Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަނަދޫ ކައުންސިލްގެ އޮޑިޓް

މަނަދޫގައި 4 ލައްކަ ރުފިޔާގެ ރަސްމީ ސްޓޭޖެއްގެ މަސައްކަތް ކުރީ އިއުލާނު ނުކޮށް، މަސައްކަތާއި ގުޅޭ ލިޔެކިޔުން ފުރިހަމަ ކުރީ މަސައްކަތް ހަވާލު ކުރި ފަހުން: އޮޑިޓް

8 ޖެނުއަރީ 2026 | ބުރާސްފަތި 08:57

މަނަދޫ ކައުންސިލުން 415000 ރުފިޔާ ހަރަދުކޮށް ރަސްމީ ސްޓޭޖެއް ޑިޒައިންކޮށް އެޅުމުގެ މަސައްކަތް ކުރުވާފައިވަނީ އާންމުކޮށް އިއުލާނުކުރުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދު ލާޒިމުކުރާ އިރު އެކަން ނުކޮށް. މަސައްކަތް ހަވާލުކުރުމަށްފަހު ލިޔެކިޔުންތައް 2 މަސްފަހުން ތައްޔާރުކޮށް ތާރީހު ބަދަލުކޮށްފައިވާ ކަމަށާއި މި މަސައްކަތް ބަޖެޓުގައި ހިމަނައިގެން ކޮށްފައިވާ ހަރަދެއް ނޫންކަމަށް އޮޑިޓުން ފާހަގަކޮށްފައިވޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖެނުއަރީ 2026 | ބުރާސްފަތި 08:57
ނ. މަނަދޫ - ކައުންސިލް އިދާރާއިން 2024 ވަނަ އަހަރު މަނަދޫގައި ރަސްމީ ސްޓޭޖެއް ޑިޒައިން ކުރުމާއި އެޅުމުގެ މަސައްކަތް 415،000 ރުފިޔާ އަށް ކުރުވާފައިވާ އިރު މި މަސައްކަތަކީ ކައުންސިލް އިދާރާގެ ބަޖެޓުގައި ހިމަނައިގެން ކޮށްފައިވާ މަސައްކަތެއް ނޫން

ނ. މަނަދޫ - ކައުންސިލް އިދާރާއިން 2024 ވަނަ އަހަރު މަނަދޫގައި ރަސްމީ ސްޓޭޖެއް ޑިޒައިން ކުރުމާއި އެޅުމުގެ މަސައްކަތް 415،000 ރުފިޔާ އަށް ކުރުވާފައިވާ އިރު މި މަސައްކަތަކީ ކައުންސިލް އިދާރާގެ ބަޖެޓުގައި ހިމަނައިގެން ކޮށްފައިވާ މަސައްކަތެއް ނޫން | މޯލްޑިވްސް ވާޗުއަލް ޓުއަރ

ނ. މަނަދޫގައި 415،000 ރުފިޔާގެ ރަސްމީ ސްޓޭޖެއް ޑިޒައިންކޮށް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައި ނުވާއިރު، މި މަސައްކަތާއި ގުޅޭ ލިޔެކިޔުންތައް މަސައްކަތް ހަވާލުކުރުމުގެ މާފަހުގެ ތާރީހެއްގައި ފުރިހަމަކޮށްފައިވާ ކަމަށް މަނަދޫ ކައުންސިލްގެ އޮޑިޓުން ހާމަވެއްޖެ އެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު މަނަދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.26 ގައި ބަޔާންކޮށްފައިވާ ގޮތުގައި ތަކެތި ގަތުމާއި މަސައްކަތްތައް ކުރުވުމާއި ހިދުމަތްތައް ހޯދުމުގެ ޕްރޮޖެކްޓްތަކުގެ އަގު 35،000 ރުފިޔާއަށްވުރެ ބޮޑުވާނަމަ އާންމުކޮށް އިއުލާން ކުރަންޖެހެ އެވެ. އަދި އެ ގަވާއިދުގެ 10.18 ވަނަ މާއްދާގެ (ނ) ގައި ރެސްޓްރިކްޓެޑް ޓެންޑަރިންގެ އުސޫލުން ޕްރޮކިއުމަންޓް ކުރިއަށް ގެންދެވޭނެ ހާލަތުތައް ބަޔާންކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް ކައުންސިލް އިދާރާއިން 2024 ވަނަ އަހަރު މަނަދޫގައި ރަސްމީ ސްޓޭޖެއް ޑިޒައިން ކުރުމާއި އެޅުމުގެ މަސައްކަތް 415،000 ރުފިޔާ އަށް ކުރުވާފައިވާ އިރު މި މަސައްކަތަކީ ކައުންސިލް އިދާރާގެ ބަޖެޓުގައި ހިމަނައިގެން ކޮށްފައިވާ ހަރަދެއް ނޫންކަމާއި މި މަސައްކަތް ކޮށްފައިވަނީ އާންމުކޮށް އިއުލާނު ކޮށްގެން ނޫން ކަަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އަދި މި ގޮތަށް އަމަލުކޮށްފައިވަނީ އީދު ފާހަގަ ކުރުމަށް ވަގުތު ކުޑަތަންވެފައި ވުމާއެކު އިއުލާނުކޮށްގެން ސްޓޭޖް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް އެކަށީގެންވާ ވަގުތު ނެތުމުގެ ސަބަބުން ކަމަށް ކައުންސިލް އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓުގައި ފާހަގަ ކޮށްފައިވެ އެވެ. 

މީގެ އިތުރުން، މި މަސައްކަތް ކޮށްފައިވަނީ ދައުލަތުގެ ޕްރޮކިއުމެންޓުގެ ކަންކަން ހިންގުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެއްވެސް އިޖުރާތެއް ފުރިހަމަ ނުކޮށް ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އެގޮތުން ވަކި ބަޔަކާއި މަސައްކަތް ހަވާލުކޮށްގެން ކުރުމަށްފަހު ލިޔެކިޔުންތައް މާފަހުގެ ތާރީހުތަކުގައި ފުރިހަމަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. 

އެގޮތުން މި މަސައްކަތާ ގުޅޭ ޕާޗޭސް ރިކުއެސްޓް، އަގު ބަލާ ފޯމް އަދި މަސައްކަތުގެ އެއްބަސްވުން ތައްޔާރުކޮށްފައިވަނީ މަސައްކަތް ނިމުނުތާ 2 މަސް ދުވަސް ފަހުން ކަމަށާއި، އަދި ލިޔެކިޔުންތައް ފުރިހަމަ ކުރަންޖެހޭ މަރުހަލާތަކުގައި ފުރިހަމަ ކޮށްފައިވާ ކަން ދެއްކުމުގެ ބޭނުމުގައި އެ ލިޔެކިޔުންތަކުގެ ތާރީހު ބަދަލުކޮށްފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އަދި މި މަސައްކަތް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަމާއި، ވާދަވެރި ޕްރޮކިއުމެންޓެއް ކުރިއަށް ގެންދެވިފައި ނުވުމުން މި މަސައްކަތް ކުރުވާފައިވަނީ އެކަށީގެންވާ އަގެއްގައިކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. 

މި މައްސަލައާއި ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.26 ގައި ބަޔާންކޮށްފައިވާ ގޮތަށް ތަކެތި ގަތުމާއި މަސައްކަތްތައް ކުރުވުމާއި ހިދުމަތްތައް ހޯދުމުގެ ޕްރޮޖެކްޓްތަކުގެ އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އާންމުކޮށް އިއުލާނު ކުރުމަށެވެ. އަދި ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ކަންތައްތައް ކުރިއަށް ގެންދިއުމުގެ ކުރިން ފުރިހަމަ ކުރުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދު ލާޒިމުކުރާ އިޖުރާތުތައް ފުރިހަމަ ކުރަންޖެހޭ މަރުހަލާތަކުގައި ފުރިހަމަ ކުރުމަށް އަންގާފައިވެ އެވެ. 

މީގެ އިތުރުން ކައުންސިލް އިދާރާގައި މިފަދަ މައްސަލަތައް ބެލުމަށް މިނިސްޓަރު ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން މި މައްސަލަ ބެލިބެލުމުން އެއްވެސް މީހަކު ނުވަތަ ބަޔަކު ޒިންމާވާންޖެހޭ ކަމަށް ކަނޑައެޅިއްޖެ ނަމަ، އެމީހެއްގެ ނުވަތަ އެ ބައެއްގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެ ފަރާތެއް ޖޫރިމަނާ ކޮށް، އެ ފައިސާ ދެއްކުމަށް ވަނީ އަންގާފަ އެވެ. 

ނ. މަނަދޫމަނަދޫ ކައުންސިލްއޮޑިޓަރ ޖެނެރަލްގެ އޮފީސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި

07 ޖެނުއަރީ 2026
މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
24 ނޮވެމްބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން

24 ނޮވެމްބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން
20 ނޮވެމްބަރު 2025

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

20 ނޮވެމްބަރު 2025
2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި
27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
14 އޮކްޓޯބަރު 2025

މިހާތަނަށް އޮޑިޓް އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓް އަންނަ އަހަރު

14 އޮކްޓޯބަރު 2025
މިހާތަނަށް އޮޑިޓް އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓް އަންނަ އަހަރު
07 އޯގަސްޓު 2025

ސަރުކާރުން ލާރި ނުދީގެން ކުންފުނިތައް އިނދަޖެހެނީ

07 އޯގަސްޓު 2025
ސަރުކާރުން ލާރި ނުދީގެން ކުންފުނިތައް އިނދަޖެހެނީ
04 އޯގަސްޓު 2025

ދައުލަތުގެ އިދާރާއަކަށް އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއް ފެންމަތިވެއްޖެ

04 އޯގަސްޓު 2025
ދައުލަތުގެ އިދާރާއަކަށް އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއް ފެންމަތިވެއްޖެ
17 ޖުލައި 2025

2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް

17 ޖުލައި 2025
2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް
16 އެޕްރީލު 2025

މާވަށު ކައުންސިލްގެ އޮޑިޓްރިޕޯޓް އާންމުކޮށްފި. 400،000 ވުރެ ގިނަ ރުފިޔާގެ ޚިޔާނެތެއް. ރައްޔިތުން ވާނުވާގަ

16 އެޕްރީލު 2025
މާވަށު ކައުންސިލްގެ އޮޑިޓްރިޕޯޓް އާންމުކޮށްފި. 400،000 ވުރެ ގިނަ ރުފިޔާގެ ޚިޔާނެތެއް. ރައްޔިތުން ވާނުވާގަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް