Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބްރެޒިލް

ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް

ބޮލްސޮނާރޯގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަވާ ފަނޑިޔާރު ވިދާޅުވެފައި ވަނީ، މައްސަލައިގެ އައު އިސްތިއުނާފު ބަލައި ނުގަނެވޭނެ ކަމަށް. އެފަދަ މައްސަލައެއް ބަލައި ގަތުމާ އެއްކޮޅަށް ދެ ފަނޑިޔާރުން ވޯޓު ދެއްވަން ޖެހޭއިރު، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ ތެރެއިން އެކަމާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ ފަނޑިޔާރެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2025 | ހޮނިހިރު 06:25
ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ

ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމާ ގުޅިގެން، އޭނާގެ ފަރާތުން ހުށަހެޅި އައު އިސްތިއުނާފު ބަލައި ނުގަންނަން ބްރެޒިލްގެ ސުޕްްރީމް ކޯޓުން ނިންމަވައިފި އެވެ. 

ބްރެޒިލްގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ހިންގުމަށް ރޭވުމެއް ރާވައި، އެކަމުގައި ބައިވެރި ވެފައި ވާތީ ބޮލްސޮނާރޯގެ މައްޗަށް ވަނީ 27 އަހަރާއި ތިން މަސް ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފަ އެވެ. މިއީ 2022 ވަނަ އަހަރު އޮތް ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބާ ގުޅިގެން ބޮލްސޮނާރޯ ރާވާފައިވާ ބަޣާވާތެއް ކަމަށް ބުނެފައިވެ އެވެ.

އޭގެ ފަހުން މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ވަނީ، ބޮލްސޮނާރޯގެ ޖަލު ޙުކުމް ތަންފީޒު ކުރަން ފަށައިފަ އެވެ. އެއީ ބްރެޒިލްގެ އެންމެ މަތީ ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ހުރިހާ މައްސަލައެއް ވެސް އޭނާ އަށް ނާކާމިޔާބު ވުމުންނެވެ. ނަމަވެސް، ޖަލަށް ގެންދިޔަތާ ތިން ދުވަސް ފަހުން ބޮލްސޮނާރޯގެ ޤާނޫނީ ވަކީލުން ވަނީ، މައްސަލައިގެ މައިގަނޑު ކަންކަމާ ގުޅޭ ގޮތުން އައު އިސްތިއުނާފެއް ހުށަހަޅައިފަ އެވެ. 

ބޮލްސޮނާރޯގެ ފަރާތުން މީގެ ކުރިން ހުށަހަޅާފައިވާ މައްސަލަ ތަކުގައި ވަނީ ޝަރީއަތުގައި ހުރި ދެބަސްވުންޔަކާއި، ފިޔަވަޅުތައް އަދި ތަފާތު އެކި ކަންކަމަށް ސަމާލުކަން ދީފަ އެވެ. ނަމަވެސް، ބޮލްސޮނާރޯގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަވާ ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރައިސް ވިދާޅުވެފައި ވަނީ، މައްސަލައިގެ އައު އިސްތިއުނާފު ބަލައި ނުގަނެވޭނެ ކަމަށެވެ. އެފަދަ މައްސަލައެއް ބަލައި ގަތުމާ އެއްކޮޅަށް ދެ ފަނޑިޔާރުން ވޯޓު ދެއްވަން ޖެހޭއިރު، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ ތެރެއިން އެކަމާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ ފަނޑިޔާރެކެވެ. 

ބްރެޒިލްގައި ބަޣާވާތެއް ހިންގަން އުޅުނު ކަމުގެ ތުހުމަތު ބޮލްސޮނާރާގެ މައްޗަށް ކޮށްފައިވާއިރު، އެ މައްސަލައިގައި އޭނާ ވަނީ އެކަމަށް އިންކާރު ކުރައްވައިފަ އެވެ. ބޮލްސޮނާރޯގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ނިންމައި، އޭނާ އަސް ޙުކުމް ކުރުމުން ވިދާޅުވީ، އެއީ ސިޔާސީ ގޮތުން އޭނާއާ ދެކޮޅަށް ހިންގަ ހައިޖާނު ގަނޑެއް ކަމަށެވެ. ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ލުއިޒް އިންސިއޯ ލޫލާ ޑަ ސިލްވާއާ ވާދަ ކުރައްވައި އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބަށް ފަހު، ބަޣާވާތް ހިންގަން އުޅުނު ކަމުގެ ކުށް ވަނީ ބޮލްސޮނާރޯގެ މައްޗަށް ސާބިތުވެފަ އެވެ.

ބަޣާވާތް ހިންގަން އުޅުނު ކަމުގެ ކުށް ބޮލްސޮނާރޯގެ މައްޗަށް ސާބިތު ވެފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައި ބުނެފައި ވަނީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ލޫލާ ޑަ ސިލްވާ އާއި، އޭނާގެ ނައިބު ރައީސް ޖެރާލްޑޯ އަލްކްމިން މަރާލުމަށް ރޭވުމުގެ މައުލޫމާތު ބޮލްސޮނާރޯ އަށް ލިބިފައިވާ ކަމަށެވެ.

ބޮލްސޮނާރޯގެ ޤާނޫނީ ވަކީލުންގެ ފަރާތުން ހުށަހަޅާފައިވާ ލިޔެ ކިޔުން ތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، އޭނާ ބްރެޒިލްގެ ހޮސްޕިޓަލަކަށް ބަދަލުކޮށް ފަރުވާ ދިނުމަށް ފަނޑިޔާރުން ވަނީ އަންގަވައިފަ އެވެ. އެގޮތުން ހާނިއާގެ މައްސަލައެއް ބޮލްސޮނާރޯގެ ހުރި ކަމަށާއި، އެކަމުގެ އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ބުނެފައިވާތީ، ފަނޑިޔާރުން ވަނީ އެކަމަށް ހުއްދަ ދެއްވައިފަ އެވެ. 

މީގެ ކުރިން ބޮލްސޮނާރޯ ގޭ ބަންދުގައި ބޮލްސޮނާރާ ބަހައްޓާފައި ހުރި ނަމަވެސް، އޭނާ ފިލައިގެން ދިޔުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، އޭނާ ފިލުމުގެ ފުރުސަތު ވެސް އޮތް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. އެފަހަރު ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑު އެހުމުގައި ބޮލްސޮނާރޯ ވަނީ އޭނާގެ ފައިގައި އަޅުވާފައިވާ އިލެކްޓްރޯނިކް މޮނިޓަރު ހަލާކު ކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށް އެއްބަސްވެފަ އެވެ.

އެގޮތުން ވެލްޑިން ރޮޑެއް ބޭނުން ކޮށްގެން ބޮލްސޮނާރޯ ވަނީ އޭނާގެ ފައިގައި އަޅުވާފައިވާ ޓެގު ނައްޓާލުމަށް މަސައްކަތް ކޮށްފަ އެވެ. އެކަމުގެ ސަބަބުން އޭނާގެ ފައިގައި އަޅުވާފައިވާ ޓެގު ވަރަށް ބޮޑަށް އަނދާފައިވާކަން، ޝަރީއަތުގައި އާންމު ކުރި ވީޑިއޯ އިން ވެސް ފެނެ އެވެ. އޭގެ ފަހުން ބޮލްސޮނާާރޯގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް، ފެޑަރަލް ޖަލަށް އޭނާ ގެންދިޔުމަށް އަމުރު ކޮށްފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

ޖައިރް ބޮލްސޮނާރޯބްރެޒިލްލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ

ކޮމެންޓް

އިތުރަށް ކިޔާލަން

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

12 ސެޕްޓެމްބަރު 2025
ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

05 އޯގަސްޓު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު