Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ދުވަސްވީ މީހުންގެ ޕެންޝަނަށް ލިބޭ ފައިސާ އަށް ވުރެ އާމްދަނީ ބޮޑު ނަމަ ޕެންޝަން ކަނޑާލަން ހުށަހެޅި ބިލުގެ މަސައްކަތް މި މަހު ނިންމަނީ

6 ޖެނުއަރީ 2026 | އަންގާރަ 10:54

އަންގާރަ ދުވަހު ކޮމިޓީގެ އިތުރު ބައްދަލުވުމެއް ވަނީ ބާއްވާފަ. އެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ގާނޫނަށް ހުށަހެޅިފައިވާ އެ އިސްލާހަށް ކަމާ ގުޅުންހުރި އިދާރާތަކުގެ ކޮމެންޓު ފޮނުވަން މި މަހުގެ ނިޔަލަށް ފުރުސަތު ދިނުމަށް. އޭގެ އިތުރުން އަންނަ މަހުގެ ނިޔަލަށް ކޮމިޓީ އިން ބިލުގެ މަސައްކަތް އެއްކޮށް ނިންމުމަށް ވެސް އަންގާރަ ދުވަހުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 ޖެނުއަރީ 2026 | އަންގާރަ 10:54
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމެއް ކުރިއަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމެއް ކުރިއަށް ދަނީ | ރައްޔިތުންގެ މަޖިލިސް

ދުަވަސްވީ މީހުންނަށް ޕެންޝަނަށް ލިބޭ ފައިސާ އަށް ވުރެ ބޮޑު އާމްދަނީ އެއް ލިބޭ ނަމަ ޕެންޝަން ކަނޑާލަން ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލު ގެ ކޮމިޓީ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ނިންމައިފި އެވެ. 

ދާއިމީ ބައްޔެއް ތަހައްމަލް ކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރެވޭނެ ގޮތެއް ހޯދެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބޭރު ކޮށްލުމަށް ފަހު ދައުރުން ބޭރުން ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ބަދަލުތަކެއް ހުށަހަޅާފަ އެވެ. 

Advertisement - newsAdvertisement

އެ ގާނޫނަށް ކުޑޫ ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރު ކޮށްލުމަށްފަހު މިދިއަ ޑިސެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ  ޕެންޝަން ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އެވެ. ސަރުކާރުން ބިލު ހުށަހެޅި ބޭނުމެއް ކަމަށް ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބިދެވޭ ފައިސާ އަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭ މީހުންނަށް އަސާސީ ޕެންޝަން ލިބި ނުދެވޭނެ ކަން ކަނޑައެޅުން ކަމަށެވެ.

ބިލުގައި އިތުރަށް ބުނެފައި ވަނީ ގެދޮރު އިމާރާތް ކުރުމާއި ގެދޮރު މަރާމާތު ކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓްރައިޒް ކުރެވޭނެ ކަން ކަނޑައެޅުމަށާއި، ޓާރިމިނަލް އިލްނެސް ގެ ހާލަތްތަކުގައި އެ ފަރާތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެ ކަން ކަނޑައެޅުމާއި، އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ގާނޫނޫގައި ކަނޑައެޅުމާއި، ހައްޖުވުމަށްޓަކައި ކުރިއާލާ ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވިދާނެ ކަމަށް ކަނޑައެޅުންވެސް ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ހޯމަ ދުވަހު އެ ބިލު މަޖިލީހަށް ބަލައިގަނެ، ބިލު ދިރާސާ ކުރަން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވާފަ އެވެ. ހޯމަ ދުވަހު އެ ކޮމިޓީ އިން ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ ބިލުގެ ކޮމީޓީ މަސައްކަތް އަންގާރަ ދުވަހުގެ ނިޔަލަށް ނިންމުމަށެވެ. 

ނަމަވެސް އަންގާރަ ދުވަހު ކޮމިޓީގެ އިތުރު ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ގާނޫނަށް ހުށަހެޅިފައިވާ އެ އިސްލާހަށް ކަމާ ގުޅުންހުރި އިދާރާތަކުގެ ކޮމެންޓު ފޮނުވަން މި މަހުގެ ނިޔަލަށް ފުރުސަތު ދިނުމަށެވެ. އޭގެ އިތުރުން އަންނަ މަހުގެ ނިޔަލަށް ކޮމިޓީ އިން ބިލުގެ މަސައްކަތް އެއްކޮށް ނިންމުމަށް ވެސް އަންގާރަ ދުވަހުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވެ އެވެ.  

ރައްޔިތުންގެ މަޖިލިސްޕެންޝަން ގާނޫނު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

07 ޖެނުއަރީ 2026
ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް
06 ޖެނުއަރީ 2026

ރައްޔިތުންގެ މަޖިލީހުގައި ވެރި މީހާ ވިދާޅުވާހާ ބަތަކަށް ރިހަ އަޅަންޏާ، މީޑިއާ ވެސް އާއްމުން ވެސް ބަސް ބުނާނެ!

06 ޖެނުއަރީ 2026
ރައްޔިތުންގެ މަޖިލީހުގައި ވެރި މީހާ ވިދާޅުވާހާ ބަތަކަށް ރިހަ އަޅަންޏާ، މީޑިއާ ވެސް އާއްމުން ވެސް ބަސް ބުނާނެ!
06 ޖެނުއަރީ 2026

ގާނޫނު އަސާސީ އަށް ބަދަލު ގެންނަ ބިލު 10 ދުވަހުން ދިރާސާ ކޮށް ނިންމަން ފާސް ކުރީ 6 މިނެޓުން!

06 ޖެނުއަރީ 2026
ގާނޫނު އަސާސީ އަށް ބަދަލު ގެންނަ ބިލު 10 ދުވަހުން ދިރާސާ ކޮށް ނިންމަން ފާސް ކުރީ 6 މިނެޓުން!
06 ޖެނުއަރީ 2026

އެޗްއާރްސީއެމްގެ ރައީސް އަކަށް ރަމީލާ އައްޔަނު ކުރުމަށް ފަހު 15 މިނެޓުން މަޖިލީހުގެ ޖަލްސާ ނިންމާލައިފި

06 ޖެނުއަރީ 2026
އެޗްއާރްސީއެމްގެ ރައީސް އަކަށް ރަމީލާ އައްޔަނު ކުރުމަށް ފަހު 15 މިނެޓުން މަޖިލީހުގެ ޖަލްސާ ނިންމާލައިފި
06 ޖެނުއަރީ 2026

ދައުރުން ބޭރުގައި ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް، މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް: މެމްބަރު ކުޑޫ

06 ޖެނުއަރީ 2026
ދައުރުން ބޭރުގައި ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް، މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް: މެމްބަރު ކުޑޫ
05 ޖެނުއަރީ 2026

ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ޣައިރު ގާނޫނީ، އެމްޑީޕީ އިން ބޮއިކޮޓް ކުރަން ނިންމައިފި

05 ޖެނުއަރީ 2026
ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ޣައިރު ގާނޫނީ، އެމްޑީޕީ އިން ބޮއިކޮޓް ކުރަން ނިންމައިފި
05 ޖެނުއަރީ 2026

އެމްއެމްޕީއާރުސީގެ ފައިސާ ގޯނި އުފުއްލި ކަމަށް އިއުތިރާފުވެވަޑައިގެންނެވި މެމްބަރު މުހައްމަދު އިސްމާއިލް، އަތްފައި ބުރިކުރަން ޖެހޭ ކަމަށް ވިދާޅުވީ އެހެން މެންބަރުންގެ

05 ޖެނުއަރީ 2026
އެމްއެމްޕީއާރުސީގެ ފައިސާ ގޯނި އުފުއްލި ކަމަށް އިއުތިރާފުވެވަޑައިގެންނެވި މެމްބަރު މުހައްމަދު އިސްމާއިލް، އަތްފައި ބުރިކުރަން ޖެހޭ ކަމަށް ވިދާޅުވީ އެހެން މެންބަރުންގެ
05 ޖެނުއަރީ 2026

އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ

05 ޖެނުއަރީ 2026
އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ
05 ޖެނުއަރީ 2026

2025 ވަނަ އަހަރު އެކަނިވެސް ވައްކަމުގެ ތެރެއިން 2 ބިލިއަން ރުފިޔާ ގެއްލުނު: މެންބަރު ޣަފޫރު

05 ޖެނުއަރީ 2026
2025 ވަނަ އަހަރު އެކަނިވެސް ވައްކަމުގެ ތެރެއިން 2 ބިލިއަން ރުފިޔާ ގެއްލުނު: މެންބަރު ޣަފޫރު
05 ޖެނުއަރީ 2026

ރައީސް މުއިއްޒު މޫނަކަށް ކަނދުރާ އަކަށް ނުބައްލަވާ، ބައްލަވަނީ ވޮލެޓާ ބޭންކް ބެލެންސަށް: މެންބަރު ޒިޔާދު

05 ޖެނުއަރީ 2026
ރައީސް މުއިއްޒު މޫނަކަށް ކަނދުރާ އަކަށް ނުބައްލަވާ، ބައްލަވަނީ ވޮލެޓާ ބޭންކް ބެލެންސަށް: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް