Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި

ފަތާފައި ގޮސް ދުވާފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު އާއްމު ކޮށްފި

1 ޖެނުއަރީ 2026 | ބުރާސްފަތި 10:44

މި ތިން މީހުން ހައްޔަރުކުރީ ދުވާފަރުގައި ހިންގި އޮޕަރޭޝަންގެ ތެރެއިން. މި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރު ކޮށްފައިވަނީ ވެލިދޫ އިން ދުވާފަރަށް މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި ގޮސް ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފައިބައި ފަތާފައި ގޮސް ދުވާފަރަށް އަރަން އުޅުނު ވަގުތު. އަދި އެކަކު މަގުމަތިން ހައްޔަރު ކޮށްފައިވޭ. މި މައްސަލައިގައި އެކަކު 5 ދުވަހަށް އަދި ދެ މީހުން 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޖެނުއަރީ 2026 | ބުރާސްފަތި 10:44
ދުވާފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ތިން މީހުން

ދުވާފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ތިން މީހުން

ފަތާފައި ގޮސް ރ.ދުވާފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރު ކޮށްފި އެވެ. 

ބުރާސްފަތި ދުވަހު ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

ދުވާފަރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ގުޅިގެން ޑިސެމްބަރު 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. މާކުރަތު / ގުލްފާމުގެ، އަބްދުﷲ ހައްސާން (39އ) އާއި ރ. ދުވާފަރު / އުޖާލާއަލި، އަބްދުﷲ ޝާއިފް (25އ) އާއި ރ. ދުވާފަރު / މެހެލި، އިސްމާޢީލް މުހައްމަދު (21އ) އެވެ.

މި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރު ކޮށްފައިވަނީ ވެލިދޫއިން ދުވާފަރަށް މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި ގޮސް ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފައިބައި ފަތާފައި ގޮސް ދުވާފަރަށް އަރަން އުޅުނު ވަގުތު ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އަނެއް މީހާ ހައްޔަރު ކޮށްފައިވަނީ ދުވާފަރު މަގުމަތިންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ ހައްސާން ފަސް ދުވަހަށް އަދި އަނެއް ދެ މީހުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ދުވާފަރުމަސްތުވާތަކެތިޙަސަން އަބްދުﷲއަބްދުﷲ ޝާއިފްއިސްމާއީލް މުހައްމަދު

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

25 ޑިސެމްބަރު 2025
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
24 ޑިސެމްބަރު 2025

ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރަނީ

24 ޑިސެމްބަރު 2025
ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރަނީ
24 ޑިސެމްބަރު 2025

މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ

24 ޑިސެމްބަރު 2025
މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ
21 ޑިސެމްބަރު 2025

މަސްތުވާތަކެއްޗާއެކު ވަންދޫ އިން ފުލުހަކު ހައްޔަރު ކޮށްފި

21 ޑިސެމްބަރު 2025
މަސްތުވާތަކެއްޗާއެކު ވަންދޫ އިން ފުލުހަކު ހައްޔަރު ކޮށްފި
21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
19 ޑިސެމްބަރު 2025

މަނާކުރި ފަހުން މިހާތަނަށް 73000 އަށް ވުރެ ގިނަ ވޭޕް ގެ ސާމާނު ހިފަހައްޓައިފި

19 ޑިސެމްބަރު 2025
މަނާކުރި ފަހުން މިހާތަނަށް 73000 އަށް ވުރެ ގިނަ ވޭޕް ގެ ސާމާނު ހިފަހައްޓައިފި
13 ޑިސެމްބަރު 2025

45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާ، މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށް އިނާމު ދީފި

13 ޑިސެމްބަރު 2025
 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާ، މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށް އިނާމު ދީފި
13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި

13 ޑިސެމްބަރު 2025
ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި
13 ޑިސެމްބަރު 2025

"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި

13 ޑިސެމްބަރު 2025
"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް