Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަކީލުން ސަސްޕެންޑް

ސަސްޕެންޑް ކުރިޔަސް ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން: ވަކީލުން

އިތުރު ވަކީލުންގެ ޕެޓިޝަނެއް ވަރަށް އަވަހަށް ހުށަހަޅާނަން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2017 | ހޯމަ 12:14
ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންތައްތައް އިސްލާހު ކުރުމަށް ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރުމާ ގުޅިގެން ސަސްޕެންޑް ކުރީ ބިރު ދެއްކުމުގެ ގޮތުން ކަމަށާއި ނަމަވެސް ސަސްޕެންޝަނާ ގުޅިގެން ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށް ސަސްޕެންޑް ކޮށްފައިވާ 56 ވަކީލުން ވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާގެ މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހުކޮށް ދިނުމަށް އެދި، ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނަކާ ގުޅިގެން ފިޔަވަޅު އެޅި ވަކީލުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކުރީގެ ބަންޑާރަނައިބް ހުސްނު ސޫދު ވިދާޅުވީ ސަސްޕެންޑް ކުރި ނަމަވެސް އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި ވަރަށް އަވަހަށް އިތުރު އެހެން ވަކީލުންގެ ޕެޓިޝަނެއް ތައްޔާރު ކޮށް ސްޕްރީމްކޯޓަށާއި އެހެން މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށެވެ.

Advertisement - newsAdvertisement

ސޫދު ވިދާޅުވީ ސަސްޕެންޑް ކުރެއްވިކަން އެނގިވަޑައިގެންނެވީ ވެސް ޑިޖޭއޭ އިން އާންމު ކުރެއްވި ބަޔާނަކުން ކަމަށާއި މިހާތަނަށް ވެސް ސަސްޕެންޑް ކުރި ކަމުގެ ލިޔުމެއް ޖޭއެސްސީގެ ފަރާތުން ވެސް ނުވަތަ ޑީޖޭއޭގެ ފަރާތުން ވެސް އަދި ސްޕްރީމް ކޯޓުން ފޮނުވާފައި ނުވާ ކަމަށެވެ.

ސޫދު ވިދާޅުވީ ޑިޖޭއޭ އިން 56 ވަކީލުން ސަސްޕެންޑް ކުރި އިރު އެއްވެސް ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށެވެ. އަދި ސަސްޕެންޑް ކުރިކަން އަންގާ ޑީޖޭއޭ އިން ނެރުނު ބަޔާނުގައި ވަކީލުން ސަސްޕެންޑް ކުރީ ސްޕްރީމް ކޯޓަށް ހުށަހަޅަން އެޅުނު ޕެޓިޝަނާ ގުޅިގެން ކަން ބަޔާން ކޮށްފައިވާއިރު އެ ޕެޓިޝަން ސްޕްރީމް ކޯޓުން ބަލައިގެނަފއި ވެސް ނުވާ ކަމަށެވެ. އެހެން ކަމުން ސްޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނަކީ ޢައިރު ގާނޫނީ ޕެޓިޝަނެއްކަން ސްޕްރީމް ކޯޓަށް އެނގުނު ގޮތަކާއި ސްޕްރީމް ކޯޓުން ބަލަައިގަނެފައި ނުވާ ޕެޓިޝަނެއްގައި ސޮއި ކުރެއްވީ ކޮށް ވަކީލުންތަކެއް ކަން ސްޕްރީމް ކޯޓަށް އެނގުނު ގޮތެއް ވެސް ސާފްވާން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ވަކީލަކު ޢައިރު ގާނޫނީ އެއްވެސް ލިޔުމެއްގައި ސޮއި ނުކުރާ ކަމަށާއި އަދި ޑީޖޭއޭ އިން ތުމަތު ކުރާ ފަދަ އެއްވެސް އަމަލެއް ވަކީލުން ހިންގާފައި ނުވާނެ ކަމަށް ސޫދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގާނޫނާ ޚިލާފު ލިއުމެއްގައި ސޮއެއް ނުކުރަން. ކޯޓުގެ ހުރުމަތެއް ވެސް ނުކަނޑަން. ކޯޓަށް ވަކީލުން ފޮނުވަން އުޅުނު ލިއުމެއް ކޯޓަކަށް ބަލައެއް ވެސް ނުގަނޭ. އެކަމަކު ވެސް މައްސަލަ ތަހުގީގު ކުރަން ވަކި މުއްދަތެއް ނެތް ގޮތަށް ގިނަ އަދަދެއްގެ ވަކީލުން އެއްފަހަރާ ސަސްޕެންޑްކުރުމަކީ ދެރަ ކަމެއް،" ޕެޓިޝަނުގައި ސޮއި ކުރުމުން ސަސްޕެންޑްކޮށްފައިވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

މީގެއިތުރުން ސޫދު ވިދާޅުވީ ވަކީލުން ސަސްޕެންޑް ކުރުމުގައި އެއްވެސް އުސޫލެއް ނެތް ކަމަށާއި އަދި ވަކީލުން ސަސްޕެންޑް ކުރުމުގައި އަމަލު ކުރަމުންދާ ގޮތެއް އަދި ވަކީލުން ސަސްޕެންޑް ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތަކެއް ވެސް އެނިގިވަޑައިނުގަންނަވާ ކަމަށެވެ. ހަމައެހްނެމެ ސޫދު ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރެވޭނީ ޖުޑިޝަރީގައި މަސައްކަތް ކުރާ ފަރާތްައް އިސްނައިގެން އެކަމަށް މަސައްކަތް ކޮށްގެން ކަމަށެވެ. އެގޮތުން ޖޭއެސްސީގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވެސް ފަނޑިޔާރުންނަށް ނުފޫޒް ފޯރުވުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް މަސައްކަތް ކުރައްވާ ފަނޑިޔާރުންނާ މެދު ވެސް ފިޔަވަޅު އެޅުމުގައި ޖޭއެސްސީ އިން ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

މީގެއިތުރުން ސޫދު ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތަކީ އަތައް ދުވަހުން ކުރިން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި އެހެން މި މަސައްކަތާ ގުޅިގެން ސްޕްރީމް ކޯޓުން އަޅާފާނެ ފިޔަވަޅަކާމެދު އެއްވެސް ވަރަކަށް ބިރު ނުގަންނަ ކަމަށެވެ. އަދި އޭނާ ޖުޑިޝަރީ އިސްލާހު ކުުރމުގެ މަސައްކަތް ފެއްޓެވއިރު ސްޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ގާނޫނީ ދާއިރާއިން ތައުލޫމް ހާސިލް ކުރައްވަން ވެސް ނުފައްޓަވާ ކަމަށާއި އެހެން މި މަސައްކަތުައި އަބަދުވެސް ދެމި ހުންނަވާނެ ކަމަށް ސޫދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަކީލު މަހަފޫޒް ސައީދު ވިދާޅުވީ ޕެޓިޝަން ހުށަހެޅީ ލޯކުރިމަތިން ފެންނަމުން ދިޔަ ކަންކަމަށް އެއްބަސްވެވެން ނެތުމުން އެންމެ ކުޑަ މިނުން ނޫނެކޭ ބުނުމުގެ ހިތްވަރު ދެއްކުމަށް ކަމަށެވެ. ނަމަވެސް އެއަށް ނުބަލާ އެއްވެސް ހަމައެއް ނެތި ޑީޖޭއޭ އިން ވަކީލުންތައް ސަސްޕެންޑު ކުރަން ނިންމީ އެ ފިޔަވަޅުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރަކަށް ވިސްނާ ނުލާ ކަމަށެވެ.

"ގާނޫނުގައި ކުރެވެން ނެތް ކަމެއް ފަނޑިޔާރުން ކުރައްވާތީ އެހެން ބުނުމުގެ ހިތްވަރު އަޅުގަނޑުމެން ދެއްކީތީ އަޅުގަނޑުމެންނަށް ދިން އަދަބަކީ ސަސްޕެންޝަން، ހަމައެކަނި އެ ފިޔަވަޅު ބިނާވެފައި އޮތް އަސާސަކީ ވެސް ހައްގު ބަސް ބުނުން، ގާނޫން އަސާސީއަށް ހިލާފަށް އެބޭފުޅުން ކުރައްވާ ކަންކަން ރަނގަޅު ކުރުމުގެ ރޫހެއް އެ ބޭފުޅުންގެ ނެތް އިރު އެއާ ހިލާފަށް ބަސް ބުނުމަށް ވެސް ފުރުސަތު ނުދިނުން، އަދި ބޭނުމަކީ ކުރިޔަށް ބަސް ބުނަން ހުރި ފަރާތްތަކުގެ ވެސް ހިތްވަރު ދުއްވާލުން،" މަހަފޫޒް ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ގިނަ އަދަދެއްގެ ވަކީލުން، އެ މީހުންގެ މުވައްކިލުންގެ ހައްގުގައި ކޯޓުގައި ވަކާލާތު ކުރަމުން ދަނިކޮށް ފިޔަވަޅު އެޅުމަކީ، މުވައްކިލުންގެ ވެސް ހައްގުތައް ގެއްލިގެންދާނެ ކަމެއް ކަމަށެވެ. ފިޔަވަޅެއް އަޅަންވާނީ މައްސަލައެއް ބަލައި ނިމުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އިޖުރާއަތު ވެސް އޭގެ ޒާތުގައި ސުވާލު އުފެދޭ ގޮތަށް މިހާރު ކުރިއަށް މި ގެންދަނީ. ވަކީލުންނާ މެދު ފިޔަވަޅު އެޅީ ޣައިރު ގާނޫނީ ލިއުމެއް ތައްޔާރު ކޮށްގެންނޭ. ޣައިރު ގާނޫނީ ލިއުމެއް ކަން ސުޕްރީމް ކޯޓަށް އެނގުނީ ކިހިނެއްތޯ ވެސް ސުވާލު އުފެދޭ. އެތަނަކަށް އެ ލިއުން ބައެއް ނުގަނޭ. އެހެންވީމަ އަޅުގަނޑުމެން މަޑުމަޑުން ނިކުމެގެން އައީ،" ޝަމީމް ވިދާޅުވި އެވެ.

ވަކީލު ހިސާން ހުސެން ވިދާޅުވީ އެ ކަންބޮޑުވުންތަކަކީ ހަމައެކަނި ވަކީލުންނާއި ކޯޓުގައި މައްސަލައެއް އޮތް ފަރާތްތަކުގެ ހުރި ކަންބޮޑުވުމެއް ނޫން ކަމެށެވެ. އޭގެ ބަދަލުގައި ދިވެހި ހުރިހާ ރައްޔިތުން ވެސް އަދުލު އިންސާފުގެ ނިޒާމާ މެދު މިހާރު ހުރި ކަންބޮޑުވުންތައް ކަމަށާއި އެއިން އެއްވެސް ކަމެއް ބެލުމެއް ނެތި މައްސަލަ ހުށަހެޅި ފަރާތްތަކަށް ފިޔަވަޅު އެޅުމަކީ އެއްވެސް އުސޫލެއް ނޫން ކަމަށެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއިބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤުކުރަމުންދާތީ، ބައެއް ވަކީލުންދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާ ކުރެވިފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު