Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅައިފި

4 ޖެނުއަރީ 2026 | އާދީއްތަ 09:00

މި ބަދަލު ފާސްވުމުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ ޑިސެމްބަރު 1، 2028، އަށް. އޭގެ ނަތީޖާ އެއް ގެ ގޮތުން ހިނގަމުންދާ 20 ވަނަ މަޖިލިހުގެ އުމުރުން 6 މަސް ދުަވަސް އުނިވާނެ.

ރާއްޖެ އެމްވީ | 4 ޖެނުއަރީ 2026 | އާދީއްތަ 09:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅައިފި އެވެ.

ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުގެ ބިލު މަޖިލިހަށް ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް އެވެ.

Advertisement - newsAdvertisement

އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވާނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައި ކަަމަށެވެ.

ހުށަހަޅާފައިވާ އިސްލާހުގައި ގާނޫނު އަސާސީގެ 79 ވަނަ މާއްދާ ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށެވެ.

79 ވަނަ މާއްދާ އަށް އިތުރު ކޮށްފައިވާ އަކުރުގައި ބުނެފައިވަނީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލުން އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ޑިސެމްބަރު މަހުގެ 1 ވަަނަ ދުވަހު ކަމަށެވެ.

އިސްލާހުގައި އިތުރަށް ބުނެފައި ވަނީ މި ގާނޫނަށް އަމަލު ކުރަން ފަށާއިރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު 2028 ޑިސެމްބަރު 1 ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ. ގާނޫނު އަސާސީ ގެ 79 ވަނަ މާއްދާ އަށް ގެނެވޭ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށްޓަކައި މި ގާނޫނަށް އަމަލު ކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވަން ޖެހޭ އިންތިޚާބު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވާ އެ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމާ ގުޅޭ ގޮތުން ކުރަން ޖެހޭ އެންމެހާ ކަންކަން 1 ޑިސެމްބަރު 2028 ވަނަ ދުވަހުގެ ކުރިން ކޮށް ނިންމައި، އެ ތާރީޚުގައި އަލަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނެ ކަމަށެވެ.

މި ބަދަލު ފާސްވުމުން  20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އޭގެ ނަތީޖާ އެއް ގެ ގޮތުން ހިނގަމުންދާ 20 ވަނަ މަޖިލިހުގެ އުމުރުން 6 މަސް ދުަވަސް އުނިވާނެ އެވެ.

ކުރިން އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ މަޖިލިސް އިންތިޚާބު ކުރުަމަށްފަހު ފުރަތަމަ ޖަލްސާ ބާއްވާ ތާރީޚުން ފެށިގެން ފަސް އަހަރު ދުވަހެވެ. އެހެން ނަމަވެސް ހުށަހެޅިފައިވާ ބަދަލާ އެކު އުމުރު ބަލާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހެވެ.

ގާނޫނުއަސާސީ އަށް މި ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ފާސްވެގެން ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސްހޫނު ހަބަރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2026

ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި

04 ޖެނުއަރީ 2026
ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި
04 ޖެނުއަރީ 2026

ސަރުކާރުން ގާނޫނު އަސާސީ އަށް އަނެއްކާ ވެސް ބަދަލު ގެންނަނީ

04 ޖެނުއަރީ 2026
ސަރުކާރުން ގާނޫނު އަސާސީ އަށް އަނެއްކާ ވެސް ބަދަލު ގެންނަނީ
04 ޖެނުއަރީ 2026

މަޖިލީހުގެ ޖަލްސާ އެއް ދައުރުން ބޭރުން ހޯމަ ދުވަހު ބާއްވަނީ

04 ޖެނުއަރީ 2026
މަޖިލީހުގެ ޖަލްސާ އެއް ދައުރުން ބޭރުން ހޯމަ ދުވަހު ބާއްވަނީ
30 ޑިސެމްބަރު 2025

މަޝްހޫރު ފިލްމް ޑައިރެކްޓަރ ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ

30 ޑިސެމްބަރު 2025
މަޝްހޫރު ފިލްމް ޑައިރެކްޓަރ ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ
30 ޑިސެމްބަރު 2025

ރައްޔިތުންގެ މަޖިލީސް ގޮވައިގެން މެމްބަރު މައުރޫފް ކޯޓަށް ދަނީ

30 ޑިސެމްބަރު 2025
ރައްޔިތުންގެ މަޖިލީސް ގޮވައިގެން މެމްބަރު މައުރޫފް ކޯޓަށް ދަނީ
30 ޑިސެމްބަރު 2025

ރައްޔިތުންގެ މަޖިލީހުގެ މައިކްރޯފޯނަށް ގެއްލުން ދިން މައްސަލައެއް ގައި ބަދަލު ނެގުމުގެ ގޮތުން މެމްބަރުންގެ މުސާރައިން 8 ހާހަށް ވުރެ ގިނަ ރުފިޔާ އުނިކޮށްފި

30 ޑިސެމްބަރު 2025
ރައްޔިތުންގެ މަޖިލީހުގެ މައިކްރޯފޯނަށް ގެއްލުން ދިން މައްސަލައެއް ގައި ބަދަލު ނެގުމުގެ ގޮތުން މެމްބަރުންގެ މުސާރައިން 8 ހާހަށް ވުރެ ގިނަ ރުފިޔާ އުނިކޮށްފި
29 ޑިސެމްބަރު 2025

ފައިސާ ދައްކަން ޖެހޭ ލޯނުތަކާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާ ނުކުރޭ، އޮޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު މައުރޫފް

29 ޑިސެމްބަރު 2025
ފައިސާ ދައްކަން ޖެހޭ ލޯނުތަކާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާ ނުކުރޭ، އޮޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު މައުރޫފް
27 ޑިސެމްބަރު 2025

ގައުމީ ދާރުލްއާސާރުގެ ދޮރުމަތީ ގައި ސަތަރި އަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަން އަދިވެސް ވަޒީރަށް ބުނެ އެއް ނުދެވުނު

27 ޑިސެމްބަރު 2025
ގައުމީ ދާރުލްއާސާރުގެ ދޮރުމަތީ ގައި ސަތަރި އަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަން އަދިވެސް ވަޒީރަށް ބުނެ އެއް ނުދެވުނު
27 ޑިސެމްބަރު 2025

މި އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް 133 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ އައިލެންޑް އޭވިއޭޝަން ހިންގުމާ ބެހޭ މުހިއްމު ސުވާލުތަކެއް މާވަށު ދާއިރާގެ މެމްބަރު ޝާކިރު ހުށަހަޅުއްވައިފި

24 ޑިސެމްބަރު 2025

ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ

24 ޑިސެމްބަރު 2025
ރައީސް ޔާމީން އާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް ސޯލިހް އާއި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް