Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮހިންޖާ މުސްލިމުން

ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި

ރޮހިންޖާގައި ހިނގާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގިނަ ގައުމުތަކުން ދަނީ ގޮވާލަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2017 | ބުރާސްފަތި 02:18
ރޮހިންޖާ މުސްލިމުންގެ ބަޔަކު

ރޮހިންޖާ މުސްލިމުންގެ ބަޔަކު

ރޮހިންޖާ މުސްލިމުންނާމެދު ހިނގަމުންދާ ލާއިންސާނީ އަމަލުތަކަށް ކެތްނުވެގެން އެތައް ހާސް ބަޔަކު މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ދާ މީހުންނަވެސް މިވަނީ ތަފާތު އެކި ކަހަލަ އުނދަގޫތަކާއި ހިތްދަތިކަމާ ކުރިމަލާންޖެހިފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ބަންގްލަދޭޝްގެ ބޯޑާ ސަރަހައްދުގައި، ހާލުގައި ޖެހި އެންމެ އަސާސީ ހައްގުތަކުންވަނީ މަހުރޫމު ވެފަ އެވެ. ކާނެ އެއްޗެއް ނުލިބުމާއި، ސިއްހީ އެހީތެރިކަން ނުލިބި ތިބެން ޖެހުމުގެ ސަބަބުންވެސް ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ.

ހިއުމަން ރައިޓްސް ވޮޗްގެ ސެޓްލައިޓް ފޮޓޯތަކުން ދައްކާ ގޮތުން، ގިނަ އަދަދެއްގެ ރޮހިންޖާ މުސްލިމުން، އެމީހުން ދިރިއުޅެމުންދާ ސަރަހައްދު ދޫކޮށް ފިލަން މަސައްކަތް ކުރަމުންދާ އިރު މިޔަންމާގެ ސިފައިން ރަޚައިން ސްޓޭޓްގައި ދަނީ ތަފާތު އެކި ކަހަލަ ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ. މިހާރު ގާތްގަނޑަކަށް 80،000 ރޮހިންޖާ މުސްލިމުންވަނީ އެގައުމު ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަ ކޮށްފައެވެ.

ރޮހިންޖާ މުސްލިމުންނަށް ލާއިންސާނީ އެކި ކަހަލަ، އަނިޔާތައް ކުރަމުންދާ އިރު މިކަމާ ގުޅޭ ގޮތުން ބަންގްލަދޭޝްގެ ސަރުކާރުން މާބޮޑު ސަމާލުކަމެއް ނެތްކަން ދަނީ ހާމަ ކުރަމުންނެވެ. އެގޮތުން އެގައުމުގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ހާމަކުރިގޮތުގައި ގިނަ އަދަދެއްގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބަންގްލަދޭޝް ސަރުކާރަށް ކުރިމަތިވާ ބޮޑު ބުރައެކެވެ.މިހާރުވެސް ރޮހިންޖާ މުސްލިމުންނަށް ފޯރުކޮށްދޭ ބޯހިޔާވަހިކަމަކީވެސް އިންސާނިއްޔަތައްޓަކާ ކުރާ ކަމެއް ކަމަށް އޭނަ ވިދަޅުވިއެވެ. ރޮހިންޖާ މުސްލިމުން މިޔަންމާއަށް އަނބުރާ ގެންދިއުމަށް ޕްރެޝަރކުރުމަށްވެސް ދުނިޔޭގެ އެހެން ގައުމުތަކަށް ޝެއިހު ހަސީނާ ވަނީ ގޮވާލައްވާފަ އެވެ.

ރޮހިންޖާ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކުން ސަލާމަތް ކުރުމަށް ގޮވާލާ އިންޑޮނީޝިއާއިން އެއްވުންތައް ބާއްވާފައިވާ އިރުު ޕާކިސްތާނާއި މެލޭޝިއާ އިންވެސް ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މީގެ އިތުރުން ތުރުކީގެ ރައީސް ވެސް ވަނީ މިޔަންމާގެ ލީޑަރު ސޫ ކީ އަށް ރޮހިންޖާ މުސްލިމުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އަޑު އުފުލުމަށް ގޮވާލައްވާފަ އެވެ.

އިންޑިޔާއިން ރޮހިންޖާ މުސްލިމުންނަށް ކުރިމަތިވާ ކަންކަމަކީ ދީނީ ހައްދުފަހަނަ އަޅާފައިވާ މީހުންގެ ސަބަބުން ހިނގާ ކަން ކަމުގެ ގޮތުގައި ސިފަކޮށްފައިވާ އިރު އެގައުމުންވަނީ އެގައުމުގައި މިހާރުވެސް ދިރިއުޅޭ ރޮހިންޖާ މުސްލިމުންގެ 40،000 ރެފިއުޖީން އަނބުރާ ފޮނުވާލާނެ ކަން އިއުލާނުކޮށްފަ އެވެ. އެހެން ކަމުން ރޮހިންޖާ މުސްލިމުންނަށް އެމީހުން ވަޒަންވެރިވާނެ ބިމެއްގެ ގޮތުގައި ކަނޑައަޅާނެ ބިމެއް ހޯދުމަށްވަނީ ދަތިވެފަ އެވެ. މިޔަންމާގައި އެތައް އަހަރެންވަންދެން ދިރިއުޅެމުންދިޔަ ނަމަވެސް ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް އެގައުމުގެ އެހެން ރައްޔިތުންނަށް ލިބޭ ދިރުއުޅުމުގެ ފުރިހަމަ މިނިވަންކަން ލިބިފައެއް ނުވެ އެވެ.

އަނެއްކޮޅުން އެންމެ ގިނަ ރޮހިންޖާ ދަރިކޮޅުގެ މީހުން ހިޖުރަކުރަމުންދާ ބަންގްލަދޭޝިންވެސް ވަނީ ރޮހިންޖާ މުސްލިމުންގެ ސަބަބުން އެގައުމަށް ބޮޑު ބުރައަކަށްވެފައިވާ ކަން ހާމަކޮށްފަ އެވެ. އެހެންކަމުން ރޮހިންޖަ މުސްލިމުންވަނީ ނިސްބަތްވާނެ ގައުމެއްނެތި މިބޮޑު ދުނިޔެއަށް ބިކަވެފަ އެވެ.

ރޮހިންޖާ މުސްލިމުންނަށް ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތައް ފެށީ ޓެރަރިސްޓު ޖަމާއަތަކުން ކަމަށް މިޔަންމާ ސަރުކާރުން ތުހުމަތު ކުރާ އިރު ބޯޑާ ޕޯސްޓް ތަކުގައި ހަރަކާތްތެރިވާ 12 ސިފައިން ރޮހިންޖާގެ ހަނގުރާމަވެރި ޖަމާއަތުން މަރާލާފައިވާ ކަަމަށް މިޔަންމާ ސަރުކާރުންނާއި އަސްކަރިއްޔާއިން ދަނީ ބުނަމުންނެވެ.

މިޔަންމާގެ ރަޚައިން ސްޓޭޓްގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކުގެ ހަގީގީ މަންޒަރު މީޑިއާތަކަށް ހާމަކުރެވޭނެ ފުރުސަތުތައް ނުދީ މިޔަންމާ ސަރުކާރުން ވަނީ ބަންދުކޮށްފަ އެވެ.

ރަޚައިން ސްޓޭޓްގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކުގެ ތަފްސީލު ހަމައެކަނި ލިބެމުންދަނީ ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި އުޅޭ މީހުންގެ ފަރާތުންނެވެ. އެހެން ކަމުން ރޮހިންޖާ މުސްލިމުންނަށް ކުރިމަތިވެފައިވާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން މަރުވެފައިވަނީ ނުވަތަ ޒަހަމްވެފައިވަނީ ނުވަތަ ހާލުގައި ޖެހިފައިވަނީ ކިހާމިންވަރެއް ކަމެއް ސާފެއްނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ ދުލުން: އަހަރެމެން ކަތިލާއިރު އިސްލާމީ އުންމަތް ކޮބާ؟

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

10 ސެޕްޓެމްބަރު 2017
"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

09 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ހާލަތައް ނަޒަރެއް!

ރޮހިންޖާ މުސްލިމުންގެ ހާލަތައް ނަޒަރެއް!

08 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު