Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޑިޓަރ ޖެނެރަލްގެ އޮފީސް

މިހާތަނަށް އޮޑިޓް އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓް އަންނަ އަހަރު

މަޖިލީހުން 51 މެމްބަރުންގެ ވޯޓާއެކު އޮޑިޓު އޮފީހަށް 134 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2025 | އަންގާރަ 08:43
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން

ތާރީހުގައި އޮޑިޓު އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓު އަންނަ އަހަރަށް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަންގާރަ ދުވަހު މަޖިލީހުން އޮޑިޓު އޮފީހަށް ފާސްކޮށްފައި ވަނީ 134 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. 51 މެމްބަރުންގެ ވޯޓާއި އެކު މި ބަޖެޓް ފާސްކުރި އިރު މި ބަޖެޓް ފާސްކުރުމަށް އެއްވެސް މެމްބަރަކު ދެކޮޅު ހައްދަވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެދުނު ގޮތަށް މި ބަޖެޓް ފާސްކޮށްދިނުމަށް މަޖިލީހުން މި ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

އޮޑިޓު އޮފީހުގެ ބަޖެޓް މާލިއްޔަތު ކޮމިޓީން ފާސްކުރީ ހޯމަ ދުވަހުއެވެ. އޮޑިޓު އޮފީހުގެ 2025 ވަނަ އަހަރުގެ ބަޖެޓަކީ 123 މިލިއަން ރުފިޔާއެވެ. މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޮޑިޓް އޮފީހަށް 134 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ނިންމާފައި ވަނީ އެ އޮފީހުން މާލިއްޔަތު ކޮމިޓީގައި ހާމަކުރި ކަންބޮޑުވުންތަކަށް ފަހުގައެވެ. އެ އޮފީހުގެ ބަޖެޓްގެ ތެރެއިން 89 މިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދު ކަމަށާއި ކެޕިޓަލް ހަރަދަށް ތިން މިލިއަން ރުފިޔާ ހިނގާ އިރު ޕީއެސްއައިޕީ ބަޖެޓަށް 42 މިލިއަން ރުފިޔާ ހޭދަވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެެެވެ.

އަންނަ އަހަރު 81 އޮޑިޓުގެ މަސައްކަތް ކުރުމަށް އެ އޮފީހުން ވަނީ ނިންމާފައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ވަސީލަތުގެ ދަތިކަން އިންތިހާ އަށް އޮތް ކަމަށް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. ކޮމިޓީ މަރުހަލާގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރު ވެސް މި ބަޖެޓް ފާސްކުރުމަށް އެއްބާރުލުން ދިންކަން މާލިއްޔަތު ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.

ބަޖެޓް އިތުރުކުރަނީ މުސާރަތައް ބޮޑުކުމުގެ އިތުރުން އެ އޮފީހަށް އިތުރު ފަސް ސީނިއާ އޮޑިޓަރުން ނެގުމަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ. ކުރިއަށް އޮތް އަހަރު އެ އޮފީހުގެ މަސައްކަތްތައް ބައްޓަންކުރަމުން ދަނީ 2026-2028ގެ ސްޓްރެޓެޖިކް ޕްލޭނަށް ބެލުމަށް ފަހުގައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީސްމާލިއްޔަތު ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

20 ނޮވެމްބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
"ފުލުހުންގެ ރަށްތައް އަތުލުމުގެ ބަދަލުގެ ގޮތުގައި ލިބުނު 64 މިލިއަން ރުފިޔާ ހުސްކޮށްލީ އެއްވެސް ޒިންމާދާރުކަމެއް ނެތި"

"ފުލުހުންގެ ރަށްތައް އަތުލުމުގެ ބަދަލުގެ ގޮތުގައި ލިބުނު 64 މިލިއަން ރުފިޔާ ހުސްކޮށްލީ އެއްވެސް ޒިންމާދާރުކަމެއް ނެތި"

14 އޮކްޓޯބަރު 2025
ސަބްސިޑީއަށް ކަނޑައެޅި ބަޖެޓް ހުސްވެއްޖެ، އާސަންދަ ރިފޯމް ނުކުރެވި އޮއްވާ އެ ބަޖެޓް ވެސް ހުސްވަނީ

ސަބްސިޑީއަށް ކަނޑައެޅި ބަޖެޓް ހުސްވެއްޖެ، އާސަންދަ ރިފޯމް ނުކުރެވި އޮއްވާ އެ ބަޖެޓް ވެސް ހުސްވަނީ

04 ސެޕްޓެމްބަރު 2025
ޝުޖާއު މާލިއްޔަތު ކޮމިޓީން ވަކިކޮށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކޮށްފި

ޝުޖާއު މާލިއްޔަތު ކޮމިޓީން ވަކިކޮށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކޮށްފި

04 އޯގަސްޓު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު