Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކަނިވެރި މައިންބަފައިން

އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް ކުޑަކޮށްފި

26 ޑިސެމްބަރު 2025 | ހުކުރު 18:49

ބުރާސްފަތި ދުވަހު ގަވާއިދަށް ގެނައި އިސްލާހުން އެކަނިވެރި މައިންނަށް ދޭ އިނާޔަތް 15،000 ރުފިޔާއަށް ބޮޑުކުރި. ނަމަވެސް 24 ގަޑިއިރު ތެރޭގައި ބަދަލުކޮށް ހުކުރު ދުވަހު އެ އަދަދު ވަނީ 12،000 ރުފިޔާއަށް ކުޑަ ކޮށްފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 26 ޑިސެމްބަރު 2025 | ހުކުރު 18:49
ރައީސް ޑރ މުހައްމަދު މުޢިއްޒު

ރައީސް ޑރ މުހައްމަދު މުޢިއްޒު

ދައުލަތުގެ ބަޖެޓުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް  15،000 ރުފިޔާ އާއި ހަމައަށް ދެވޭނެހެން ބުރާސްފަތި ދުވަހު ގަވާއިދަށް ގެނައި އިސްލާހު 24 ގަޑި އިރު ތެރޭ ބަދަލުކޮށް، އެންމެ ގިނައިން އެ އިނާޔަތް ދެވޭ އަދަދު 12،000 ރުފިޔާ އަށް ކުޑަކޮށްފި އެވެ.

މި ބަދަލު ގެނައިކަން އިއުލާންކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހުކުރު ދުވަހު ވަނީ، ގަވާއިދަށް ގެނައި މި އިސްލާހު ގެޒެޓުކޮށްފަ އެވެ.

މީގެ ހަ އަހަރުކުރިން، އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ދޭ މާލީ އެހީ ވަނީ، 3،000 ރުފިޔާއިން 10،000 ރުފިޔާ އާ ހަމައަށް އިތުރުކޮށްފަ އެވެ. ބުރާސްފަތި ދުވަހު އިސްލާހުކޮށް ގެޒެޓުކުރި ގަވައިދުގައިވާ ގޮތުން އެކަނިވެރި މައިންނަށާއި ބަފައިންނަށް ގިނަވެގެން ދޭ ފައިސާގެ އަދަދު ވަނީ 15،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އެއީ އަހަރެއްގެ މައްޗަށް 180،000 ރުފިޔާ އެވެ.

ބުރާސްފަތު ދުވަހު ގެނެވުނު ބަދަލާއެކު ކުރިން މަހެއްގެ މައްޗަށް ހަތަރު ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށް ދެމުން އައި އިނާޔަތް ވަނީ 3،000 ރުފިޔާ އަށް ބޮޑުވެފަ އެވެ. ހަތަރަކަށް ވުރެ ގިނަ ކުދިން ތިބި ބެލެނިވެރިއެއް ނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް ދޭނީ 1،000 ރުފިޔާ އެވެ. ނަމަވެސް ހުކުރު ދުވަހު ގެނައި ބަދަލާއެކު ހަތަރު ކުދިންނަށްވުރެ ގިނަ ކުދިން ތިބި ނަމަވެސް އިތުރު ފައިސާއެއް ނުލިބޭނެ އެވެ. އިނާޔަތުގެ ގޮތުގައި ލިބޭނީ ހަތަރު ކުދިންނަށް، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާގެ ރޭޓުން، ގިނަވެގެން 12،000 ރުފިޔާ އެވެ. 

ރައީސް މުއިއްޒު މި ވަނީ  އެކަނިވެރި މައިންނަށް މަހެއްގެ މައްޗަށް ދެވޭ އެންމެ ބޮޑު އަދަދު ބުރާސްފަތި ދުވަހު 15،000 ރުފިޔާ އަށް ބޮޑުކުރި ނަމަވެސް ހުކުރު އެ އަދަދު  12،000 ރުފިޔާ އަށް ކުޑަކޮށްފަ އެވެ. މިއާއެކު އަހަރެއްގެ މައްޗަށް ދޫކުރެވޭ އަދަދު 180،00 ރުފިޔާ އިން 144،000 ރުފިޔާ އަށް މި ވަނީ ކުޑަކޮށްފަ އެވެ.

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނާއި ބަފައިންގެ އެލަވެންސް ބޮޑުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޮކްޓޯބަރު މަހު އިއުލާން ކުރައްވާފަ އެވެ. އަދި އެ ފައިސާ އަންނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ ހިމަނާފަ އެވެ. 

އެންސްޕާ އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިން ނުވަތަ ބަފައިންގެ ތެރޭ 2،895 މީހަކު އެބަ ތިއްބެވެ. އަދި 4،940 ކުޑަކުއްޖަކަށް މާލީ އެހީތެރިކަން ދެމުން ގެންދެ އެވެ. 

އެކަނިވެރި މައިންބަފައިންމާލީ އެހީތެރިކަން

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

އެއް ފަހަރާ ފައިސާ ގެ އެހީ ދޭ ގޮތަށް ހަމަޖައްސާ މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އާއްމުކޮށްފި

25 ޑިސެމްބަރު 2025
އެއް ފަހަރާ ފައިސާ ގެ އެހީ ދޭ ގޮތަށް ހަމަޖައްސާ މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އާއްމުކޮށްފި
02 ޑިސެމްބަރު 2025

ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފައިސާ ދީ ޚަލާސްކޮށްފައިވާ ކަމަށް ބުނެ އެންސްޕާ އިން ދޮގުހަދައިފި

02 ޑިސެމްބަރު 2025
ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފައިސާ ދީ ޚަލާސްކޮށްފައިވާ ކަމަށް ބުނެ އެންސްޕާ އިން ދޮގުހަދައިފި
24 ނޮވެމްބަރު 2025

އެކައުންޓް ރޯލް ވާތީ ޒަކާތު ފަންޑުން އެހީ ނުދިން، މިހާރު ވެސް ފެން ނުލިބޭތީ ދަރިން ފާހަނާ ކުރުމަށް ދަނީ މިސްކިތަށް

24 ނޮވެމްބަރު 2025
އެކައުންޓް ރޯލް ވާތީ ޒަކާތު ފަންޑުން އެހީ ނުދިން، މިހާރު ވެސް ފެން ނުލިބޭތީ ދަރިން ފާހަނާ ކުރުމަށް ދަނީ މިސްކިތަށް
13 މެއި 2017

ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި

13 މެއި 2017
ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި
09 މެއި 2017

ރޯދައިގެ އިނާޔަތުގެ ގޮތުގައި ފުލުހުންނަށް ދޭން ބުނި 600ރ. ގެ އިނާޔަތް ބަހަން ފަށައިފި

09 މެއި 2017
ރޯދައިގެ އިނާޔަތުގެ ގޮތުގައި ފުލުހުންނަށް ދޭން ބުނި 600ރ. ގެ އިނާޔަތް ބަހަން ފަށައިފި
02 މެއި 2017

މި ރަމްޟާން މަހު ވެސް ސަރުކާރު މުއައްޒަފުން މަސައްކަތް ކުރަން ޖެހެނީ އެންމެ ހަތަރު ގަޑިއިރު

02 މެއި 2017
މި ރަމްޟާން މަހު ވެސް ސަރުކާރު މުއައްޒަފުން މަސައްކަތް ކުރަން ޖެހެނީ އެންމެ ހަތަރު ގަޑިއިރު
01 މެއި 2017

އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާގެ ބާޒާރާ އަޅާބަލާއިރު މުސާރާ އާއި އިނާޔަތްތައް ކުޑަވުން: ސީއެސްސީ

01 މެއި 2017
އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާގެ ބާޒާރާ އަޅާބަލާއިރު މުސާރާ އާއި އިނާޔަތްތައް ކުޑަވުން: ސީއެސްސީ
24 އެޕްރީލު 2017

ޔާމީން މަރާލިތާ 24 ގަޑިއިރު: އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

24 އެޕްރީލު 2017
ޔާމީން މަރާލިތާ 24 ގަޑިއިރު: އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ
03 އެޕްރީލު 2017

ކަނޑާލި އިނާޔަތްތައް އަނބުރާ މަޚުލޫފަށް ދޭން ޖެހިއްޖެ

03 އެޕްރީލު 2017
ކަނޑާލި އިނާޔަތްތައް އަނބުރާ މަޚުލޫފަށް ދޭން ޖެހިއްޖެ
29 މާރިޗު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި

29 މާރިޗު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ މަޚުލޫފް އެކަހެރިކޮށް އިނާޔަތްތައް ކަނޑާލައިިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް