Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުންގެ ހާލަތައް ނަޒަރެއް!

މިޔަންމާގެ މުސްލިމުންނަށް އެބައިމީހުންގެ ގައުމުގައި ވަނީ ރަށްވެހިކަމުން މަހުރޫމުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2017 | ހުކުރު 16:53
މިޔަންމާގެ މުސްލިމުން ދިރިއުޅޭ ކޭމްޕްތަކެއްގައި މިޔަންމާގެ އަސްކަރިއްޔާ އިން ހުޅުޖަހަނީ

މިޔަންމާގެ މުސްލިމުން ދިރިއުޅޭ ކޭމްޕްތަކެއްގައި މިޔަންމާގެ އަސްކަރިއްޔާ އިން ހުޅުޖަހަނީ

އެމީހުންނާ މެދު ބުނެއުޅެނީ އަދި ގަބޫލުކުރެވިފައިި ވަނީ އެއީ ދުނިޔޭގައި އެންމެ ނިކަމެތިކޮށް ކަމޭހިތޭ މައިނޯރިޓީގެ ގޮތުގައެވެ. އެމީހުންނަކީ ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާގައި ދިރިއުޅޭތާ އެތަކެއް ސަތޭކަ އަހަރުވެފައިވާ ބައެކެވެ. އެމީހުންގެ ގައުމުގައި ހިމެނޭ 135 ރަސްމީ ނަސްލީ ގްރޫޕްތަކުގެ ތެރޭގައި އެމީހުން ނުހިމެނެއެވެ. އެމީހުން އުފަން ގައުމުން އެމީހުންނަށް ރަށްވެހިކަން ލިބިފައިނުވާއިރު އެމީހުންވެފައި ވަނީ ގައުމެއް ލިބިގެން ނުވާ ބައެއްގެ ގޮތުގައެވެ. މިދައްކަނީ ކޮންބައެއްގެ ވާހަކަތޯއެވެ؟ މި ދައްކަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންގެ ވާހަކައެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަހައިން ސްޓޭޓުގައެވެ. އާދަޔާ ހިލާފު ނުވަތަ ގަބޫލުކުރަން ދަތިކަމަކީ ރަހައިން ސްޓޭޓުގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުންނަށް އެބައިމީހުން ތިބި އަވަށުން ނުވަތަ ސްޓޭޓްއިން، މިޔަންމާގެ ސަރުކާރުގެ ހުއްދައާއި ނުލައި ބޭރަށްވެސް ނުދެވޭ ކަމެވެ. ރަހައިން ސްޓޭޓުގެ ހާލަތަށް ބަލާއިރު، އެ ސްޓޭޓަކީ މިޔަންމާގެ އެންމެ ފަގީރު ސްޓޭޓުތަކުގެ ތެރޭ ހިމެނޭ ސްޓޭޓެކެވެ. ރަކައިން ސްޓޭޓުގައި އެންމެ އަސާސީ ޚިދުމަތްތައް ލިބެން ނެތްއިރު ރޮހިންޖާ މުސްލިމުން އުޅެނީ ވަރަށް އާދައިގެ ކޭމްޕްތަކުގައެވެ.

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދޭތެރޭ މިޔަންމާގެ ދައުލަތުން ލާއިންސާނީ އަމަލުތައް ހިންގަމުން ދަނީ އިއްޔެ ނޫނީ މިއަދަކު ނޫނެވެ. ވޭތުވެ ދިޔަ އެތަކެއް އަހަރުތަކުގެ ތެރޭގައި ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށްޓަކައި މިޔަންމާގެ އެތައް ހާސް ރޮހިންޖާ މުސްލިމުން އަވަށްޓެރި ގައުމުތަކަށް އެއްގަމު މަގުން ނުވަތަ ކަނޑުމަގުން ވަނީ ހިޖުރަކޮށްފައެވެ.

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސިފައިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް 1970ގެ ފަހުގެ އަހަރުތަކުން ފެށިގެން ގާންގަނޑަކަށް މިލިއަނެއްހާ ރޮހިންޖާ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް ގޮސްފައެވެ.

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ދައުލަތުން ނުވަތަ އެގައުމުގެ އަސްކަރިއްޔާއިން ހިންގާ ލާއިންސާނީ އަމަލުތައް މީޑިއާގެ ފަލަ ސުރުޚީތަކަށް މިފަހުން އެންމެ ބޮޑަށް އަރާފައި ވަނީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެގޮތުން މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިދިޔަ އޯގަސްޓް މަހު 25 އިން ފެށިގެން މިހާތަނަށް އަވަށްޓެރި ބަންގްލަދޭޝްއަށް 270,000 ރޮހިންޖާ މުސްލިމުން އެތެރެވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި 1000 ރޮހިންޖާ މުސްލިމުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އދ އިން ބުނެއެވެ. އެހީދޭ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އެހީގެ ތަކެއްޗާއި އަދި ކޭމްޕް ފަދަ ތަކެތި ވަނީ ޑިމާންޑާ އެއްވަރަށް ފޯރުކޮށް ނުދެވިފައެވެ.

އދގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ބުނެފައިވަނީ އެތެރެވަމުންދާ "މީހުން ވަރަށް ގިނަ ކަމަށާއި ހިތާމަ ކުރަން ޖެހޭ މިންވަރަށް މީހުން އަންނަމުންދާ ކަމަށެވެ."

މިޔަމަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ.

މިޔަންމާގެ އަސްކަރިއްޔާގެ އަމަލުތަކަށް ބައިނަލްއަގްވާމީ ދުނިޔޭގެ ފާޑުކިޔުން އިންތިހާއަށް އިތުރުވެފައިވާއިރު އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެގައުމުގެ ސަރުކާރުން ގެންގުޅެން ޖެހޭ ސިޔާސަތު މިހާރުން މިހާރަށް ބަދަލުކުރަން ޖެހޭ ކަމަށާއި އަދި ރޮހިންޖާ މުސްލިމުންނަށް ރަށްވެހިކަން ދޭންޖެހޭ ކަމަށެވެ.

ކޮންމެއަކަސް ކަންކަން ނިއުޅެމުންދާ ގޮތަށް ބަލާއިރު މިޔަންމާގެ މުސްލިމުންގެ ހާލަތު ރަނގަޅުވާނެ ކަމުގެ މަލަމަތިވެސް ނުފެނެެއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކާއި އަދި ޖަމިއްޔާ ޖަމާއަތްތައް ވަނީ މިޔަންމާގެ އަސްކަރިއްޔާގެ އަމަލުތައް ހުއްޓުވާލުމަށް ނުކުޅެދިފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

10 ސެޕްޓެމްބަރު 2017
"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

09 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

07 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު