Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ބިލެތުގެ ސިއްހީ ފައިދާ

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބިލެތް ބޭނުން ކުރުމުން ނޭވާ ހިއްލުމުން ދުރުކޮށްދޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 7 މެއި 2019 | އަންގާރަ 18:51
ބިލެތްތަކެއް

ބިލެތްތަކެއް

ދިވެހިން ބިލެތް ބޭނުން ކުރަނީ ދުފަން އެކަންޏެވެ. ބިލެތުގައި ސިއްހީ އެތައް ފައިދާތަކެއް އެކުލެވޭކަން އެނގެނީ ވެސް ނިސްބަތުން މަދު މީހަކަށެވެ. ނަމަވެސް ބިލެތަކީ ހަށިގަނޑަށާއި ހަންގަނޑަށް އެތަކެއް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. ހަށިގަނޑު ރީތިކޮށް އޮމާންކޮށް ބެހެއްޓުމަށް ވެސް ބިލެތް ބޭނުން ކުރެވެއެވެ. މި ނޫނަސް އެތައް ގޮތަކުން އެތައް ފައިދާތަކެއް ބިލެތުން ލިއްބައި ދެއެވެ. ނަމަވެސް ދުފުމުގެ ތެރޭގައި ބިލެތް ބޭނުންކުރުމުން އޭގެ އަސްލު ފައިދާ ގެއްލެއެވެ.

އިސްތަށި ފޭބުން ކޮންޓްރޯލް ކޮށްދިނުން

ބިލެތަކީ އިސްތަށި ފޭބުމުން ދުރުކޮށްދޭ އެއްޗެކެވެ. އަޔުރްވޭދާއިން ހާމަކޮށްފައިވާ ގޮތުގައި ބިލެތް ބޭނުންކޮށްގެން އިސްތަށި ފޭބުން ހުއްޓުވިދާނެއެވެ. މިކަން ކުރުމަށް ބިލެތާއި ކާށި ތެޔޮ އެއްކޮށްފައި މުގުރާލާށެވެ. އަދި ބޮލުގެ އެތެރޭގައި އެއްކޮށް ހާކާލާފައި އެއް ގަޑިއިރު ބަހައްޓާށެވެ. ދެން ޝޭންޕޫކޮޅެއް ލާފައި ދޮވެލާށެވެ.

ފުންނާބު ފަޅާއިގެން ދިއުމުން ދުރުކޮށްދޭ

ފައިގެ ފުންނާބު ފަޅައިގެން ދިއުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. މިހެން ދިމަވަނީ ހިރަފުހުގެ ސަބަބުންނާއި އާންމުކޮށް ހަމުގެ މައްސަލަތައް ހުންނަ މީހުންނަށް ކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ވެސް ތަރުކާރީ އާއި ފަތްޕިލާވެލި ނުވަތަ ވިޓަމިން ސީ އާއި ދަގަނޑުގެ ބާވަތްތައް ހިމެނޭ ކާތަކެތި ކެއުން މާ ބޮޑަށް މަދުވެއްޖެ ނަމަވެސް މި މައްސަލަ ކުރިމަތި ވެއެވެ.

ބިލެތް ވެލެއް

ނަފްސާނީ ބަލިތަކުން ދުރުކޮށްދޭ

ބައެއް މީހުންނަކީ ކުޑަކުޑަ ކަމެއް ދިމާވާއިރަށް ވެސް ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެ، ހަދާނެ ގޮތް ހުސްވާ މީހުންނެވެ. މިފަދަ މީހުން ބިލެތުގެ ދިޔަޔާއި މާމުއި އެއްކުރުމަށް ފަހު ދުވާލަކު ދެ ފަހަރު ބުއިމުން ރަނގަޅު ވެއެވެ. މީގެ އިތުރުން މީހާގެ މޫޑު ރަނގަޅުކޮށްދީ ހަރަކާތްތެރިވެ އުޅުމަށް މަގުފަހި ކޮށްދެއެވެ.

ބޮލުގައި ރިއްސާ ނަމަ ބިލެތް ފުނޑާފައި ނިއްކުރިމަތީގައި އުނގުޅުމުން މޫނަށް ފިނިކަން ލިބި ބޮލުގައި ރިއްސުން ކުޑަކޮށްދެއެވެ.

ގައިގަ ރިއްސުމަށް ލުއިކަން ގެނެސްދޭ

ބިލެތަކީ އޭގެ ސަބަބުން ގައިގާ އަޅާ ވޭން ލުއިކޮށްދޭ އެއްޗެކެވެ. އާންމު ގޮތެއްގައި ކަނޑައިގެން ގޮސްފައި ހުންނަ ތަންތަނާއި ހިރުވާ ތަންތަނަށާއި ނޫފައިގެންފައި ހުންނަ ތަންތަނުގެ އިތުރުން ގައިން ހޫނު އަރާ ނަމަ ބިލެތުގައި ޖޫސް ހަދައިގެން ބުއިމުން ރަނގަޅުވެއެވެ.

މާރުކޭޓުގައި ބިލެތް ވިއްކަނީ

ބަނޑުގައި ރިއްސުން ކުޑަކޮށްދޭ

ބަނޑު ކައްކާ ގޮތްވެ ބަނޑަށް އިތުރު އުނދަގޫ ވާނަމަ ބިލަތް ކެއުމުގެ ސަބަބުން އެ އުނދަގޫތަކުން ދުރުކޮށްދެއެވެ. އަދި ކުޑަކުދިން ބަނޑުގައި ރިއްސާ ނަމަ ބިލެތް ފެނު ކައްކާފައި އަސޭމިރުހާއި އެއްކުރުމަށް ފަހު ދެއިރު އިރަކު އެއް ސައިސަމުސާ ދިނުމުން ރަގަޅު ވެއެވެ.

މީގެ އިތުރުން ނޭފަތުން ލޭއައުމާއި، ނޭވާ ހިއްލުމާއި، ބުރަކަށީގައި ރިއްސުމުގެ އިތުރުން އަދި ގޭސްޓްރިކް މައްސަލަތައް މަދުކޮށް ބްލަޑް ޕްރެޝަރ އެއްވަރެއްގައި ހިފަހައްޓައި ދެއެވެ. އަދި ބަނޑުގައި އުފެދޭ ގޭސް ކޮންޓްރޯލް ކޮށްދިނުމުގެ އިތުރުން ބިލެތުގައި އެކުލެވޭ ތެލުގެ ސަބަބުން ބަނޑަށް މަސާޖު ލިބި ހަށިގަނޑުން ބޭނުން ނުވާ ބައި ވަކިކޮށްދެއެވެ .

ނޭވާ ހާސްވާ މީހުންނަށް ވެސް ބިލެތަކީ މުހުންމު އެއްޗެކެވެ.

ބިލެތުގައި އެކުލެވޭ މާއްދާތައް

މޮއިސްޗަރ 85.4 ޕަސެންޓް

ޕްރޮޓީން 3.1 ޕަސެންޓް

މިނެރަލް 2.3 ޕަސެންޓް

ފެޓްސް 0.8 ޕަސެންޓް

ކާބޯ ހައިޑްރޭޓްސް 6.1 ޕަސެންޓް

މީގެ އިތުރުން ވެސް ފައިބަރ، ވިޓަމިން ސީ، ކެލްސިއަމްގެ އިތުރުން ރިބޮފްލެވިން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިކަނދިފަތުން ލިބޭ ފައިދާތައް އިނގޭ ނަމަ!

ހިކަނދިފަތުން ލިބޭ ފައިދާތައް އިނގޭ ނަމަ!

13 ޖޫން 2018
ރޯދަ މަސް ނިމެނީ: ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާއަށް ލިބުނު ފައިދާތައް އިނގޭތަ؟

ރޯދަ މަސް ނިމެނީ: ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާއަށް ލިބުނު ފައިދާތައް އިނގޭތަ؟

11 ޖޫން 2018
އުއްދަނޑި: ތަދު ނަމަވެސް އެހާމެ ފައިދާ ބޮޑު ޖޫހެއް

އުއްދަނޑި: ތަދު ނަމަވެސް އެހާމެ ފައިދާ ބޮޑު ޖޫހެއް

09 ޖޫން 2018
ނިދުން: ފައިދާ ހުރި ކަސްރަތެއް

ނިދުން: ފައިދާ ހުރި ކަސްރަތެއް

29 މެއި 2018
ސެލެޑް: ހަށިގަނޑަށް އެތައް ފައިދާއެއް ލިބޭ، ނުކާންވީ ސަބަބެއް ނެތް

ސެލެޑް: ހަށިގަނޑަށް އެތައް ފައިދާއެއް ލިބޭ، ނުކާންވީ ސަބަބެއް ނެތް

27 މެއި 2018

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު