Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބްރެޒިލް

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ވެލްޑިން ރޮޑުން ގެއްލުންދީ ހަލާކުކޮށްލުމުން، ބަންދުން ފިލައިދާނެ މީހެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ކަނޑައަޅައި ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށްފި. ބަޣާވާތް ކުރުމުގެ މައްސަލައިގައި ގޭބަންދުގައި އިނދާ އޭނާ މޮނިޓަރު ނަގައިފައިވަނީ ފިލުމުގެ މަޤްޞަދުގައި ކަމަށް ކޯޓުން ނިންމި އެވެ.

ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2025 | ހޯމަ 17:47
ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ

ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯ، އޭނާގެ ފައިގައި ފުލުހުން ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، ބަންދުން ފިލައިފާނެ މީހެއް ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅައި، ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ބަހައްޓާ ގޮތައް ހަދަން އަންގައިފި އެވެ.

ހޮނިހިރު ދުވަހު ކޯޓުން ބުނީ، ބަޣާވާތް ކުރުމަށް ކުރި މަސައްކަތެއް ނާކާމިޔާބުވުމާ ގުޅިގެން އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މަރުހަލާ ގައި ގޭބަންދުގައި ހުރި ކުރީގެ ރައީސް، ފިލުމުގެ މަޤްސަދުގައި އޭނާގެ ފައިގައި ހަރުކޮށްފައިވާ މޮނިޓަރު މަސައްކަތް ނުކުރާ ގޮތް ހަދަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ކޯޓުން އާންމުކުރި ވީޑިއޯއެއްގައި، ބޮލްސޮނާރޯ ވަނީ "ވާ ގޮތް ބަލާލުމަށް" އެ މޮނިޓަރުގެ ބްރޭސްލެޓަށް ވެލްޑިންގ ރޮޑެއް ބޭނުންކޮށްގެން ބަދަލު ގެންނަން މަސައްކަތް ކުރިކަމަށް އެއްބަސްވެފަ އެވެ.

އެ ވީޑިއޯ އިން ދައްކާ ގޮތުގައި، ކުރީގެ ރައީސް ގެ ފައިގައި ހަރުކޮށްފައިވާ ޓެގް ވަނީ އަނދާ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑްރޭ ޑި މޮރައިސް ވިދާޅުވީ ބޮލްސޮނާރޯ ބަންދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި އެ އާލާތް ހަލާކު ވުމުން ބޮލްސޮނާރޯ ގޭބަންދުގައި ހުރިކަން ފުލުހުންނަށް މޮނިޓަރ ކުރުމަށް ހުރަސް އެޅިދާނެ ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވީ އެކަމުގެ ސަބަބުން އޭނާ ފިލައިފާނެ ކަމަށް ދެކޭ ކަމުގައެވެ.

ބޮލްސޮނާރޯގެ ވަކީލުން ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފު ކުރާނެ ކަމަށެވެ.

ބޮލްސޮނާރޯ، 2022 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގައި ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ އަތުން ބަލިވުމަށްފަހު، ބަޣާވާތެއް ރޭވުމުގެ ކުށުގައި ސެޕްޓެމްބަރު މަހު 27 އަހަރާއި ތިން މަހުގެ ޖަލު ހުކުމެއް ކޮށްފައިވެއެވެ. 2023 ވަނަ އަހަރު ލޫލާ ރައީސްކަމާ ހަވާލުވުން ހުއްޓުވުމަށް ރޭވި ރޭވުމުގެ ލީޑަރަކީ އަދި އެންމެ ބޮޑު މަންފާ ލިބޭ ފަރާތަކީ ކުރީގެ ސިފައިންގެ ކެޕްޓަން ބޮލްސޮނާރޯ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

މި ރޭވުމުގެ ތެރޭގައި ލޫލާ އާއި، އޭނާގެ ނައިބު ރައީސް ގެރާލްޑޯ އަލްކްމިން އާއި، މޮރޭސް އަވަހާރަކޮށްލުމުގެ ރޭވުމެއްވެސް ހިމެނޭކަމަށް ތުހުމަތު ކުރެވެއެވެ.

ނަމަވެސް، ބޮލްސޮނާރޯގެ އިސްތިއުނާފުގެ މަރުޙަލާތައް ނިމިފައިނުވާތީ، އެ މައްސަލާ ގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ކޯޓުތަކުން އަދި ފަހުގެ އަމުރެއް ނެރެފައެއް ނުވެއެވެ.

ހޮނިހިރު ދުވަހު ނެރުނު އޭނާގެ ޙުކުމުގައި ވަނީ ބޮލްސޮނާރޯ ދިރިއުޅޭ ގެޔާ އެމެރިކާގެ އެމްބަސީއާ ވަރަށް ކައިރިކަން ފާހަގަކޮށް، އޭނާ ސިޔާސީ ހިމާޔަތް ހޯދުމުގެ ފުރުސަތު ބޮޑުކަން ބަޔާންކޮށްފައެވެ.

ބޮލްސޮނާރޯ އަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އެކުވެރިއެކެވެ. ޓްރަމްޕް ވަނީ މި މައްސަލަ އަކީ ސިޔާސީ ކަމެއް ކަމަށް ވިދާޅުވެ، މައްސަލައާ ގުޅިގެން ބްރެޒިލްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާފައެވެ.

ކޯޓުން ވަނީ ބޮލްސޮނާރޯ މީގެ ކުރިން ބްރެޒީލިއާ ގައި ހުންނަ އާޖެންޓީނާގެ އެމްބަސީއިން ސިޔާސީ ހިމާޔަތް ހޯދުމަށް ވިސްނާފައިވާކަމުގެ ހެކިވެސް ފާހަގަކޮށްފައެވެ.

ކޯޓުން ވަނީ މޮނިޓަރަށް ލިބުނު ގެއްލުމާ ބެހޭގޮތުން 24 ގަޑިއިރު ތެރޭގައި ސަބަބު ބަޔާންކުރުމަށް ބޮލްސޮނާރޯ ގެ ވަކީލުންނަށް ފުރުސަތު ދީފަ އެވެ.

ކޯޓުން ވަނީ ބޮލްސޮނާރޯ އަށް މީޑީއާ އަށް އިންޓަރވިއު ނުދިނުމަށް ވެސް އަންގާފަ އެވެ.

ޖައިރް ބޮލްސޮނާރޯބްރެޒިލް

ކޮމެންޓް

އިތުރަށް ކިޔާލަން

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

12 ސެޕްޓެމްބަރު 2025
ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

05 އޯގަސްޓު 2025
ޓެކްސް އަށް މަކަރު ހެދި މައްސަލައިގައި އަންޗެލޮޓީ އަށް ޖަލު ޙުކުމެއް

ޓެކްސް އަށް މަކަރު ހެދި މައްސަލައިގައި އަންޗެލޮޓީ އަށް ޖަލު ޙުކުމެއް

10 ޖުލައި 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު