Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމްގެ ކޮންގްރެސް މާޗު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ

އެފްއޭއެމް އިން ބާއްވާ އޯޑިނަރީ ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ އަހަރީ ރިޕޯޓު ފާސް ކުރުމާއި، ބަޖެޓު ފާސް ކުރުން އަދި އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިޔުން އޮންނާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖެނުއަރީ 2026 | ބުރާސްފަތި 02:26
މީގެ ކުރިން އޮތް އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން

މީގެ ކުރިން އޮތް އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން | ސޯޝަލް މީޑިއާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އޯޑިނަރީ ކޮންގްރެސް، މިއަހަރުގެ މާޗު މަހުގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.

އެފްއޭއެމްގެ ހިންގާ ކޮމެޓީ އިން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ، މިއަހަރުގެ މާޗު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށެވެ. އެގޮތުން އެ ކޮންގްރެސް ބޭއްވުމަށް ހަަމަޖެހިފައި ވަނީ ހެންވޭރު މީރުމާގަ އެވެ. 

މިއީ އެފްއޭއެމްގެ ރައީސް ކަމުގެ މަޤާމަށް އަޙުމަދު ޠާރިޤު (ޓޮމް) އިންތިޚާބު ކުރި ފަހުން ބާއްވާ ފުރަތަމަ ކޮންގްރެސް އެވެ. އެންމެ ފަހުން އެފްއޭއެމް އިން ބާއްވާފައި ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެކެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް އާއި، އޭނާގެ ހިންގާ ކޮމެޓީ އިންތިޚާބު ކޮށްފައި ވަނީ އެ ކޮންގްރެސްގަ އެވެ. 

އެފްއޭއެމް އިން ބާއްވާ އޯޑިނަރީ ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ އަހަރީ ރިޕޯޓު ފާސް ކުރުމާއި، ބަޖެޓު ފާސް ކުރުން އަދި އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިޔުން އޮންނާނެ އެވެ. 

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެފްއޭއެމްގެ ރައީސް ކަމުގެ މަޤާމަށް ޓޮމް ވަޑައިގެން، ޓޮމް އާއި އޭނާގެ ޓީމުން އަންނަނީ ފުޓުބޯޅައިގެ ޙާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މެދު ކެނޑިފައި އޮތް ރާއްޖޭގެ ލީގު އަލުން ފަަށައި، ފުޓުބޯޅައިގެ ޙަރަކާތްތެރިކަން ވަނީ ވަރަށް ބޮަޑަށް އިތުރު ކޮށްފަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓޮމް ވަނީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އޭގެ ފަހުން އޮކްޓޫބަރު މަހުގެ ތެރޭގައި އިންފަންޓީނޯ ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. 

އެފްއޭއެމް އިން އަންނަނީ ފީފާއާ ގުޅިގެން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތް ތަކެއްް ކުރަމުންނެވެ. 

އެފްއޭއެމް

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި

07 ޖެނުއަރީ 2026
މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި
06 ޖެނުއަރީ 2026

ތަޖުރިބާކާރު ކޯޗު އުރްބާނީއާ ޤައުމީ ޓީމު ހަވާލު ކޮށްފި

06 ޖެނުއަރީ 2026
ތަޖުރިބާކާރު ކޯޗު އުރްބާނީއާ ޤައުމީ ޓީމު ހަވާލު ކޮށްފި
29 ޖޫން 2025

އެފްއޭއެމްގެ ހިޔާނާތް - ބައްސާމާއި ދެކޮޅަށް އަލީ އުމަރު ހެކިބަސްދީފި

29 ޖޫން 2025
އެފްއޭއެމްގެ ހިޔާނާތް - ބައްސާމާއި ދެކޮޅަށް އަލީ އުމަރު ހެކިބަސްދީފި
23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
26 ފެބުރުއަރީ 2017

ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި

26 ފެބުރުއަރީ 2017
ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު