Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ކަސްރަތު

ފަހަތައް ހިނގުން - ސިއްހީ އެތައް ފައިދާތަކެއް!

ފަހަތަށް ހިނގުމަކީ ބުރަކަށީގެ ރިހުން، ކަކުލުގެ މައްސަލަތައް، އަދި ހުޅުހުޅުގެ ރިހުން ކުޑަކުރުމަށް ފިޒިއޮތެރަޕީގައި ބޭނުންކުރަމުން އަންނަ ކަމެއް. ދިރާސާތަކުން ދައްކާ ގޮތުގައި މިކަމަކީ ސިކުނޑީގެ ގާބިލިއްޔަތު ރަނގަޅުކޮށް، ކެލޮރީ އަންދާލައި، ހަށިގަނޑުގެ މަސްތައް ވަރުގަދަކުރާ ވެސް ކަމެއް. އުމުރުން ދުވަސްވީ މީހުންނާއި، އެތްލީޓުންނާއި، ސްޓްރޯކް ބަލިމީހުންނަށް ވެސް މިކަމުގެ ފައިދާ ލިބޭ.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 18:06
ޤަދީމީ ސަގާފަތްތަކުން އައިސްފައިވާ ފަހަތައް ހިނގުމަކީ ސިކުނޑިއާއި ހަށިގަނޑަށް ވެސް ފާހަގަކޮށްލެވޭ ރަނގަޅު އަސަރުތަކެއް ކުރާ ކަމެއް ކަން ޒަމާނީ ސައިންސުންވެސް ވަނީ ދެނެގަނެފައި.

ޤަދީމީ ސަގާފަތްތަކުން އައިސްފައިވާ ފަހަތައް ހިނގުމަކީ ސިކުނޑިއާއި ހަށިގަނޑަށް ވެސް ފާހަގަކޮށްލެވޭ ރަނގަޅު އަސަރުތަކެއް ކުރާ ކަމެއް ކަން ޒަމާނީ ސައިންސުންވެސް ވަނީ ދެނެގަނެފައި.

ދިރާސާތަކުން ދައްކާ ގޮތުގައި، ފަހަތަށް ހިނގުމަކީ ހަށިގަނޑުގެ ސިއްހަތާއި ސިކުނޑިއަށް ވެސް ހައިރާންކުރުވަނިވި ފައިދާތަކެއް ލިބިދާނެ ކަމެކެވެ. މިކަމުގެ މައްޗަށް މައިކަލް މޮސްލީ ވަނީ ބީބީސީ ޕޮޑްކާސްޓް އަދި ރޭޑިއޯ 4 ގެ ޝޯ 'ޖަސްޓް ވަން ތިންގ' ގެ ފަހުގެ އެޕިސޯޑެއް ގައި އަލިއަޅުވާލާފައެވެ.

އެކަޑެމިކް ދާއިރާގައި 'ރެޓްރޯ-ވޯކިންގ' ގެ ނަމުން މަޝްހޫރުވެފައިވާ ފަހަތަށް ހިނގުމުގެ ތާރީޚް ވަރަށް ދިގެވެ. 19 ވަނަ ގަރުނުގެ ކުރީކޮޅާ ހަމައަށް ވެސް، އެތައް ސަތޭކަ މޭލަށް އަދި ބައެއް ފަހަރު އެތައް ހާސް މޭލަށް ފަހަތަށް ހިނގި މީހުންގެ ވާހަކަތައް ހުރެއެވެ. މިކަންކަމުގެ ތެރެއިން ގިނަ ކަންކަން ކުރެވިފައިވަނީ މީހުން ދެރަ ބަސްބުނުމުން އެކަން ވާކަން ދެއްކުމުގެ ގޮތުންނާއި އަދި ބައެއް ފަހަރު މިކަންކަން ކުރެވިފައިވަނީ އާދަޔާ ޚިލާފު އާ ރެކޯޑެއް ހެދުމުގެ ބޭނުމުގައެވެ.

ނަމަވެސް، ފަހުގެ ދިރާސާތައް ދައްކާ ގޮތުގައި ފަހަތަށް ހިނގުމަކީ ހަށިގަނޑަށް ބައެއް ޚާއްސަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. ބުރަކަށީގެ ރިހުން، ކަކުލުގެ މައްސަލަތައް، އަދި ހުޅުހުޅުގެ ރިހުން (އާރތުރައިޓިސް) އަށް ލުއި ދިނުމަށް ފިޒިއޮތެރަޕީގައި މިކަން ގިނައިން ބޭނުން ކުރެވެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، ފަހަތަށް ހިނގުމަކީ ސިކުނޑީގެ ހަނދާންބެހެއްޓުމުގެ ގާބިލިއްޔަތާއި، އަވަހަށް އިޖާބަދިނުމުގެ ގާބިލިއްޔަތާއި އަދި މައްސަލަތައް ހައްލުކުރުމުގެ ގާބިލިއްޔަތު ފަދަ ކޮގްނިޓިވް ގާބިލިއްޔަތުތަކަށް ހެޔޮ އަސަރުކުރާ ކަމެކެވެ.

ސިއްހަތަށް ފައިދާ ހޯދުމުގެ ގޮތުން ފަހަތަށް ހިނގުމުގެ އާދަ އުފަންވެފައި ވަނީ ގަދީމީ ޗައިނާއިން ކަމަށް ބެލެވެއެވެ. ނަމަވެސް، މި ފަހަކަށް އައިސް އެމެރިކާ އަދި ޔޫރަޕްގެ ދިރާސާވެރިން ވަނީ ކުޅިވަރުގެ ފެންވަރު ރަނގަޅުކުރުމާއި ހަށިގަނޑުގެ މަސްތައް ވަރުގަދަކުރުމުގެ ގޮތުން މިކަމަށް ސަމާލުކަން ދީފައެވެ.

އެމެރިކާގެ ޔުނިވަރސިޓީ އޮފް ނެވާޑާގެ ބަޔޯމެކޭނިކްސްގެ ތަޖުރިބާކާރު، ޖެނެޓް ޑުފެކް، ފަހަތަށް ހިނގުމާ ބެހޭ ދިރާސާތައް ކުރަމުން ގެންދަވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އޭނާ އާއި އޭނާގެ ބައިވެރިން ހެދި ދިރާސާއަކުން އެނގިފައިވާ ގޮތުގައި، ހަތަރު ހަފުތާގެ މުއްދަތެއްގައި ދުވާލަކު 10-15 މިނިޓު ފަހަތަށް ހިނގުމުގެ ދިރާސާގައި ބައިވެރިވި 10  އަންހެން ދަރިވަރުންގެ ހެމްސްޓްރިންގގެ ފްލެކްސިބިލިޓީ އިތުރުވެފައިވެއެވެ. ފަހަތަށް ހިނގުމުގެ ސަބަބުން ބުރަކަށީގެ މަސްތައް ވަރުގަދަ ވުމާއި މައިބަދައިގެ ފްލެކްސިބިލިޓީ ރަނގަޅުވި ކަން ފާހަގަ ކުރެވުނެވެ. އަދި ޑުފެކް އިސްކޮށް ހިންގި އިތުރު ދިރާސާއެއްގައި ބައިވެރިވި ފަސް އެތްލީޓުން ވަނީ ފަހަތަށް ހިނގި ބައެއް ދުވަސްތަކަށް ފަހު އެމީހުންގެ އުނގަނޑުގެ ރިހުން ކުޑަވެފައިވާކަން ފާހަގަކޮށްފައެވެ.

ފަހަތަށް ހިނގުމާއި ފަހަތަށް ދުވުމުގެ ޓްރެއިނިންގތައް ބައެއް ކުޅިވަރުތަކުގައި، ޚާއްސަކޮށް ޓީމު ކުޅިވަރުތަކާއި ރެކެޓް ކުޅިވަރުތަކުގައި، މިހާރު ވެސް ބޭނުންކުރެވެ އެވެ. އެއީ މި ކުޅިވަރުތަކުގައި ކުރިއަށް، ފަހަތަށް އަދި ދިމަދިމާ އަށް އަވަހަށް ހަރަކާތްތެރިވުމަށް ބޭނުންވާ އެޖިލިޓީ ހޯދުމަށެވެ. ކަކުލުގެ ހުޅަށް ކުރާ ޕްރެޝަރު ކުޑަކުރަމުން މަސްގަނޑު ވަރުގަދަކުރާތީ، 'ރެޓްރޯ-ރަނިންގ' އަކީ އެތްލީޓުންނަށް އަނިޔާވުމުން ރައްކާތެރިވުމަށް ވެސް ފައިދާހުރި ކަމެކެވެ.

އެތްލީޓުންގެ އިތުރުން، ފަހަތަށް ހިނގުމަކީ އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި، ފަލަ މީހުންނާއި، ހުޅުހުޅުގެ ރިހުން (އޮސްޓިއޯއާރތުރައިޓިސް) ތަހައްމަލު ކުރާ މީހުންނާއި، ސްޓްރޯކް ޖެހުމަށް ފަހު ހިނގުމުގެ މައްސަލަތައް ހުންނަ ބަލިމީހުންނަށް ވެސް ފައިދާކުރާ ކަމެއްކަން ވަނީ އެނގިފައެވެ. ފަހަތަށް ހިނގުމަކީ ކުރިއަށް ހިނގުމަށް ވުރެ ގިނައިން ކެލޮރީ އަންދާ ކަމެއްކަން ވެސް ދިރާސާތަކުން ދައްކައެވެ.

މަސްދަރު: ބީބީސީ

ފަހަތަށް ހިނގުންފިޓްނަސްކަސްރަތު ކުރުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
އަނގަޔަށް އެހާމެ މީރު ސީއްހީ އެތައް ފައިދާތަކެއް

އަނގަޔަށް އެހާމެ މީރު ސީއްހީ އެތައް ފައިދާތަކެއް

20 މެއި 2019
މުރަނގަ ތޮޅީގައި ނޭނގޭ އެތައް ސިއްހީ ފައިދާތަކެއް

މުރަނގަ ތޮޅީގައި ނޭނގޭ އެތައް ސިއްހީ ފައިދާތަކެއް

11 މެއި 2019
ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

07 މެއި 2019

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު