Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިއްލަދޫ މަލްޓިޕަރޕަސް ހޯލް އިމާރާތް

ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހުއްޓި، ހަލާކުވަނީ

29 ޖޫން 2025 | އާދީއްތަ 07:49

ދަގަނޑުތައް ޖަހައި މަސައްކަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް މިސަރުކާރާއެކު އަމަލީ މަސައްކަތް ވަނީ ހުއްޓިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖޫން 2025 | އާދީއްތަ 07:49
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވާހަކަދައްކަވަނީ | ރާއްޖެއެމްވީ

ހއ.ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހުއްޓި، ހަލާކުވާން ފަށައިފިއެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ދަގަނޑުތައް ޖަހައި، މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށާއި، ނަމަވެސް މިސަރުކާރާއެކު އަމަލީ މަސައްކަތް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެތަނަށް ގެއްލުން ލިބި، މިހާރު ހަލާކުވަމުންދާ ކަމަށާއި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ފިއްލަދޫގައި އަޅުގަނޑުމެން ފެށި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ވަނީ ހުއްޓިފައި. އެތާގައި ދަގަނޑުތަކާއި އެއްޗެހި ކޮޅަށް ޖެހި އެގޮތަށް ހުރީ. އައްވާ ވާރޭގައި ހުރީ. ހަލާކުވަމުން އެދަނީ. ބުޑުތައް އަޅާފައި ވޭތުވެދިޔަ ސަރުކާރު ނިމުނުއިރު ހުރީ.
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް

11 އޮގަސްޓް 2022 ގައި ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫއަށް 13734711.88 (ތޭރަ މިލިއަން ހަތްލައްކަ ތިރީސް ހަތަރު ހާސް ހަތްސަތޭކަ އެގާރަ ރުފިޔާ އަށްޑިހައަށް ލާރި) ހަރަދުވެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން ފިއްލަދޫގެ ތަރައްގީއަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށާއި، ގެސްޓްހައުސް ވިޔަފާރި ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ނުދާ ކަމަށެވެ. އަދި 1 ޖޫން 2023 ގައި ފިއްލަދޫ މަގު ހެދުމުގެ މަސައްކަތް, ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އަ ހާވަލުކުރި ނަމަވެސް މިމަސައްކަތުގެ ވެސް އަޕްޑޭޓެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ފިއްލަދޫގައި ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން ކަމަށާއި، އެސަރުކާރުގައި ފެނާއި ނަރުދަމާ ގާއިމްކޮށް، ރައްޔިތުން އެދޭ ގޮތަށް ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ހެލްތް ސެންޓަރު އެކްސްޓެންޝަން އިމާރާތްކޮށް ޚިދުމަތްފުޅާ ކޮށްދިން ކަމަށެވެ.

މަލްޓިޕަރޕަސް ހޯލް އިމާރާތްއިބްރާހިމް ޝަރީފްފިއްލަދޫހއ. ފިއްލަދޫކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

13 ޖޫން 2026

މި ސަރުކާރާއެކު ހއ .ފިއްލަދޫ އާއި ވަށަފަރުގެ ތަރައްގީ އެކުއެކީގައި ވަނީ ހުއްޓިފައި: ކުރީގެ މެންބަރު ޝަރީފް

13 ޖޫން 2026
މި ސަރުކާރާއެކު ހއ .ފިއްލަދޫ އާއި ވަށަފަރުގެ ތަރައްގީ އެކުއެކީގައި ވަނީ ހުއްޓިފައި: ކުރީގެ މެންބަރު ޝަރީފް
06 ޖޫން 2026

ކެލާއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައެއް ނުވޭ: ކުރީގެ މެންބަރު ޝަރީފް

06 ޖޫން 2026
ކެލާއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައެއް ނުވޭ: ކުރީގެ މެންބަރު ޝަރީފް
08 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ފެންނަ ނުފެންނަ އިންތިޚާބުގައި އާއެކޭ ބުނެފި ނަމަ ރައްޔިތުންގެ ބާރު އެއްކޮށް ގެއްލޭނެ."

08 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ފެންނަ ނުފެންނަ އިންތިޚާބުގައި އާއެކޭ ބުނެފި ނަމަ ރައްޔިތުންގެ ބާރު އެއްކޮށް ގެއްލޭނެ."
08 ޖެނުއަރީ 2026

ލަންކާ އަށް ފަހު މެލޭޝިއާ: މެލޭޝިއާ ގައި އުޅޭ ދިވެހިންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވޭ: ޝަރީފް

08 ޖެނުއަރީ 2026
ލަންކާ އަށް ފަހު މެލޭޝިއާ: މެލޭޝިއާ ގައި އުޅޭ ދިވެހިންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވޭ: ޝަރީފް
07 ޖެނުއަރީ 2026

މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް

07 ޖެނުއަރީ 2026
މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް
29 ޑިސެމްބަރު 2025

އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި

29 ޑިސެމްބަރު 2025
އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި
01 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ގުޅިގެން އެކިކަހަލަ އިންޒާރު ލިބޭ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭން ފުލުހަށް ހުށަހަޅަން ނިންމައިފި

01 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ގުޅިގެން އެކިކަހަލަ އިންޒާރު ލިބޭ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭން ފުލުހަށް ހުށަހަޅަން ނިންމައިފި
01 މެއި 2025

ތިން ރަށެއްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގައި 6 މީހަކު ހައްޔަރުކޮށްފި

01 މެއި 2025
ތިން ރަށެއްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގައި 6 މީހަކު ހައްޔަރުކޮށްފި
18 ސެޕްޓެމްބަރު 2024

ޗައިނާ އާއެކު ހަދާ ކަރަންސީ ސްވޮޕްގެ ހުރިހާ ފައިދާއެއް އޮތީ ޗައިނާއަށް، ދިވެހިންނަށް ލިބޭނެ މާ ބޮޑު މޮޅެއް ނެތް: ޝަރީފް

18 ސެޕްޓެމްބަރު 2024
ޗައިނާ އާއެކު ހަދާ ކަރަންސީ ސްވޮޕްގެ ހުރިހާ ފައިދާއެއް އޮތީ ޗައިނާއަށް، ދިވެހިންނަށް ލިބޭނެ މާ ބޮޑު މޮޅެއް ނެތް: ޝަރީފް
09 ޖޫން 2024

ރައީސް މުއިއްޒު ދިވެހިންނާއި އިންޑިއާގެ ކިބައިން މައާފަށް އެދެން ޖެހޭ - ކުރީގެ މެމްބަރު ޝަރީފް

09 ޖޫން 2024
ރައީސް މުއިއްޒު ދިވެހިންނާއި އިންޑިއާގެ ކިބައިން މައާފަށް އެދެން ޖެހޭ - ކުރީގެ މެމްބަރު ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް