Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބްރެޒިލް

ބަޣާވާތް ރޭވި ކަމުގެ ތުހުމަތުގައި ބޮލްސޮނާރޯގެ އަރިސް މީހެއް ކަމަށްވާ، ފުލުހުންގެ ކުރީގެ އިސް އޮފިސަރެއް ހައްޔަރު ކޮށްފި

ޕެރަގުއޭގެ އިމިގްރޭޝަން އެޖެންސީ އިން ބުނެފައި ވަނީ، ހުކުރު ދުވަހު އޭނާ ހައްޔަރު ކޮށްފައި ވަނީ ޕެރަގުއޭގެ ވެރި ރަށް އަސުންސިއޮންގައި ހުންނަ ސިލްވިއޯ ޕެޓިރޮސީ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް. ޕެރަގުއޭގެ ނެޝަނަލް މައިގްރޭޝަން ޑައިރެކްޓޮރޭޓް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވަސްކުއިސް ހައްޔަރު ކޮށްފައި ވަނީ ޕެރަގުއޭގެ ރައްޔިތަށް ހެދިގެން އިމިގްރޭޝަން ކޮންޓްރޯލް ފަސޭހަ ކޮށްލުމަށް މަސައްކަތް ކުރުމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2025 | ހޯމަ 01:34
ބްރެޒިލްގައި ބަޣާވާތް ރޭވި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ އޮފިސަރު ސިލްވޭނާ ވާސްކުއިސް

ބްރެޒިލްގައި ބަޣާވާތް ރޭވި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ އޮފިސަރު ސިލްވޭނާ ވާސްކުއިސް

ބްރެޒިލްގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ރޭވި ކަމުގެ ތުހުމަތުގައި، އެ ޤައުމުގެ ސިފައިންގެ އިސް އޮފިސަރެއް ކަމަށްވާ ސިލްވޭނާ ވާސްކުއިސް ހައްޔަރު ކޮށްފި އެވެ. 

ބަޣާވާތް ރޭވި ކަމުގެ ކުށް ސާބިތުވެ ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ އަރިސް މީހެއްގެ ގޮތުގައި ފާހަގަވެފައިވާ ވާސްކުއިސް ހައްޔަރު ކޮށްފައި ވަނީ އެލް ސަލްވާޑޯ އިންނެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ޕެރަގުއޭ އަށް ވަންނަން އުޅުމުގެ ތެރޭގަ އެވެ. 

ޕެރަގުއޭގެ އިމިގްރޭޝަން އެޖެންސީ އިން ބުނެފައި ވަނީ، ހުކުރު ދުވަހު އޭނާ ހައްޔަރު ކޮށްފައި ވަނީ ޕެރަގުއޭގެ ވެރި ރަށް އަސުންސިއޮންގައި ހުންނަ ސިލްވިއޯ ޕެޓިރޮސީ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. ޕެރަގުއޭގެ ނެޝަނަލް މައިގްރޭޝަން ޑައިރެކްޓޮރޭޓް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވަސްކުއިސް ހައްޔަރު ކޮށްފައި ވަނީ ޕެރަގުއޭގެ ރައްޔިތަށް ހެދިގެން އިމިގްރޭޝަން ކޮންޓްރޯލް ފަސޭހަ ކޮށްލުމަށް މަސައްކަތް ކުރުމުންނެވެ. އަދި އޭނާ ވަނީ އައިޑެންޓިޓީ އޮޅުވާލަަން މަސައްކަތް ކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ. 

މީގެ އިތުރުން އޭނާ ހައްޔަރު ކޮށްފައި ވަނީ ޕެނަމާ އަށް ދާ ފްލައިޓަކަށް އަރަން އުޅުނު ވަގުތު ކަމަށާއި، އޭނާގެ ފައިނަލް މަންޒިލަކީ އެލް ސެލްވާޑޯ ކަމަށް އިމިގްރޭޝަން އެޖެންސީ އިން ބުނެފައިވެ އެވެ. އެ އެޖެންސީ އިން އިތުރަށް ބުނެފައި ވަނީ، ފުލުހުންގެ ކުރީގެ އިސް އޮފިސަރެއްގެ ގޮތުގައި ހުރި ވަސްކުއިސް ޕެރަގުއޭ އަށް ވަދެފައި ވަނީ ސިއްރުން ކަމަށާއި، އަމިއްލަ ޤައުމުގައި އިންސާފުގެ ކުރި މައްޗަށް ހާޒިރުވުމަށް އޭނާ ފިލާފައިވާ ކަމަށެވެ. 

ޕެރަގުއޭގެ އިމިގްރޭޝަން އޮތޯރިޓީ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައިވާ ފޮޓީގައި ވަސްކުއިސް ހައްޔަރު ކުރި މަންޒަރާއި، އޭނާގެ އައިޑެންޓިފިކޭޝަން ފެނިގެންދެ އެވެ. އެ އެކައުންޓުން ޝާއިއު ކުރި ވީޑިއޯއެއްގައި ވަސްކުއިސް ބްރެޒިލްގެ ފެޑަރަލް ފުލުހުންނާ ހަވާލު ކުރާ މަންޒަރު ވެސް ފެނިފައިވެ އެވެ. 

ވަސްކުއިސްގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތެރޭގައި 2022 ވަަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ލުމަށް ދިޔަ ސިޔާސީ ވަކި ފިކުރެއްގެ ރައްޔިތުންނަށް ވޯޓު ލުމަށް ހުރަސް އެޅުމަށް އޮފިސަރުން އެ ސަރަހައްދަށް ފޮނުވި ކަމަށް ބުނެފައިވެ އެވެ. އެ އިންތިޚާބުގައި ބޮލްސޮނާރާގެ މައްޗަށް ކުރި ހޯއްދަވައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އެވެ.

އޭގެ ފަހުން 2023 ވަނަ އަހަރު ވަނީ އޭނާ ހައްޔަރު ކުރުމަށް ފަހު، އިލެކްޓްރޯނިކް އެންކަލް މޮނިޓަރު އަޅުވައިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ. މި ހިނގާ ޑިސެމްބަރު މަހުގެ ކުރީ ކޮޅު އޭނާގެ މައްޗަށް ވަނީ 24 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ޙުކުމެއް ވެސް އިއްވައިފަ އެވެ. އެ ޙުކުމް އިއްވާފައި ވަނީ ގޭ ބަންދުގައި ހުރެގެން އޭނާގެ ޙުކުމް ތަންފީޒު ކުރުމަށެވެ. އޭނާ ބްރެޒިލް އިން ފިލައިގެން ގޮސްފައި ވަނީ އެ ޙުކުމް ކުރި ފަހުން، ކުޑަ ދުވަސް ކޮޅެއްގެ ތެރޭގަ އެވެ. 

ބްރެޒިލްގެ މީޑިއާ ތަކުގައި ބުނެފައި ވަނީ ވަސްކުއިސް އޭނާގެ އެންކަލް މޮނިޓަރު ބަދަލު ކޮށްގެން، ކާރުގައި ދުއްވާފައި ޕެރަގުއޭގެ ބޯޑަރަށް ދިޔަ ކަމަށެވެ. ރޮއިޓާސް ނޫސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑީ މޮރައިސް ހުކުރު ދުވަހު ވަނީ، ވަސްކުއިސް ހައްޔަރު ކުރުމަށް އަވަސް ފިޔަވަޅު އެޅުމަށް އަމުރެއް ނެރުއްވައިފަ އެވެ. 

އެ ބަޣާވާތް ރޭވުމުގެ މަސައްކަތުގައި ބައިވެރިވި ކަމަށް ކަނޑައަޅައި ޙުކުމް ކުރި އޮފިޝަލުންގެ ތެރެއިން ފިލަން މަސައްކަތް ކޮށްފައި ވަނީ ވާސްކުއިސް އެކަންޏެއް ނޫނެވެ. ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން އިންޓެލިޖެންސް އެޖެންސީގެ ކުރީގެ ޑިރެކްޓަރު އެލެގްޒެންޑާ ރަމާޖެމް ހައްޔަރު ކުރުމަށް އަމުރު ކޮށްފައިވެ އެވެ. އޭނާ ބްރެޒިލް އިން ފިލައިގެން ދިޔައީ ސެޕްޓެމްބަރު މަހު ކަމަށް ވާއިރު، އެއަށް ފަހު އޭނާ ދިރިއުޅެމުން އަންނަނީ އެމެރިކާގައި ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. 

ބަޣާވާތް ކުރަން އުޅުނު ކަމުގެ ކުށުގައި، އުމުރުން 70 އަހަރުގެ ބޮލްސޮނާރޯގެ މައްޗަށް ވަނީ 27 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފަ އެވެ. އޭނާގެ މައްޗަށް އެ ކުށް ސާބިތު ވެފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔައިރު، އޭގެ ފަހުން ވަނީ ސާޖަރީ ކުރުމަށް ހޮސްޕިޓަލްގައި ބުރާސްފަތި ދުވަހު އެޑްމިޓް ވެސް ކޮށްފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

ބްރެޒިލްސިލްވޭނާ ވާސްކުއިސްޖައިރް ބޮލްސޮނާރޯޕެރަގުއޭލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސާޖަރީ ކުރުމަށް، ޖަލުގައި ހުންނެވި ބޮލްސޮނާާރޯ ހޮސްޕިޓަލަށް ބަދަލު ކޮށްފި

ސާޖަރީ ކުރުމަށް، ޖަލުގައި ހުންނެވި ބޮލްސޮނާާރޯ ހޮސްޕިޓަލަށް ބަދަލު ކޮށްފި

25 ޑިސެމްބަރު 2025
ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް

ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް

20 ޑިސެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު