Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބްރެޒިލް

އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

ވެރިކަން ބަދަލުވުމަށްފަހު ބަޣާވާތެއް ރާވައި، ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަދަކަމުން ބަދަލުކުރަން މަސައްކަތްކުރުމުގެ ތުހުމަތުގައި ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯއަށް 27 އަހަރާއި 3 މަހުގެ ޖަލު ހުކުމެއް އިއްވައިފި. ބޮލްސޮނާރޯގެ ވަކީލުން ބުނަނީ މިއީ ހައްދުފަހަނައަޅާފައިވާ ހުކުމެއް ކަމަށާއި، ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ނަމަވެސް ޤާނޫނީ މާހިރުން ބުނަނީ އިސްތިއުނާފު ކުރުމަކީ އުނދަގޫވެދާނެ ކަމެއް ކަމަށް.

ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2025 | ހުކުރު 03:39
ޖައިރް ބޮލްސޮނާރޯގެ މައްޗަށް ފަސް ދައުވާ އެއް ސާބިތުވި

ޖައިރް ބޮލްސޮނާރޯގެ މައްޗަށް ފަސް ދައުވާ އެއް ސާބިތުވި

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯގެ މައްޗަށް އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވުމާ ގުޅިގެން 27 އަހަރާއި 3 މަސްދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

ބްރެޒިލްގެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ޕެނަލަކުން މި ޙުކުމް އިއްވާފައި ވަނީ ކުރީގެ ވެރިޔާގެ މައްޗަށް ކުށް ސާބިތުވިތާ ގަޑިއިރުތަކެއްގެ ތެރޭގައެވެ.

2022 ވަނަ އަހަރުގެ އިންތިޚާބުގައި އޭނާގެ ވާދަވެރިޔާ ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާ އަށް ކާމިޔާބު ލިބުމާއެކު ވެސް، ވެރިކަމުގައި ދެމި ހުރުމަށް ރޭވި ރޭވުމެއްގެ އިސްމީހެއްގެ ގޮތުގައި އޭނާ ހުރި ކަމަށް ފަނޑިޔާރުން ނިންމިއެވެ.

4 ފަނޑިޔާރުން އޭނާގެ މައްޗަށް ކުށް ސާބިތު ކުރި އިރު، އެއް ފަނޑިޔާރު ވަނީ އޭނާ ކުށުން ބަރީއަ ކުރުމަށް ތާއީދު ކޮށްފައެވެ. ބޮލްސޮނާރޯގެ ވަކީލުން މިއީ "ހައްދުފަހަނައަޅާފައިވާ" ޙުކުމެއްގެ ގޮތުގައި ސިފަކޮށް، "އިސްތިއުނާފު" ކުރާނެ ކަމަށް ބުނެފައެވެ.

ސުޕްރީމް ކޯޓުގެ ޕެނަލުން އޭނާއަށް 2033 އަށް ދާންދެން އާންމު އިންތިޚާބުތަކަށް ކުރިމަތިލުން ވެސް މަނާ ކޮށްފައި ވެއެވެ.

ފިލާފާނެ ކަމުގެ ފުރުސަތު އޮތް ކަމަށް ބުނެ ގޭ ބަންދުގައި ބެހެއްޓި ބޮލްސޮނާރޯ، ޝަރީޢަތުގެ މި ފަހު މަރުޙަލާގައި ބައިވެރިވެފައެއް ނުވެއެވެ.

ނަމަވެސް އޭނާ ކުރިން ބުނެފައި ވަނީ މިއީ 2026 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުން ހުއްޓުވުމަށް ރޭވިފައިވާ ކަމެއް ކަމަށެވެ.

ބްރެޒިލްގެ ކުރީގެ ރައީސްގެ މައްޗަށް ކުރެވުނު ޝަރީއަތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ބޮލްސޮނާރޯގެ މައްޗަށް އުފުލި ދަޢުވާތަކަށް ބަދަލުހިފުމުގެ ގޮތުން ބްރެޒިލްގެ މުދަލަށް 50% ޓެރިފް ނަގާނެ ކަމަށް ޓްރަމްޕް ވަނީ އިއުލާނު ކުރައްވާފައެވެ.

ކުށް ސާބިތުވުމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ "ވަރަށް ހައިރާންވާ" ކަމެއް ކަމަށާއި، އެއީ ޓްރަމްޕް އާ ދޭތެރޭ ވެސް ކުރަން އުޅުނު ކަހަލަ ކަމެއް ކަމަށާއި އެކަމަކު އެމީހުންނަކަށް އެކަމެއް އޭނާ އާ ދެކޮޅަށް ނުކުރެވުނު ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެފައި ވަނީ ބްރެޒިލްގެ ސުޕްރީމް ކޯޓުން "ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯ ޖަލަށްލުމަށް އަނިޔާވެރި ނިންމުމެއް ނިންމާފައިވާ" ކަމަށާއި، މި ކަމަށް "އެކަށީގެންވާ ގޮތަށް ރައްދު ދޭނެ" ކަމަށެވެ.

ބްރެޒިލްގެ ފޮރިން މިނިސްޓްރީން ރޫބިއޯގެ މި ވާހަކަތަކަށް ޖަވާބުދީ، އެކްސްގައި ކުރި ޕޯސްޓުގައި "ޙަޤީޤަތްތަކާއި ރެކޯޑުގައި ހުރި ހެކިތަކަަށް ބެލުމެއް ނެތި ބްރެޒިލްގެ ޑިމޮކްރަސީ އަށް ބިރެއް ނުދެއްކޭނެ" ކަމަށެވެ.

70 އަހަރުގެ ބޮލްސޮނާރޯ ގެ މައްޗަށް އައި މި ހުކުމާ އެކު މިހާރު ބެލެވެނީ އޭނާގެ އުމުރުގެ ބާކީ ބައި ދެން ހޭދަކުރަން ޖެހޭނީ ޖަލުގައި ކަމަށެވެ.

ޖަލަށްލުމުގެ ބަދަލުގައި ގޭ ބަންދުގައި ބެހެއްޓުމަށާއި، ހުކުމް ލުއި ކުރުމަށް އޭނާގެ ވަކީލުން އެދޭނެ ކަމަށް ބެލެވެއެވެ.

އަދި އޭނާގެ މައްޗަށް ކުށް ސާބިތުވި ކަމަށް ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ވެސް ވަކީލުން ބުނެފައިވެއެވެ. ނަމަވެސް ޤާނޫނީ މާހިރުން ބުނެފައި ވަނީ މިކަން އުނދަގޫވެދާނެ ކަމަށެވެ. އެއީ އާންމު ގޮތެއްގައި އިސްތިއުނާފު ކުރެވޭނީ 5 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުން ކުށުން ބަރީއަ ކުރުމަށް ވޯޓު ދީފައިވާނަމަ ކަމަށްވާތީއެވެ.

2022 ގެ އިންތިޚާބުގައި ބަލިވުމަށްފަހު ވެރިކަމުގައި ދެމިހުރުމަށް މަސައްކަތް ކުރުމާ ގުޅޭ 5 ދަޢުވާއެއް ބޮލްސޮނާރޯގެ މައްޗަށް ސާބިތުވެފައިވެއެވެ.

ޕްރޮސިކިއުޓަރުން ބުނެފައި ވަނީ އޭނާ މާ ކުރިން އެކަން ރާވަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިލިޓަރީ ކޮމާންޑަރުންނަށް ބަޣާވާތެއްގެ ހުށަހެޅުން ހުށަހަޅައި، އިންތިޚާބީ ނިޒާމާ މެދު އަސާސެއްނެތް ޝައްކުތައް އުފެއްދި ކަމަށެވެ.

އަދި ލޫލާ އާއި އޭނާގެ ރަނިންގ މޭޓް، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް މަރާލުމުގެ ރޭވުމެއް އޮތްކަން ބޮލްސޮނާރޯ އަށް އެނގިފައިވާ ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ.

ފަނޑިޔާރުން ނިންމާފައި ވަނީ ރޭވުމުގެ އިސްމީހެއްގެ ގޮތުގައި އޭނާ ހުރި ކަމަށާއި، އޭނާއާ އެކު މިކަމުގައި ބައިވެރިވި އަނެއް 7 އެކުވެރިން ވެސް ކުށްވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރީގެ 2 ދިފާޢީ ވަޒީރުންނާއި، ކުރީގެ ޖާސޫސީ އިސްވެރިއަކާއި އަދި ކުރީގެ ސަލާމަތީ ވަޒީރެކެވެ.

މަސްދަރު: ބީބީސީ

ޖައިރް ބޮލްސޮނާރޯލޫލާ ޑަ ސިލްވާބްރެޒިލް

ކޮމެންޓް

އިތުރަށް ކިޔާލަން

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ނަސްލު ނައްތާލުމާ ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ލޫލާގެ ނުރުހުން އދ އަށް

ނަސްލު ނައްތާލުމާ ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ލޫލާގެ ނުރުހުން އދ އަށް

25 އޮކްޓޯބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

05 އޯގަސްޓު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު