Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

މޮސްކޯ އަށް އެމެރިކާގެ ސިއްރުތައް ވިއްކުމުގެ ކުށުގައި އުމުރަށް ޖަލަށް ލާފައި ހުރި ސީ.އައި.އޭ ގެ ކުރީގެ އޭޖެންޓް އެލްޑްރިޗް އޭމްސް ޖަލުގައި ހުއްޓާ މަރުވެއްޖެ

ސީ.އައި.އޭ ގެ ކުރީގެ އޭޖެންޓް އޯލްޑްރިޗް އޭމްސް 84 އަހަރުގައި ޖަލުގައި މަރުވެއްޖެ. އޭނާ 1985 އިން 1993 އާ ދެމެދު ސޯވިއެޓް ޔޫނިއަނަށް ސިއްރު މައުލޫމާތު ވިއްކައި 2.5 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޯދައި، އެމެރިކާގެ އެތައް ޖާސޫސުންގެ ފުރާނަ ގެއްލުމުގެ ސަބަބުން އުމުރަށް ޖަލަށް ލި.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 08:09
ސީއައިއޭގެ ކުރީގެ އޮފިސަރެއް ކަމަށްވާ އެލްޑްރިޗް ހޭޒެން އޭމްސް

ސީއައިއޭގެ ކުރީގެ އޮފިސަރެއް ކަމަށްވާ އެލްޑްރިޗް ހޭޒެން އޭމްސް | ބީއެންއޯ ނިއުސް

މޮސްކޯ އަށް އެމެރިކާގެ ސިއްރުތައް ވިއްކައި، އެއާއެކު އެމެރިކާގެ އެތައް ޖާސޫސުންނެއްގެ ފުރާނަ ގެއްލުމުގެ ސަބަބުން އުމުރަށް ޖަލަށް ލާފައި ހުރި ސީ.އައި.އޭ ގެ ކުރީގެ އޭޖެންޓް އެލްޑްރިޗް އޭމްސް، ޖަލުގައި ބަންދުކޮށްފައި ހުއްޓާ މަރުވެއްޖެ ކަމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ޖަލުތަކާ ބެހޭ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި އޭނާ މަރުވިއިރު އުމުރަކީ 84 އަހަރެވެ.

އޭމްސް އަކީ ސީ.އައި.އޭ ގެ ކައުންޓަރ އިންޓެލިޖެންސް އެނަލިސްޓެއްގެ ގޮތުގައި 31 އަހަރު ވަންދެން މަސައްކަތް ކުރި މީހެކެވެ. އޭނާ އާއި އޭނާގެ އަންހެނުން ރޮސާރިއޯގެ މައްޗަށް ކުށް ސާބިތުވީ 1985 އާއި 1993 އާ ދެމެދު ސޯވިއެޓް ޔޫނިއަނަށް ސިއްރު މައުލޫމާތު ވިއްކި މައްސަލައިގަ އެވެ. މި މައުލޫމާތުތަކުގެ ބަދަލުގައި އޭނާއަށް 2.5 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ލިބިފައިވާއިރު، މީގެ ސަބަބުން އެމެރިކާގެ ސިއްރު މިޝަންތަކަށް ބުރޫ އަރައި، އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދިޔަ އެވެ.

ސީ.އައި.އޭ ގެ ސޯވިއެޓް ގޮތްޕާ ބެހޭ ބައިގެ އިސްވެރިއަކަށް ހުރި އޭމްސް ވަނީ އެމެރިކާ އަށް ޖާސޫސުކޮށްދެމުން ދިޔަ އެތައް ރަޝިޔާ ރައްޔިތުންގެ މައުލޫމާތު ކްރެމްލިން އަށް ފޯރުކޮށްދީފަ އެވެ.

އެ ދުވަސްވަރު އެ ދެމަފިރިން އުޅެމުންދިޔަ މުއްސަނދި ދިރިއުޅުމުގެ ސަބަބުން ގިނަ ބައެއްގެ ޝައްކު އެމީހުންނަށް އަމާޒުވި އެވެ. އެގޮތުން ސްވިޒަލޭންޑްގެ ބޭންކު އެކައުންޓްތަކުގައި ގިނަ އަދަދެއްގެ ފައިސާ ބެހެއްޓުމާއި، އަގުބޮޑު ޖެގުއާ ކާރެއް ދުއްވުމުގެ އިތުރުން ކްރެޑިޓް ކާޑު ބިލްތަކަށް އަހަރަކު 50،000 ޑޮލަރު ހޭދަކުރަމުން ދިޔަކަން ފާހަގަކުރެވުނެވެ.

ފެޑަރަލް ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔުމަށް ފަހު ވެސް އޭމްސް ދިޔައީ ރަޝިޔާ އަށް މައުލޫމާތު ވިއްކަމުންނެވެ. އޭނާ ކުރަމުންދިޔަ މި މަސައްކަތް ފަޅާއެރީ 1994 ވަނަ އަހަރެވެ.

ސޯވިއެޓް ޔޫނިއަން އާ ބެހޭ ގޮތުން އޭމްސް ފޯރުކޮށްދިން ދޮގު މައުލޫމާތުތަކުގެ ސަބަބުން، ސީ.އައި.އޭ އިން ވަނީ ސޯވިއެޓް އަސްކަރީ ގާބިލުކަމާ ބެހޭގޮތުން އޭރުގެ ރައީސުން ކަމަށްވާ ރޮނަލްޑް ރޭގަން އާއި ޖޯޖް އެޗް.ޑަބްލިއު ބުޝް އަދި އެހެނިހެން އިސްވެރިންނަށް އޮޅުން އަރާފަދަ މައުލޫމާތުތައް ތަކުރާރުކޮށް ދީފައެވެ.

އޭމްސްގެ މައްސަލައިގެ ތަހުގީގާ ގުޅިގެން ވޮޝިންގޓަނާއި މޮސްކޯއާ ދެމެދު އޮތް ގުޅުމަށް ބޮޑު ނުތަނަވަސްކަމެއް އައެވެ. އޭރު ދެ ގައުމުން ދިޔައީ 1991 ގައި ސޯވިއެޓް ޔޫނިއަން ރޫޅުމަށްފަހު ގުޅުން އާންމު ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. 

ކުރީގެ ރައީސް ބިލް ކްލިންޓަން މި މައްސަލައަކީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ސިފަކުރެއްވިއިރު، ރަޝިޔާ އިން މިކަން މާ ބޮޑު ކަމަކަށް ނުހަދަ އެވެ. ނަމަވެސް، އޭމްސް އާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވުނު ރަޝިޔާގެ އިސް ޑިޕްލޮމޭޓެއް ކަމަށްވާ އެލެގްޒެންޑަރ ލިސެންކޯ އަނބުރާ ގެންދަން ރަޝިޔާ އިން ދެކޮޅު ހެދުމުން، ވައިޓް ހައުސް އިން ވަނީ އޭނާ ގައުމުން ބޭރުކޮށްފަ އެވެ.

ޖާސޫސީ ދާއިރާ ގައި މިފަދަ ބޮޑެތި މައްސަލަތަކަކީ އާންމު ކަންކަމެވެ. މީގެ ކުރިން 1953 ވަނަ އަހަރު، އެޓޮމިކް ސިއްރުތައް މޮސްކޯ އަށް ވިއްކި ކަމުގެ ތުހުމަތުގައި ޖޫލިއަސް އާއި އެތެލް ރޮސެންބާގް ގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރެވުނެވެ. ހަމަ އެހެންމެ، ނޭވީގެ ކޮމިއުނިކޭޝަން އެކްސްޕާޓެއް ކަމަށްވާ ޖޯން ވޯކާ ވެސް ވަނީ 30 އަހަރު ވަންދެން ސޯވިއެޓުންނަށް ސިއްރު މައުލޫމާތު ފޯރުކޮށްދިން ކަމަށް އިއުތިރާފުވުމުން އުމުރަށް ޖަލަށް ލާފައެވެ.

އޯލްޑްރިޗް އޭމްސްސޯވިއެޓް ޔޫނިއަންއެމެރިކާ-ރަޝިޔާޖާސޫސުކުރުންސީއައިއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި

އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި

07 ޖެނުއަރީ 2026
އީރާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި އިޒްރޭލު ރައްޔިތަކު އެ ގައުމުގެ އޮފިޝަލުން ހައްޔަރުކޮށްފި

އީރާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި އިޒްރޭލު ރައްޔިތަކު އެ ގައުމުގެ އޮފިޝަލުން ހައްޔަރުކޮށްފި

26 ޑިސެމްބަރު 2025
އީރާނުން އިޒްރޭލަށް ޖާސޫސު ކުރި ކަމަށް ބުނެ މީހަކަށް މަރުގެ އަދަބު ދީފި

އީރާނުން އިޒްރޭލަށް ޖާސޫސު ކުރި ކަމަށް ބުނެ މީހަކަށް މަރުގެ އަދަބު ދީފި

20 ޑިސެމްބަރު 2025
އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި

އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި

04 ޑިސެމްބަރު 2025
ވިޓްކޮފްގެ ފޯނު ކޯލު ލީކު ކުރީ ސުލްޙައިގެ މަޝްވަރާ ތަކަށް ހުރަސް އެޅުމަށް: ރަޝިޔާ

ވިޓްކޮފްގެ ފޯނު ކޯލު ލީކު ކުރީ ސުލްޙައިގެ މަޝްވަރާ ތަކަށް ހުރަސް އެޅުމަށް: ރަޝިޔާ

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު