Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ވިޓްކޮފްގެ ފޯނު ކޯލު ލީކު ކުރީ ސުލްޙައިގެ މަޝްވަރާ ތަކަށް ހުރަސް އެޅުމަށް: ރަޝިޔާ

އެ ފޯނު ކޯލުގައި ޔުކްރެއިންގެ ހަނގުރާމަ ހުއްޓުމަށް ކުރަމުން އަންނަ މަސައްކަތާއި، އެކަމުގައި އެކުލަވާލާ ޕްލޭންގައި އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވިކްޓޮފް ވިދާޅުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އަދި ރަޝިޔާގެ ރައީސް ޕުޓިންގެ ފަރާތްޕުޅުން، އެމެރިކާގެ ރައީސް ޓްރަމްޕް އަށް އެކަން ހިއްސާ ކުރަން ޖެހޭ ކަމަށް ވެސް ވިކްޓޮފް ވިދާޅުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ރަޝިޔާއާއި އެމެރިކާގެ އޮފިޝަލުންގެ ދެމެދު ހިނގި ފޯން ކޯލް ލީކުކުރީ ޔޫކްރެއިންގެ ސުލްހަ މަޝްވަރާތަކަށް ހުރަސް އަޅުއްވަން ކަމަށް ކްރެމްލިންއިން ބުނެފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2025 | ބުދަ 08:13
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް

ރަޝިޔާ ސަރުކާރުގެ އިސްވެރިންނާއި، އެމެރިކާ ސަރުކާރުގެ އިސްވެެރިންނާ ދެމެދު ކޮށްފައިވާ ފޯނު ކޯލެއް ލީކު ކޮށްފައި ވަނީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅުމަށް ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ބްލޫމްބާގް ނިއުސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބޫ ސްޓީވް ވިޓްކޮފް އާއި، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިންގެ ޚާއްސަ އެޑްވައިޒަރު ޔޫރޯ އުޝަކޮވް، މިއަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ފޯނުން ގުޅުއްވައި ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އެ ފޯނު ކޯލުގައި ޔުކްރެއިންގެ ހަނގުރާމަ ހުއްޓުމަށް ކުރަމުން އަންނަ މަސައްކަތާއި، އެކަމުގައި އެކުލަވާލާ ޕްލޭންގައި އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވިޓްކޮފް ވިދާޅުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އަދި ރަޝިޔާގެ ރައީސް ޕުޓިންގެ ފަރާތްޕުޅުން، އެމެރިކާގެ ރައީސް ޓްރަމްޕް އަށް އެކަން ހިއްސާ ކުރަން ޖެހޭ ކަމަށް ވެސް ވިޓްކޮފް ވިދާޅުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ބްލޫމްބާގް އިން ބުނެފައި ވަނީ އެ ފޯނު ކޯލުގެ ރިކޯޑިން އެ ނިއުސް އެޖެންސީ އިން އަޑު އަހާފައިވާ ކަމަށާއި، އަދި އެ ކޯލުގެ ޓްރާންސްކްރިޕްޓެއް ވެސް ޝާއިއު ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ބުދަ ދުވަހު ބުނެފައި ވަނީ، ދެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންގެ ފޯނު ކޯލު ލީކޮ ކޮށްފައި ވަނީ މިހާރު ކުރިއަށްދާ ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާ ތަކަށް ހުރަސް އެޅުމަށް ކަމަށެވެ.

އެ ކޯލު ލީކުވީ ކީއްވެގެންތޯ ސުވާލު ކުރުމުން، ރަޝިޔާގެ ސްޓޭޓް ޓީވީގައި އުޝަކޮވް ވިދާޅުވެފައި ވަނީ، އެކަން ކުރީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ އާއި، އެއްބަސްވުން ޤާއިމު ކުރުމަށް ހުރަސް އެޅުމަށް ކަމަށެވެ. އަަދި އެއީ ގުޅުންތައް ޤާއިމު ކުރުމަށް ކުރެވިފައިވާ ކަމެއް ކަމަށް ޤަބޫލު ނުކުރެއްވޭ ކަމަށް ވެސް އުޝަކޮވް ވިދާޅުވެފައިވެ އެވެ.

ލީކު ވެފައިވާ އެ ފޯނު ކޯލުން ފެންނަމުން ދަނީ ޔުކްރެއިންގެ މައްސަލައިގައި ސުލްޙަ ޤާއިމު ކުރުމަށް އެމެރިކާ އާއި ރަޝިޔާއާ ދެމެދު ކުރިއަށްދާ ސިއްރު މަޝްވަރާ ތަކުގެ ތަފްސީލް ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އަދި އެ ފޯނު ކޯލު ލީކުވެފައިވާއިރު، އެކަމުގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި އިތުބާރު ބިނާ ކުރުމަށް ގޮންޖެހުން ތަކެއް ކުރިމަތި ވެދާނެ ކަމަށް ތަޖުރިބާ ކާރުން ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން އެކަމުން ދައްކުވައި ދެނީ އެމެރިކާގެ އިސް އޮފިޝަލުން، ރަޝިޔާއާ ސީދާ ވާހަކަ ދައްކައި މައްސަލަ ޙައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަން ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ. އެ ފޯނު ކޯލު ލީކުވެފައިވާއިރު، އެކަމުގެ ސަބަބުން މިހާރު ކުރަމުން އަންނަ މަސައްކަތަށް އެކަމުގެ ނޭދެވޭ އަސަރު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް، ކްރެމްލިން އިން ބުނެފައިވެ އެވެ.

މި ފޯނު ކޯލު ލީކުވެފައި މި ވަނީ، ޔުކްރެއިންގެ މައްސަލައިގައި އެމެރިކާގެ ރައީސް ޓްރަމްޕް، ރަޝިޔާ އަށް ފައިދާވާ ގޮތަށް ކަންކަން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ޓްރަމްޕް އާއި އެމެރިކާގެ ސަރުކާރަށް ވެސް ފާޑު ކިޔުންތައް ކުރިމަތިވެފައިވާ ވަގުތެއްގަ އެވެ.

މަސްދަރު: ރޮއިޓާސް

ސްޓީވް ވިޓްކޮފްޔޫރީ އުޝަކޯވްޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންއެމެރިކާ-ރަޝިޔާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު