ.

ސަލާމަތީ ގޮތުން އެހާ ވަރުގަދަ ސަރަހަދެއްގައި މިހާ ވަރުގަދަ ހަމަލާއެއް ދެވުނު ގޮތަކާ މެދު ސުވާލު އުފެދިގެން ދާނެއެވެ. އެ ސަރަހައްދަކީ އުސް ފާރެއްލައި ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ.

ބޮމުގެ ހަމަލާގެ ޝިކާރައަކަށް ވި ގިނަ މީހުންނަކީ އަފްޣާން ރައްޔިތުންނެވެ. ހަމަލާގައި އެމެރިކާގެ 11 ރައްޔިތަކު ޒަޚަމްވި އިރު ޖަރުމަނުގެ އެމްބަސީގެ މުވައްޒަފުން ވެސް ޒަޚަމްވިއެވެ. މިހަމަލާ ގައި ބީބީސީ އަފްގާންގެ ޑްރައިވަރުވެސް މަރުވިއެވެ. އަދި ބީބީސީގެ އިތުރު ހަތަރު މުވައްޒަފަކުވެސް މަރުވިއެވެ.

އެތައް ގައުމެއްގެ އެމްބަސީ އިމާރާތަށް ގެއްލުންވިކަމަށް ރިޕޯޓުކޮށްފައި ވެއެވެ. އޭގެތެރޭގައި ފްރާންސް އަދި ތުރުކީ އެމްބަސީ ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު