Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕާާޓީތަކުގެ މަޝްވަރާތައް

އިދިކޮޅު ލީޑަރުންނަށް "ކުރުދޮށިން ދިނުމަށް ފަހު" މަޝްވަރާއަށް އަނެއްކާ ވެސް ގޮވާލައިފި

އިދިކޮޅު ފަރާތްތަކުގެ އެއްވެސް އިޚްލާސްތެރިކަމެއް ނެތް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2017 | އަންގާރަ 05:02
މަޝްވަރާތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މަޝްވަރާތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ފާޑު ކިޔުމަށް ފަހު، މަޝްވަރާގެ މޭޒުގެ ދޮށަށް އައުމަށް އަނެއްކާ ވެސް ސަރުކާރުން ގޮވާލައިފި އެވެ.

ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ބޭނުންވާކަމަށް ބުނެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ރައީސް އޮފީހުން މިދިޔަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު ދައުވަތު ފޮނުވިއިރު، ޕާޓީތަކުން ހޯމަ ދުވަހު ވަނީ މަޝްވަރާއަށް ނުދާން ނިންމާފަ އެވެ.

Advertisement - newsAdvertisement

ޕާޓީތަކުން ގޮވާލާފައިވަނީ ބޭރުގެ އެކިއެކި ފަރާތްތަކުގެ ލޮލުގައި އަޅުވާ އަނދުނަކަށް ސިޔާސީ ޕާޓީތަކާއެކު ކުރެވޭ މަޝްވަރާ ހެއްދެވުގެ ވިސްނުންފުޅު ދޫކޮށްލައްވައި، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި ރައީސް އަބްދުﷲ ޔާމީންގެ އިޚްލާޞްތެރިކަން ދެއްކެވުމުގެ ގޮތުން އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށްފަހު މަޝްވަރާ އަށް ދައުވަތު ދެއްވުމަށެވެ.

މަޝްވަރާގައި ބައިވެރިނުވާން ޕާޓީތަކުން ނިންމުމާ ގުޅިގެން ރައީސް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޝްވަރާގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ އެކި ފަހަރު މަތިން އެކި ގޮތްގޮތަށް ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުގެ އެއްވެސް އިޚްލާސްތެރިކަމެއް ނެތް ކަމަށެވެ.

ލީޑަރުން ދޫކޮށްލަން ޕާޓީތަކުން ގޮވާލާފައިވާކަން ފާހަގަކުރައްވައި ޝައިނީ ވިދާޅުވީ ވަކިވަކި މީހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ސަރުކާރުގެ ޝައުގުވެރިކަން ހުރީ އިދިކޮޅު ފަރާތްތަކުން ފާހަގަކުރާ އިސްލާހީ ބަދަލުތައް ގެނެއުމަށް ކަމަށެވެ.

"ގައުމެއްގެ ވަލިއްޔުލްއަމްރަކަށް ހުންނަވާ ބޭފުޅަކު ގައުމުގައި ތިބި އެކިއެކި ފަންތީގެ އެކިއެކި ސިޔާސީ ގޭންގުތަކުގެ، ސިޔާސީ ޕާޓީތަކުގެ އެކިއެކި ޚިޔާލުގެ ބޭފުޅުންނާ މަޝްވަރާކުރަންޖެހޭ އެގޮތުން ރައީސް އިސްނަވައިގެން ކުރައްވާ މަސައްކަތް އަދިވެސް ހުޅުވިފައި،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ގާނޫނާއި ގަވާއިދާ ޚިލާފަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި އޮތް ކަމަށް ގަބޫލުނުކުރާ ކަމަށާއި ޚިޔާލުތަފާތުވުންތަކެއް އުފެދިގެން އުޅެނީ އެހެންވެގެން ކަމަށެވެ.

"ކުރީގެ ސަރުކާރުތަކުގައި ކޯޓު އަމުރަކާނުލައި ބޭފުޅުން ހައްޔަރުކޮށްފަ އެބަހުރި، މަގުމަތީގަ ޓޭންކްތައް ނެރެގެން ގެންގޮސް ގޭގޭގެ ދޮރުގަ ބަޑި ޖައްސާފަ މީހުން ހައްޔަރުކޮށްގެން ގެންގޮސްފަ އެބަހުރި، ނިޒާމްގެ ތެރެއިން ގެއްލުވާލާފަ ތިބި ބޭފުޅުން އެބަތިއްބެވި، އެކަންކަމާ ގުޅިގެން އެބޭފުޅުންނަށް ހުކުމް ވެސް އައިސްފަ އެބަހުރި، މި ސަރުކާރުން އެއްވެސް ކޯޓް އަމުރަކާ ނުލައި ނުވަތަ ގާނޫނު އަސާސީގައި އެ އޮންނަ ހަމައެއްގެ މަތިން ނޫން ގޮތަކަށް އެއްވެސް ބޭފުޅަކާ މެދު އަމަލުކޮށްފައެއް ނޯންނާނެ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ގާނޫނީ އިމުގެ ބޭރުން ސަރުކާރުން ކޮށްފައި ހުރި ކަންތައްތައް އިދިކޮޅު ފަރާތްތަކަށް ނުދެއްކޭ ކަމަށެވެ. އަދި ހަމައެކަނި މީޑިއާ އަށް ދޫކޮށްލީ ސިޔާސީ ވާހަކައަކަށް ބަލައިގެން ސަރުކާރުން އަމަލުނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ލީޑަރުން ދޫކޮށްލާ ވާހަކަ ދައްކާއިރު، ލީޑަރަކު ވިޔަސް އަދި އެހެން މީހަކު ވިޔަސް ގާނޫނާ ޚިލާފުވުމުން ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި އެއީ މި ސަރުކާރުން ރައްޔިތުންނަށް ދިން އެންމެ ބޮޑު ޔަގީންކަން ކަމަށެވެ.

ޝައިނީ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެއިލްކޮށްލަން ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި ސަރުކާރުން މަސައްކަތް ކޮށްފައިވަނީ ދެވެން ހުރި ހުރިހާ ދުލެއް ދީގެން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ވަކިވަކި މަސްލަހަތުތަކެއް ހިމާޔަތްކޮށްދީގެން ރައްޔިތުންނަށް ލިބޭނެ މޮޅެއް ނެތް ކަމަށާއި ރައްޔިތުން އެފަދަ ކަންކަން ކުރަން ބޭނުންވެސް ނުވާ ކަމަށެވެ.

"ޖަލުގައި ހުރި މީހަކު ދޫކޮށްލަައިގެން އޭގެން ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއްތޯ، ނުވަތަ ދައުލަތަށް ދައްކަންޖެހޭ 200 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަންޖެހޭ މީހަކަށް އެ ލާރި ދައްކަން ނުޖެހޭ ކަމަށް ބުނީ ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއްތޯ،" ޝައިނީ ސުވާލު އުފެއްދެވި އެވެ.

އާއިލާއެއްގެ މިސާލު ނަންގަވައިގެން ޝައިނީ ވަނީ "ވައްބަހުން" އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެފަ އެވެ.

"އާއިލާއެއްގެ ތެރޭގައި ތިބޭނެ ބަސްނާހާ ކުދިން ވެސް އާއިލާއެއްގެ ތެރޭގައި ތިބޭނެ އަބަދު ހިނދުކޮޅުގައި ނުތިބޭ ބޭފުޅުން ވެސް ތިބެދާނެ މިހާރަށް ބަލާއިރުގަ، އެކަމަކު އާއިލާއެއްގެ އެންމެ އިސްކޮށް ހުންނެވި ބޭފުޅަކަށް ބަލަދު އަރާފަ ހުންނަ ބޭފުޅަކަށް ޖެހޭނެ އެ އެންމެން ގޮވައިގެން އުޅެން ރަނގަޅު ކުރެވޭތޯ މަސައްކަތް ވެސް ކުރަން،" އޭނާ ވިދާޅުވި އެވެ.

ޕާޓީތަކުން މަޝްވަރާއަށް ނުދާން ނިންމީ ގިނަ ސަބަބުތަކެއް ދެއްކުމަށް ފަހުގަ އެވެ. އެގޮތުން ޤާނޫނު އަސާސީއަށާއި ޤާނޫނަށް ބެލުމެއް ނެތި ރައީސް ޔާމީންގެ ސަރުކާރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ނުޙައްޤުން ދަޢުވާކޮށް ޖަލަށްލާފައިވާ ކަމާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް "އެއްވެސް އަސާސެއް ނެތް ތުހުމަތުތައް" ކޮށް ދައުވާ ކުރަމުންދާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ޕާޓީތަކުން ބުނީ ސަރުކާރާ ޚިޔާލު ތަފާތުވާ ކޮންމެ ރައްޔިތަކަށް ބޮޑެތި އަނިޔާ ދެމުންދާ ކަމަށާއި ޕްރޮސިކިޔުޓަރ ޖެނެރަލަށާއި، ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ނާޖާއިޒު ނުފޫޒު ފޯރުވައި، ބިރުދައްކައި، އެފަރާތްތަކުގެ މިނިވަންކަން ނަގާލާފައިވާ ކަމަށެވެ. އަދި ސިފައިން ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލިސް ހިޞާރުކުރުމަށްފަހު އެ މުއައްސަސާގެ ހަގީގީ ބޭނުން ކަނޑާލާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިންސާނީ އަދި އަސާސީ ޙައްޤުތައް އެކުގައި ނިގުޅައިގަނެފައިވާ ކަމަށާއި ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހުއްޓުވައި، ސިޔާސީ ޕާޓީތަކުގެ ދައުރު ނައްތާލުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޕާޓީތަކުން ބުނީ މިކަންކަން އިޞްލާޙު ކުރުމަކީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށްގެން ކުރަންޖެހޭ ކަންކަން ކަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަކުން ނުދެކޭ ކަމަށާއި ސަރުކާރުގެ ހެޔޮ ނިޔަތް އޮތްކަމުގައިވާނަމަ މިޤައުމުގައި އިޞްލާޙުކުރަން ހުރި ކަންކަމަކީ ސަރުކާރަށް މިހާރުން މިހާރަށްވެސް ކުރެވޭނެ ކަންތައްތައް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު