Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ފުރަތަމަ ރައްޔިތުންނާ އެކު، މިފަހަރު ތަރުޖަމާނާ އެކު، ދެން ކާކާ އެކު؟

ރައްޔިތުން ހަޅޭފަޅޭ ޖަހަންފެށީމަ ހަމަ ޖައްސާލަނީ މޮޅު ވާހަކައަކުންނެވެ. ސައްހަ މައުލޫމާތާއި ފަހުގެ އަޕްޑޭޓް ދިނުމުގެ ނަމުގައި އަނެއްކާވެސް ތިޔަ ފެއްޓެވީ ޕޮޑްކާސްޓެއްތާ އެވެ. ޕޮޑްކާސްޓަކަށް ފަހު ޕޮޑްކާސްޓެކެވެ. ރައްޔިތުންނަށް ލިބުނު ހަމަ އެކަށްޗެއްވެސް ނެތެވެ. މި ވެރިކަމުގެ ކުރީކޮޅު ފެށި ރައްޔިތުންނާއެކު ޕޮޑްކާސްޓް ހުއްޓިއްޖެ އެވެ. ޕޮޑްކާސްޓު ހުށަހަޅާ މީހާ ލިބުނު މޮޅާ އެކު ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރަން ފެށި މަސައްކަތް ހުއްޓުނީ އެވެ. އަނެއްކާވެސް އާ މީހަކު އާނަމެއް ދީފަ އެ މަސައްކަތް ފައްޓަވައިފި އެވެ. މިފަހަރު ފެށީ "ތަރުޖަމާނާ އެކު" ނަމުގައެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2026 | ހޮނިހިރު 08:41
ތަރުޖަމާނާ އެކު ޕޮޑްކާސްޓު

ތަރުޖަމާނާ އެކު ޕޮޑްކާސްޓު

ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދިވެހިންނަށް ގެއްލިފައިވާ ގިނަ ހައްގުތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގަތުމަށް ފަހު، ރައްޔިތުންނަށް އެތަކެއް ފޮނި ހުވަފެންތަކެއް ދެއްކެވުމަށް ފަހުގައި އެވެ. ޕޮޑްކާސްޓަކަށް ފަހު ޕޮޑްކާސްޓެއް ގެނެސްދެއްވާ ކަށެއް ނޫނެވެ.

ރައްޔިތުން ހަޅޭފަޅޭ ޖަހަންފެށީމަ ހަމަ ޖައްސާލައްލަނީ މޮޅު ވާހަކަފުޅަ ކުންނެވެ. ސައްހަ މައުލޫމާތާއި ފަހުގެ އަޕްޑޭޓް ދިނުމުގެ ނަމުގައި އަނެއްކާވެސް ތިޔަ ފެއްޓެވީ ޕޮޑްކާސްޓެއްތާ އެވެ. ޕޮޑްކާސްޓަކަށް ފަހު ޕޮޑްކާސްޓެކެވެ. ރައްޔިތުންނަށް ލިބުނު ހަމަ އެކަށްޗެއްވެސް ނެތެވެ. މި ވެރިކަމުގެ ކުރީކޮޅު ފެށި ރައްޔިތުންނާއެކު ޕޮޑްކާސްޓް ހުއްޓިއްޖެ އެވެ. ޕޮޑްކާސްޓު ހުށަހަޅާ މީހާ ލިބުނު މޮޅާ އެކު ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރަން ފެށި މަސައްކަތް ހުއްޓުނީ އެވެ. އަނެއްކާވެސް އާ މީހަކު އާނަމެއް ދީފަ އެ މަސައްކަތް ފައްޓަވައިފި އެވެ. މިފަހަރު ފެށީ "ތަރުޖަމާނާ އެކު" ނަމުގައެވެ. 

ޕޮޑްކާސްޓުތަކަށް އަރަންވާނީ މީހުން ބަލައިގަންނަ މީހެއް ނޫންހެއްޔެވެ. ފެށުނީއްސުރެ ފަތިފުށް އެގޮތް މިގޮތް ވެފަ ހުރި މީހަކު ޕޮޑްކާސްޓްތަކަަށް އެރީމަ ބަލައިގަންނާނީ މަދުމީހެކެވެ. ގަބޫލު ކުރަން ޖެހޭ ހަގިގަތަކީ މާސިންގާ ބޮޑު ވައްކަމެއް ކުރި ކަމުގެ ތުހުމަތު އެންސްޕާ ގެ ބޮލުގައި އެޅިފައިވާއިރު ރައްޔިތުންނަށް ސައްހަ މައުލޫމާތު ދޭށޭ ކިޔާފައި ހީނާ ޕޮޑްކާސްޓެއް ހުށަހަޅަން ހެޔޮވާނެ ހެއްޔެވެ. ރައްޔިތުންގެ ފައިސާ އަށް ފާޅުގައި ހިޔާނާތެރިވެފައި ހުރި މީހަކު ދައްކާވަހަކަ ރައްޔިތުން ގަބޫލުކުރާނެ ކަމަށް ހީނާ އަށް ގަބޫލުކުރެވުނީ އެވެ. 

ބޮޑެތި މަގާމުތަކަށް ދާއިރު އަދި އަމުދުން ރައްޔިތުން އަބަދުމެ ހިދުމަތް ހޯދަން ދާ ތަނެއްގެ ވެރިއަކަށް އަންހެނަކު ހުރިކަމުގައި ވިޔަސް ނުވަތަ ފިރިހެނަކު ހުރިކަމުގައި ވިޔަސް ސިއްސައިގެން ދާވަރުގެ ވައްކަމެއް އެތަނުގައި ހިނގި ކަމަށް ތުހުމަތު ކުރެވޭ ހާލަތެއްގައި ނަމަ ރައްޔިތުން އެވާހަކަ ދައްކާނެ އެވެ. ޕޮޑްކާސްޓަކުން އެކަން ހަނދާން ނައްތައެއް ނުލެވޭނެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ދެ އަހަރަށް ވުރެ ގިނަސް ދުވަސްވެގެން ދާއިރު، މި ސަރުކާރާ މެދު މާޔޫސް ނުވާ ހަމަ އެންމެ ރައްޔިތަކު ވެސް ނެތެވެ. ސަރުކާރު ދެކެ "އަލިފާން" ކަހަލަ ރުޅި ނާންނަ މީހަކާ މަގެއްގެ މައްޗަކުން ވެސް ދިމާ ނުވެ އެވެ. ރައީސް މުޢިއްޒު އެވެ. ރައްޔިތުން ހަމަޖައްސަން ކަންކަން ފޫބައްދަވަން މިނޫން މީހަކު ހޯއްދަވާށެވެ. 

ކިޔައި މިދެނީ ހަގީގަތެވެ. އެތައް ބައެއްގެ އަބުރު ކަތިލާ އެތައް ބައެއްގެ ދިރުއުޅުމާއި ބެހުމުން އެމީހެއްގެ ނަން ރީތި ނުވާނެކަން ގަބޫލުކުރަން ވާނެ އެވެ. މިވާހަކަ ދެއްކީމަވެސް ހީނާ ރައްޔިތުން ކުރިމަތީ ފަށަނި ގިސްލަ ގިސްލާފަ ރޯށެވެ. މީހުން ހީނާ އަށް ފުރައްސާރަކުރި ވާހަކަ ބޮޑު ޖަލްސާ އެއް ގައި ރޮއެ، ގިސްލަމުން ދެއްކި އިރު، ހީނާ އަކީ ދިޔަރެސް ކިޔާ ނޫހެއް ހަދައިގެން މީހުންގެ އަބުރުކަތިލަމުން ހޭބޯ ނާރާ އުޅުނު މީހެއްކަން ނޭގޭ މީހަކު ނުހުންނާނެ އެވެ. ޕޮޑްކާސްޓަކުން އެކަން ފިލައި ނުދާނެ އެވެ. މިވަރުގެ ކަންކަން ކޮށްފައި ހުރި މީހަކު ޕޮޑްކާސްޓަކަށް އަރައި މޮޅު ވާހަކަ ދެއްކީމަ އައިބު ގޮތެއް ހުރެ އެވެ. 

ރައްޔިތުންނަށް ހަގީގަތް ކިޔައިދޭކަށް ސައްހަ މައުލުމާތު ދޭކަށް ޕޮޑްކާސްޓެއް ބޭނުމެއް ނުވެ އެވެ. އެއަށްވުރެ ދިވެހި ރައްޔިތުން މިހާރު ރޯފިލައިފި އެވެ. މިހާތަނަށް ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީއުރު، ވައުދުވެފައިވާ ޕްރޮޖެޓްގެ ތެރެއިން ކުނި ކޮއްޓެއްވެސް އަދި އަޅާ ނިންމައެއް ނުލެވެއެވެ. ހާރަކަސް ތަރާވީހަކަސް ސަރުކާރަށް ނިންމުނު މަޝްރޫއުއަކަށް އޮތީ ކެޓް ޝެލްޓަރއެވެ. 

ޤަބޫލުފުޅުކުރައްވާށެއެވެ. ދިވެހި ރައްޔިތުންނަކީވެސް ތިޔަ ހީފުޅު ކުރައްވާހާ ގަމާރު ބައެއް ނޫނެއެވެ. އެހާ ޖާހިލުބައެއްވެސް ނޫނެއެވެ. ފާޑު ފާޑު ނަންނަމުގައި ޕޮޑްކާސްޓު ބާއްވައިގެން ފާޑު ފާޑު ކުރެހުންތައް ދައްކަވައިގެން ފާޑު ފާޑު ވާހަކަ ދައްކަވައިގެން ސަރުކާރުން ދަމާހާ ގުއިރޯނެއްގައި ޖެހޭނެ މާގިނަ ބަޔަކު މިއަދަކު ނޫޅެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޕޮޑްކާސްޓްތަރުޖަމާނާ އެކުއެންސްޕާހީނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަވައިފި

ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަވައިފި

02 ޖެނުއަރީ 2026
ރައީސް ވިދާޅުވިޔަސް ސީޕްލޭންގައި ފުރޮޅު ހަރުކޮށް ރަށުގެ ބޮޑު މަގަކަށް ބޯޓެއް ނުޖެއްސޭނެ: އަމްރު

ރައީސް ވިދާޅުވިޔަސް ސީޕްލޭންގައި ފުރޮޅު ހަރުކޮށް ރަށުގެ ބޮޑު މަގަކަށް ބޯޓެއް ނުޖެއްސޭނެ: އަމްރު

02 ޖެނުއަރީ 2026
ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ވައުދުވެގެން އައި ސަރުކާރުން މުގުރާލީ ރެކޯޑެއް!

ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ވައުދުވެގެން އައި ސަރުކާރުން މުގުރާލީ ރެކޯޑެއް!

01 ޖެނުއަރީ 2026
އައު އަހަރު ފާހަގަ ކުރަން މުންކަރާތްތައް ހިންގުމުން މުއިއްޒުގެ މުނާފިގުކަން އިތުރަށް ހާމަވެއްޖެ: ޑރ. އިޔާޒް

އައު އަހަރު ފާހަގަ ކުރަން މުންކަރާތްތައް ހިންގުމުން މުއިއްޒުގެ މުނާފިގުކަން އިތުރަށް ހާމަވެއްޖެ: ޑރ. އިޔާޒް

01 ޖެނުއަރީ 2026
ކޮޅުފުށީގައި އިމާރާތް ކުރި 100 ހައުސިންގ ޔުނިޓުތައް ނިންމާ ހަވާލު ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މި ސަރުކާރުން ފެނާއި ކަރަންޓު އަދި ނަރުދަމާ ގުޅާ ދީފައިނުވާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު