Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުރޯދަ މަސް

ކަދުރުން ލިބޭ ސިއްހީ ފައިދާތައް އެނގޭތަ؟

ރަމަޟާން މަހަކީ ކަދުރު އެންމެ ގިނައިން ބޭނުން ކުރާ މަސް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 27 މެއި 2017 | ހޮނިހިރު 11:55
ކަދުރުން ލިބޭ ފައިދާ

ކަދުރުން ލިބޭ ފައިދާ

ރަމަޟާން މަހަކީ ދުވަހުގެ ގިނަ ވަގުތު ކެއުމާ ދުރުގައި އުޅޭ މައްސަރެކެވެ. އެހެންވެ، ރޯދަ މަހުގައި ބޮލުގައި ރިއްސުމާއި ވަރުބަލިވުމާއި ހަކުރު ދަށަށް ދިއުމުގެ އިތުރުވެސް ސިއްހީ އިތުރު އުނދަގޫތަކާއި ބައެއް މީހުންނަށް ކުރިމަތިލާން ޖެހެ އެވެ. އެހެންވެ، ބައެއް ދުވާލުގެ ބަނޑުހައި ހޫނު ކަމާއެކު، ރޯދަވީއްލުމަށް އަތުރާލާފައިވާ ސުފުރާމަތި ފެނިފައި، ބައެއް މީހުންގެ ކެތްތެރިކަން ކޮޅުންލައި، ބަންގި ގޮވުމާއެކު، މޭޒުމަތި އެއްކޮށް ހުސްކޮށްލައި، ބަނޑު ފުރާލަ އެވެ. ރޯދަ ވިއްލުމަށް ފަށާނީ ކޮން އެއްޗަކުން ކަމެއް، އެންމެ ރަނގަޅު ގޮތަކީ ކޮބައިކަމެއް ވިސްނުމުގައި ނުހުރެ އެވެ. ނުވަތަ އެނގުނަސް، އެގޮތަށް ރޯދަ ވިއްލުން ކުރިއަށް ނުގެންދެވެ އެވެ.

ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވައްސައްލަމަ، ރޯދަ ވީއްލެވުމަށް ބޭނުން ކުރެއްވީ ކަދުރެވެ. އެހެންވެ، ކަދުރުން ރޯދަ ވިއްލުމަކީ މުސްލިމުންނަށް ސުންނަތެކެވެ. ހަގީގަތުގައި ވެސް މިއީ އާދައިގެ މޭވާއެއް ނޫނެވެ.

ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި ކަދުރަކީ ރޯދަ ވީއްލުމަށް އެންމެ ރަނގަޅު އެއް ބާވަތެވެ. އެގޮތުން ކަދުރުން ކާބޯއައިޑްރޭޓްސް، ފައިބަރ، ދަގަނޑު ބާވަތްތައް ހަށިގަނޑަށް ލިބެ އެވެ.

ކަދުރު ކެއުމުގެ ސަބަބުން ހަށިގަނޑުގެ ހަކުރު ހުރި މިންވަރު އިތުރުވެގެންދެ އެވެ. ވިޓަމިން އޭ އާއި ޕޮޓޭސިއަމް އަދި އަޔަން އާއި މެގްސީޒިއަމް ފަދަ ނިއުޓްރިއެންޓްސްއެއް އޭގައި ހިމެނޭ މޭވާއަކަށް ކަދުރު ވާއިރު ނުކައި ގިނައިރު ވުމަށް ފަހު ރޯދަ ވީއްލުމަށް ކަދުރު ބޭނުންކުރުމަކީ ހަކަތަ ލިއްބައިދީ ވަރުބަލިކަން އަވަހަށް ފިލުވާލަދޭ މޭވާއެކެވެ.

ކަދުރުގައި ކާބޯހައިޓްރޭޓްސް ހިމެނޭ މިންވަރު އިތުރު ވުމުގެ ސަބަބުން ހަޖަމު ނުވެ ގިނަ އިރު ހުރުމަށް މަގުފަހިވެ އެވެ. މިކަމުގެ ސަބަބުން ރޯދަ ވިއްލާ ވަގުތު އެއްފަހަރާ ގިނައިން ނުކައި ލުއި ގޮތަކަށް ހަމަޖެއްސެ އެވެ.

ކަދުރަކީ އޭގެއިން ބޮޑެތި ފައިދާތަކެއް ލިބޭ އެއްޗަކަށް ވާއިރު އޭގެއިން ލިބޭ ފައިދާތައް އެންމެ އެކަށޭނަ ގޮތަށް ލިބިގެންދާނީ، ކަދުރު ގިނަ ދުވަހު ރައްކާތެރި ކުރުމުގައި ބަލަން ޖެހޭ މިންގަނޑުތަކަށް ބަލައިގެންނެވެ. އެކި ދުވަސްވަރު ބާޒާރުން ކަދުރު ލިބެން ހުރި ނަމަވެސް ސެޕްޓެމްބަރު މަހާއި ޑިސެމްބަރު މަހު ލިބެން ހުންނަ ގަދުރަކީ އާދަޔާ ހިލާފަށް މަޑު އޭގެ ފެންވަރު ރަގަޅު ކަދުރު ކަމަށް ކަދުރުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނެ އެވެ.

ކަދުރަކީ މުސްލިމުންގެ ދިރިއުޅުމުގައި މުހިއްމު މޭވާއަކަށް ވާއިރު ރަމަޟާން މަހާއި ދިމާކޮށް، ސައުދީ އަރަބިއްޔާއިން ކޮންމެ އަހަރުވެސް ރާއްޖެއަށް ކަދުރު ގެނެ އެވެ.

ދުނިޔޭގައި އެންމެ ގިނައިން ކަދުރު އުފައްދަނީ މިސްރުގަ ގައެވެ. އަހަރަކު އެ ގައުމުން ދެ ވަނަ އަށް ދެވަނައަށް އެންމެ ގިނައިން ކަދުރު އުފައްދަނީ ސައުދީ އަރަބިއްޔާގަ އެވެ. އެގޮތުން 23 މިލިއަން ކަދުރު ރުކުން 1.3 މިލިއަން ޓަނުގެ ކަދުރު ސައުދޫގައި އަހަރަކު އުފައްދަ އެވެ. އެގައުމުން އުފައްދާ ކަދުރުގެ ބޮޑު ބައެއް އެގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގައި ބޭނުން ކުރާ އިރު އެގައުމަކީ ކަދުރު ބޭނުން ކުރާ އެންމެ ގިނަ މީހުން ތިބި ގައުމެވެ

އިތުރަށް ކިޔާލަން

14 އެޕްރީލު 2019

ލުނބޯއިން ހަށިގަނޑަށް ލިބޭ ފައިދާ

14 އެޕްރީލު 2019
ލުނބޯއިން ހަށިގަނޑަށް ލިބޭ ފައިދާ
13 ޖޫން 2018

ހިކަނދިފަތުން ލިބޭ ފައިދާތައް އިނގޭ ނަމަ!

13 ޖޫން 2018
ހިކަނދިފަތުން ލިބޭ ފައިދާތައް އިނގޭ ނަމަ!
11 ޖޫން 2018

ރޯދަ މަސް ނިމެނީ: ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާއަށް ލިބުނު ފައިދާތައް އިނގޭތަ؟

11 ޖޫން 2018
ރޯދަ މަސް ނިމެނީ: ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާއަށް ލިބުނު ފައިދާތައް އިނގޭތަ؟
31 މެއި 2018

ހާރުދަމުގައި ކާންވީ ކޮން އެއްޗެއްކަން އެނގޭތަ؟

31 މެއި 2018
ހާރުދަމުގައި ކާންވީ ކޮން އެއްޗެއްކަން އެނގޭތަ؟
27 މެއި 2018

ރޯދަ އަށް ހުންނައިރު ކަސްރަތު ކުރަންވީ ގޮތް އެނގޭތަ؟

27 މެއި 2018
ރޯދަ އަށް ހުންނައިރު ކަސްރަތު ކުރަންވީ ގޮތް އެނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު