Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލްކޯ ފްލެޓު ކޮރަޕްޝަންގެ މައްސަލަ

ޕޮލްކޯ ފްލެޓު ކޮރަޕްޝަންގެ މައްސަލަ: ކުންފުނިތަކަށް ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް އަންގައިފި

އެ މަސައްކަތް ހަވާލު ކުރި އަސްލު އަގަކީ 580 މިލިއަން ރުފިޔާ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖެނުއަރީ 2025 | ހޮނިހިރު 10:06
ފުލުހުންގެ ޕޮލްކޯ ފްލެޓްތައް

ފުލުހުންގެ ޕޮލްކޯ ފްލެޓްތައް

ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހިންގި ފްލެޓު މަޝްރޫއުގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭތީ ކަމާބެހޭ ކުންފުނިތަކަށް ފިޔަވަޅުތައް އެޅުމަށް ފިނޭންސް މިނިސްޓްރީއަށް އަންގައިފިއެވެ.

ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލީސް ހައުސިންގ ޕްރޮޖެކްޓް)ގެ ޚާއްސަ އޮޑިޓްގައި ބުނެފައިވާ ގޮތުން އެ މަސައްކަތް ހަވާލު ކުރި އަސްލު އަގަކީ 580 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާތަނަށް މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ އަކަފޫޓަކަށް (ޖުމްލަ 573،332 އަކަފޫޓު) 1،851 ރުފިޔާގެ ރޭޓުން ކޮށްފައިވާ ހަރަދެއް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވާއިރު، މިފަދަ ކޮންސްޓްރަކްޝަން މަސައްކަތުގެ އެވަރެޖް އަގުކަމުގައި ބެލެވެނީ އަކަފޫޓަކަށް 1300 ރުފިޔާއާއި 1500 ރުފިޔާ ރޭޓުތަކެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މި ރޭޓުތަކަށް ބަލާއިރު، މިމަޝްރޫއުގެ އަގަށް ޖެހޭނީ 745.3 މިލިއަން ރުފިޔާ އާއި އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މި އަންދާޒާ އަގުތަކަށް ބަލާނަމަ މިމަޝްރޫއަށް 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އޮޑިޓް އޮފީހުން ބުނީ މިމަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައިވާ 580 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މިމަޝްރޫއަށް މިހާތަނަށް ހިނގާފައިވާ ހަރަދު 481 މިލިއަން ރުފިޔާ އިތުރުވެ ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވުމުން މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލްކަން ޕޮލްކޯގައި ނެތް ކަމަށެވެ. އަދި ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލުގެނެސްފައިވުމާއި، އަދި ފްރޯޑާއި، ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މިމަޝްރޫއުގެ ތެރޭގައި ހިނގާފައިވާ ކަމަށެވެ.

މީގެ އިތުރުން އޮޑިޓް އޮފީހުން ބުނީ ވަކި ފާރާތަކަށް މަންފާވާ ގޮތަށް މިމަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހާގެ ނަން ހާމަނުކޮށް ރިޕޯޓުގައި ބުނެފައިވަނީ ޕޮލްކޯއިން މިމަޝްރޫއާއެކު ހަދާފައިވާ 628.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްތަކަކީ ''މިސްޓަރ އެކްސް'' އަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ގުޅިފައިވާ އެސޯޝިއޭޓެޑް ކުންފުނިތަކަށް ކަމަށް ބެލެވޭ ކަމަށެވެ.

ދައުލަތަށް ގެއްލުންލިބޭ ގޮތަށް އަމަލުކޮށްފައިވާތީ އޮޑިޓް ރިޕޯޓުގައި ލަފާދީފައިވަނީ މުޅި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރުމަތިން ބޮޑެތި ބަދަލުތައް ގެނައުމާއި، ކޮންޓްރެކްޓަރުން ނިންމާ މަސައްކަތަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވަނީ މި މުއާމަލާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަށް ވަކި ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ބެލެވޭތީ މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި، ފިޔަވަޅު އެޅުމަށް މިމައްސަލަ ތަހުގީގު ކުރުމަށް އޭސީސީ އާއި، އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހަޅުމަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕޮލްކޯ އައިލެންޑް އެކްސްޕާޓާއި، އަދި އެނޫންވެސް ކުންފުނިތަކާ މެދެދު މިމަޝްރޫއުގެ މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތައް ނުކުރުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުން ހިސާބުކޮށް ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ހުށަހަޅުމަށާއި، މިމަޝްރޫއުގެ މަސައްކަތްތަކާ ހަވާލުވެ މަސައްކަތް ނިންމުމުގެ ސަބަބުން އެއްބަސްވުން ބާތިލުކުރަންޖެހުނު ކުންފުނިތަކާމެދު ފިޔަވަޅު އެޅުމަށް ވެސް ފިނޭންސް މިނިސްޓްރީއަށް ވަނީ ލަފާދީފައެވެ.

ހައުސިން މަޝްރޫއު ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ޕޮލްކޯ ފަދަ ކޯޕަރޭޓިވް ސޮސައިޓީއިން ކުރިއަށް ގެންދިމުގެ ބަދަލުގައި ކަމާގުގުޅޭ މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ލަފާދިނުމަށް ވެސް ފިނޭންސް މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

ފުލުހުންގެ ޕޮލްކޯ ފްލެޓްޕޮލްކޯ ފްލެޓު ކޮރަޕްޝަން މައްސަލަ އޮޑިޓް ރިޕޯޓް

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2025

ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު

01 އޮކްޓޯބަރު 2025
ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު
28 ސެޕްޓެމްބަރު 2025

ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ

28 ސެޕްޓެމްބަރު 2025
ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ
03 ސެޕްޓެމްބަރު 2025

އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް

03 ސެޕްޓެމްބަރު 2025
އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް
07 އޯގަސްޓު 2025

ހިދުމަތާއި ތަކެތި ހަމައަށް ލިބުނުކަން ލިޔެކިޔުމުން ކަށަވަރުނުކޮށް ދަރަވަންދޫ ކައުންސިލުން ފައިސާ ދެއްކި - އޮޑިޓް

07 އޯގަސްޓު 2025
ހިދުމަތާއި ތަކެތި ހަމައަށް ލިބުނުކަން ލިޔެކިޔުމުން ކަށަވަރުނުކޮށް ދަރަވަންދޫ ކައުންސިލުން ފައިސާ ދެއްކި - އޮޑިޓް
12 ޖުލައި 2025

ތިނަދޫ ސިޓީ ކައުންސިލުގެ އޮޓިޑު: މައްސަލަތައް އިސްލާހުކުރަން އަންގައިފި

12 ޖުލައި 2025
ތިނަދޫ ސިޓީ ކައުންސިލުގެ އޮޓިޑު: މައްސަލަތައް އިސްލާހުކުރަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު