Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް

2025 ވަނަ އަހަރު އެކަނިވެސް ވައްކަމުގެ ތެރެއިން 2 ބިލިއަން ރުފިޔާ ގެއްލުނު: މެންބަރު ޣަފޫރު

ޣަފޫރު ވިދާޅުވީ މުޅި ދައުލަތުގެ ތެރޭގައި ވައްކަން ހިނގަމުންދާއިރު އެކަންކަން ނުބެލެނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށް. މި ސަރުކާރުން ދައްކާ މަންޒަރާ ކުރާ ކަންކަމާ ބަހާއި އަމަލާ ދިމާ ނުވާ ކަން ފާހަގަކުރައްވާ ޣަފޫރު ވިދާޅުވީ އެމްއެމްޕީއާރްސީ ގެ މައްސަލައިގައި ވެސް ޖަލަށް ދާން ޖެހޭ މަޖިލީހުގެ މެންބަރުން ވެސް އެބަތިބި ކަމަށް. ނަމަވެސް ހުކުމާ ހިސާބުން އެ މެންބަރުންގެ މައްސަލަ ހުއްޓިފައިވާ ކަމަށް ޣަފޫރު ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 09:00
މަޖްލިސް ޖަލްސާ އެއް ގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަނީ

މަޖްލިސް ޖަލްސާ އެއް ގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަނީ

ނިމުނު 2025 ވަނަ އަހަރު އެކަނި ވެސް ވައްކަމުގެ އެކިއެކި މައްސަލަތަކުގައި 2 ބިލިއަން ރުފިޔާ ގެއްލުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ދިވެހި ރާއްޖޭގެ ގާނޫލްއުގޫބާތަށް އިސްލާހު ގެންނަން ވަނީ ހުށަހަޅާފަ އެވެ.

Advertisement - newsAdvertisement

އެ ބިލަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ މުޅި ދައުލަތުގެ ތެރޭގައި ވައްކަން ހިނގަމުންދާއިރު އެކަންކަން ނުބެލެނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. މި ސަރުކާރުން ދައްކާ މަންޒަރާ ކުރާ ކަންކަމާ ބަހާއި އަމަލާ ދިމާ ނުވާ ކަން ފާހަގަކުރައްވާ ޣަފޫރު ވިދާޅުވީ އެމްއެމްޕީއާރްސީ ގެ މައްސަލައިގައި ވެސް ޖަލަށް ދާން ޖެހޭ މަޖިލީހުގެ މެންބަރުން ވެސް އެބަތިބި ކަމަށެވެ. ނަމަވެސް ހުކުމާ ހިސާބުން އެ މެންބަރުންގެ މައްސަލަ ހުއްޓިފައިވާ ކަމަށް ޣަފޫރު ވިދާޅުވި އެވެ. 

ޣަފޫރު ވިދާޅުވީ މި ސަރުކާރުން ގާނޫނުން ކަންކަން މަނާ ކުރަނީ ވަކި ބަޔަކަށް ޓާގެޓް ކުރުމަށް ކަމަށެވެ. 

އެހެންވީމާ ގާނޫނުން ހުރިހާ ކަމެއް މަނާކޮށްފައި ބޭނުންވާ މީހާ އެކަން ކުރީމާ އެމީހާ ހިފާ ހައްޔަރު ކުރުމަށް ކަންކަން ބަދަލު ކުރަމުން މިދަނީ. މިނޫން އެއްވެސް ކަމެއް ކުރާކަށް ނޫން މިއުޅެނީކީ. މަރުގެ އަދަބުދޭ ގާނޫނު ފާސްކޮށްފި. ކިތައް މީހުންތޯ އެތިބީ މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހިފަތިބި. އެއްވެސް މީހެއްގެ ހުކުމް ތަންފީޒު ކުރަން ކެރުނުތޯ. ނުކުރޭނެ. އެއީ މިސަރުކާރަކީ. ބޭނުންވާ މީހާ އަތަށް އެރީމަ އެމީހާ އަށް ހޭ އަރުވާލާނެ. އެބޭނުން ފުއްދަމުން މިދަނީ. ވަރަށް ސާފު ވަރަށް ރީތި ކިޔާލީމަ. ކަންކަން މިދަނީ ރިވެތި އުސޫލުގެ މަތިން ބައްޓަން ކުރެވިގެން. އެކަމު އެ އުސޫލެއް މި ގައުމަކަށް ނާދޭ. އެ އުސޫލެއް މިގައުމަކަށް ނާދޭ. މުޅި ގައުމު ފެންނަނީ ވައްކަމާ ފޭރުމާ ރައްޔިތުންނަށް އަނިޔާ ކުރާ މަންޒަރު. މުޅި ގާނޫނު އަސާސީ ބަދަލު ކޮށް ރައްޔިތުންގެ މެދުގައި އޮތް ހަމަޖެހުން ގެއްލުވާލައި، ދައުލަތް ބޭނުން ކޮށްގެން ކޮރަޕްޝަން ހިންގަމުންދާ މަންޒަރު މުޅި ގައުމުން ފެންނަމުން މި ދަނީ،
 ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ ގާނޫނުލް އުގޫބާތަށް ވެސް މި އިސްލާހު ހުށަހަޅާފައި ވަނީ ހަމަ އެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އެއީ އެކަމުގައި އިޚުލާސްތެރި ނިޔަތެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށް މެންބަރު ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ މިހާތަނަށް މި ގައުމުން ކޮށްފަ ހުރި ވައްކަމުން ގައުމަށް ވި ގެއްލުމުގެ ހިސާބު ވެސް ޖަހަން ނޭނގޭ ވަރަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އެގޮތުން މިދިއަ 2025 ވަނަ އަހަރު އެކަނިވެސް 2 ބިލިއަން ރުފިޔާ ވައްކަމުގެ ތެރެއިން ގެއްލިފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ. 

ކާކަށްތޯ އެ ބެލުނީ. އެވާހަކަ ދެއްކުނީ. ކޮމިޓީ އަށް ގެންގޮސްލާފަ ކުޑަކޮށް ތަޅުވާލީމަ އާނ ދެން އޭނާ ކުށްވެރިވާހެން ހީވީމަ ދެން އޭނާ އަތުން ވެސް ލާރިކޮޅެއް ދަމައިގަނެފަ މައްސަލަ ވައްޓާލަނީ ޑަސްބިނަށް. މިއީ މިގައުމުގަ ކަންކަން ހިނގާ ގޮތް. މިއަދު މި ހަދާ ގޮތަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފަ ރައްޔިތުންނަށް ބިރު ދައްކައިގެން ހުރިހާ ގާނޫނުތަކެއް އެއީ ރައްޔިތުން އަމަލުކުރަން ޖެހޭ އެއްޗެއް ކަމަށް ހަދައި އެ ގާނޫނަށް އަމަލު ނުކޮށް، ބޭނުންވި މީހާ ހިފާ ހައްޔަރު ކުރުމުގެ ސިލްސިލާ ޕްރޮގްރާމްތަކެއް މިގައުމުގައި ހިންގުމުގެ ފަލްސަފާއެއް ފެށިގެން މިދަނީ،
 ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ ރާއްޖޭގައި މިހާރު ގާނޫނު ހިނގަނީ ގާނޫނު ހިންގަން ބޭނުންވާ މީހާގެ މައްޗަށް އެކަނި ކަމަށެވެ. 

އިތުރަށް ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ މި ފަހުން ވެސް މުޅި ޖުވާ ކުޅޭ ސްކީމެއްގައި ބައިވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ވެސް އެކަމުގައި ބައިވެރިވި މަންޒަރު ފެނުނު ކަމަށެވެ. ބައިވެރި ނުވާ މީހުންނަކީ މޮޔައިން ކަމަށް ބުނެ އެވާހަކަ މެންބަރުން ދެއްކެވި އިރު ވެސް ސަރުކާރަށް އެކަމާ ދެކޮޅަށް ޗުއްޕު ވެސް ބުނަން ނުކެރުނު ކަމަށެވެ. 

އެއީ ވެސް މަޖިލީހަށް ނިސްބަތްވާ މެންބަރުން އެކަމުގައި ޝާމިލުވާތީ ކަމަށް މެންބަރު ތުހުމަތު ކުރެއްވި އެވެ. އެކަމުން ވެސް ސަރުކާރުގެ ނިޔަތް އިޚުލާސްތެރީ ކިހާ މިންވަރަކަށް ކަން ހާމަ ވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލިސްހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރުޖުވާކުޅުންގާނޫނުލް އުގޫބާތު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު މޫނަކަށް ކަނދުރާ އަކަށް ނުބައްލަވާ، ބައްލަވަނީ ވޮލެޓާ ބޭންކް ބެލެންސަށް: މެންބަރު ޒިޔާދު

ރައީސް މުއިއްޒު މޫނަކަށް ކަނދުރާ އަކަށް ނުބައްލަވާ، ބައްލަވަނީ ވޮލެޓާ ބޭންކް ބެލެންސަށް: މެންބަރު ޒިޔާދު

05 ޖެނުއަރީ 2026
ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި

ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި

04 ޖެނުއަރީ 2026
މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅައިފި

މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅައިފި

04 ޖެނުއަރީ 2026
ސަރުކާރުން ގާނޫނު އަސާސީ އަށް އަނެއްކާ ވެސް ބަދަލު ގެންނަނީ

ސަރުކާރުން ގާނޫނު އަސާސީ އަށް އަނެއްކާ ވެސް ބަދަލު ގެންނަނީ

04 ޖެނުއަރީ 2026
މަޖިލީހުގެ ޖަލްސާ އެއް ދައުރުން ބޭރުން ހޯމަ ދުވަހު ބާއްވަނީ

މަޖިލީހުގެ ޖަލްސާ އެއް ދައުރުން ބޭރުން ހޯމަ ދުވަހު ބާއްވަނީ

04 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު