Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަން

ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

އީޓަރނިޓީ ގައި ތާށިވެފައިވާ 22 ފަޅުވެރިން ތިބި އިރު، މި އާގު ބޯޓަށް "ހުއްޓުމެއް ނެތި ހަމަލާތައް އަމާޒު ވަމުން" ދާ ކަމަށް ރިޕޯޓުތައް ބުނޭ

ރާއްޖެ އެމްވީ | 8 ޖުލައި 2025 | އަންގާރަ 11:07
ރަތް ކަނޑުގައި ދުއްވަމުން ދިޔަ އިޓާރނިޓީ ސީ ނަމަކަށް ކިޔާ އާގު ބޯޓު

ރަތް ކަނޑުގައި ދުއްވަމުން ދިޔަ އިޓާރނިޓީ ސީ ނަމަކަށް ކިޔާ އާގު ބޯޓު | އެކްސް

ލައިބީރިއާގެ ދިދައިގެ ދަށުން ރަތް ކަނޑުގައި ދަތުރުކުރި، ގްރީކުން އޮޕަރޭޓްކުރާ، ބަލްކް ކެރިއަރ އީޓަރނިޓީ ސީ އަށް ދިން ހަމަލާ އެއްގައި އެ ބޯޓުގެ ގެ ދެ ފަޅުވެރިން މަރުވެއްޖެ އެވެ.

ބޯޓަށް ހަމަލާ ދިނީ ހޯމަ ދުވަހުގެ ރޭ ޔަމަނުގެ ކައިރިން ޑްރޯންތަކާއި ބާރު ދުވެލީގެ ބޯޓުތަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަން ހާމަ ކުރީ ލައިބީރިއާގެ ޝިޕިންގ ޑެލިގޭޝަނުން އަންގާރަ ދުވަހު އދ.ގެ ޝިޕިންގ އޭޖެންސީ އައި.އެމް.އޯގެ ބައްދަލުވުމެއްގައެވެ.

މިއީ ޖޫން 2024 ގެ ފަހުން މި ބާވަތުގެ ހާދިސާ އެއްގައި ބައެއްގެ ފުރާނަ ގެއްލުނު ފުރަތަމަ ފަހަރެވެ. މިއާއެކު ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް ދެވުނު ހަމަލާތަކުގައި މަރުވި ސީމަނުންގެ އަދަދު 6 އަށް ވަނީ އަރާފައެވެ.

ގެއްލުން ލިބިފައިވާ މި އާގު ބޯޓަށް "ހުއްޓުމެއް ނެތި ހަމަލާތައް އަމާޒު ވަމުން" ދާ ކަމަށް ކަނޑުމަތީގެ ހަރަކާތްތައް ބަލަހައްޓާ ފަރާތަކުން އަންގާރަ ދުވަހު ވަނީ ބުނެފައެވެ.

އީޓަރނިޓީ ސީ އަށް ފުރަތަމަ ހަމަލާ އަމާޒުވީ ހޯމަ ދުވަހުއެވެ. މި ހަމަލާ ދިން ކަމަށް ރިޕޯޓު ކުރެވުނީ ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫތީން އެހެން އާގު ބޯޓެއް ކަމުގައިވާ މެޖިކް ސީސް އަށް ކުރިން ދިން ހަމަލާއެއްގެ ޒިންމާ ނެގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.

"(އީޓަރނިޓީ) އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، އަދި އުޅަނދު ދުއްވުމުގެ ހުރިހާ ޤާބިލުކަމެއް ގެއްލިފައެވެ،" ބްރިޓިޝް ނޭވީގެ ބައެއް ކަމުގައިވާ ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން ބަޔާނެއްގައި ބުނެފައިވެއެވެ.

"އުޅަނދުގެ ވަށައިގެން ކުދި އުޅަނދުތަކެއް ޖަމާވެ، ހުއްޓުމެއް ނެތި ދަނީ ހަމަލާ ދެމުންނެވެ."

އުޅަނދުގެ ބްރިޖަށް ވަނީ ހަމަލާ އަރާފައި ކަމަށާއި މުވާސަލާތީ ވަސީލަތްތަކަށް އަސަރުކޮށްފައިވާ ކަމަށް ކުންފުނީގެ އިސް ވެރިއެއް ބުނެފައިވެއެވެ.

އެންމެ ފަހުގެ މި ހަމަލާގެ ޒިންމާ ހޫތީން ނަގާފައެއް ނުވެއެވެ. އެހެން ނަމަވެސް ހޯމަ ދުވަހު އާގު ބޯޓަށް ދިން ހަމަލާގެ ޒިންމާ ނަގަމުން ހޫތީން ބުނި ގޮތުގައި މެޖިކް ސީސް އަށް ދިން ހަމަލާ ގައި ބޭނުން ކޮށްފައި ވަނީ ޕައިލެޓް ނުލާ ހަރަކާތްތެރިވާ ބޯޓުތަކާއި، މިސައިލްތަކާއި އަދި ޑްރޯންތަކެވެ. މިއީ މިއަހަރު އާގު ބޯޓަކަށް އެމީހުން ދިން ފުރަތަމަ ހަމަލާއެވެ.

އީޓަރނިޓީ ގައި ތާށިވެފައިވާ 22 ފަޅުވެރިންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެންނަކީ ފިލިޕީންސްގެ ރައްޔިތުން ކަމަށް މެނީލާގެ އޮފިޝަލުން އަންގާރަ ދުވަހު ބުނެފައިވެއެވެ.

ބޮޑެތި ގެއްލުންތަކެއް ލިބުނު މެޖިކް ސީސްގެ ފަޅުވެރިން ހޯމަ ދުވަހު ވަނީ ސަލާމަތް ކުރެވިފައެވެ.

ހޫތީން ރަތް ކަނޑާއި އަދަނުގެ ކަނޑުގައި އިސްރާއީލާއި ގުޅުން ހުރި އުޅަނދުތަކަށް އަމާޒުކޮށް ހަމަލާ ދޭން ފެށީ އޮކްޓޯބަރ 2023 ގައި ޣައްޒާ ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. އެމީހުން ބުނާ ގޮތުގައި މިއީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން ދޭ ހަމަލާ ތަކެކެވެ.

މިކަމަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ވަނީ ޔަމަނަށް އެކި ފަހަރު މަތިން ހަމަލާ ދީފައެވެ. މީގެ ތެރޭގައި އާދީއްތަ ދުވަހު ހުދެއިދާ ބަނދަރު ސިޓީއާއި އެ ސަރަހައްދުގެ އެހެން ތަންތަނަށް ދިން ހަމަލާތަކެއްވެސް ހިމެނެއެވެ.

މޭ މަހު، ހޫތީން ވަނީ އެމެރިކާ އާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރެޑް ސީޔަމަންހޫޘީންގްރީކު ފަޅުވެރިންއިސްރާއީލް - ޔަމަން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި

ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި

28 ފެބުރުއަރީ 2026
ޔަމަންގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ސައުދީ އިން އެއް ބިލިއަން ރިޔާާލްގެ އެހީ ދޭން ނިންމައިފި

ޔަމަންގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ސައުދީ އިން އެއް ބިލިއަން ރިޔާާލްގެ އެހީ ދޭން ނިންމައިފި

26 ފެބުރުއަރީ 2026
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މާސްކް ކުންފުނިން އަލުން ސުއޭޒް ކެނަލް އާއި ރަތް ކަނޑުން ދަތުރުތައް ފަށަނީ

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މާސްކް ކުންފުނިން އަލުން ސުއޭޒް ކެނަލް އާއި ރަތް ކަނޑުން ދަތުރުތައް ފަށަނީ

15 ޖެނުއަރީ 2026
ޔަމަނުން ވަކިވެގަންނަން މަސައްކަތް ކުރާ ޖަމައާތުގެ ލީޑަރު ފިލުމަށް ޔޫއޭއީ އިން އެހީވި ކަމަށް ސައުދީ ހިމެނޭ ކޯލިޝަނުން ބުނެފި

ޔަމަނުން ވަކިވެގަންނަން މަސައްކަތް ކުރާ ޖަމައާތުގެ ލީޑަރު ފިލުމަށް ޔޫއޭއީ އިން އެހީވި ކަމަށް ސައުދީ ހިމެނޭ ކޯލިޝަނުން ބުނެފި

08 ޖެނުއަރީ 2026
ޔަމަނުގެ ދެކުނުގައިވާ އަލް-ދާލިއާ ސަރަހައްދަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

ޔަމަނުގެ ދެކުނުގައިވާ އަލް-ދާލިއާ ސަރަހައްދަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު