Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއްބައިވަންތަ ކަމުގެ ދުވަސް

ސުނާމީ ކާރިސާ ގެ ހާލަތު ގައި ދިވެހީން ދެއްކި އެއްބައިވަންތަ ކަމާއި، އަނެކާ އަށް އަޅާލުމުގެ ރިވެތި މިސާލުން ހިތްވަރު ލިބިގަންނަން ޖެހޭ: ރައީސް ސޯލިހް

2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި 82 މީހުން ނިޔާވެ 24 މީހުން ގެއްލިފައިވޭ. މި ކާރިސާގައި ގިނަ ބައެއްގެ ގެދޮރު ހަލާކުވެ ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވޭ. އެ ދުވަސްވަރު ދިވެހީން ދެއްކި އެއްބައިވަންތަކަމުގެ ރިވެތި މިސާލުތަކަކީ މި ދުވަހު އާލާ ކުރެވޭ ހަނދާންތަކެއް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2025 | ހުކުރު 13:54
ރައީސް ޞޯލިޙް 2022 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައީސް ޞޯލިޙް 2022 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަނީ

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ވަނަ ދުވަހު ފާހަގަކުރަމުންދާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ފޮނުއްވައިފި އެވެ.

ރައީސް ސޯލިހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މީގެ 21 އަހަރު ކުރިން ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާ ގައި ދުނިޔެ ދޫކުރި އަޚުންނާއި އުޚުތުންގެ ޒިކުރާ އާކުރައްވާފަ އެވެ. އަދި އެ ދުވަހު ދިވެހީން ދެއްކި އެއްބައިވަންތަކަމާއި އަނެކާއަށް އަޅާލުމުގެ ރިވެތި މިސާލުން ހިތްވަރު ލިބިގަނެ އަބަދުވެސް ބަދަހި ބައެއްގެ ގޮތުގައި ދިވެހީން ދެމެހެއްޓުމަށް އެދި ރައީސް ސޯލިހު ވަނީ ދުޢާ ދަންނަވާފަ އެވެ.

Advertisement - newsAdvertisement

ދިވެހި ތާރީޚުގައި ވަރަށް ހިތާމަވެރި ދުވަހަކަށް ވެފައިވާ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26  ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހުން ނިޔާވެ 24 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. 

މި ކާރިސާގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޮޑެތި ގެއްލުންތައް ލިބި ގިނަ އަދަދެއްގެ ގެދޮރު ހަލާކުވިއެވެ. މީގެ އިތުރުން ބައެއް ރަށްރަށުގެ އިޤްތިޞާދީ ހަރަކާތްތައް މުޅިން ހުއްޓިފަ ބައެއް ރަށްރަށް މުޅިން ފަޅުވެ އެހެން ރަށްރަށަށް ދިރިއުޅުން ބަދަލު ކުރިއެވެ. ސުނާމީ ކާރިސާ ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

މި ކާރިސާ އިން ލިބިގެންދިޔަ ގެއްލުމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ވަނީ ކޮށްފަ އެވެ. އެ ދުވަސްވަރު ދިވެހީން ދެއްކި އެއްބައިވަންތަކަމާއި އަނެކާއަށް އަޅާލުމުގެ ރިވެތި މިސާލުތަކަކީ މިއަދާ ހަމައަށް ވެސް ދިވެހި ތާރީޚުގައި ހަނދާން ކުރެވޭނެ ކަންކަމެވެ. 

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަކީ އެ ދުވަހު ދިވެހީން ދެއްކި އެއްބައިވަންތަކަމުގެ ރޫޙު ދިރުވައި ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ދުވަހަކީ ދިވެހީން އަބަދުވެސް އެކުގައި ތިބުމުގެ މުހިންމުކަން ހަނދާން ކޮށްދޭ ދުވަހެކެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސްކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިނަލްއަޤްވާމީ މުޖްތަމައު އާއި އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތެއް: ރައީސް މުޢިއްޒު

ބައިނަލްއަޤްވާމީ މުޖްތަމައު އާއި އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތެއް: ރައީސް މުޢިއްޒު

26 ޑިސެމްބަރު 2025
ހިރިލަންދޫ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، ރައީސް ސޯލިހު މާލެ ވަޑައިގެންފި

ހިރިލަންދޫ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، ރައީސް ސޯލިހު މާލެ ވަޑައިގެންފި

23 ޑިސެމްބަރު 2025
ތ. ހިރިލަންދޫ ”ހިރިވެލި ބީޗް“ ރައީސް ސޯލިހު ހުޅުވައި ދެއްވައިފި

ތ. ހިރިލަންދޫ ”ހިރިވެލި ބީޗް“ ރައީސް ސޯލިހު ހުޅުވައި ދެއްވައިފި

23 ޑިސެމްބަރު 2025
ރައީސް ޞާލިޙް ކުޑަހުވަދޫ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލު ކުރައްވައިފި

ރައީސް ޞާލިޙް ކުޑަހުވަދޫ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލު ކުރައްވައިފި

22 ޑިސެމްބަރު 2025
ރައީސް ޞާލިޙް ހިރިލަންދޫ އަށް ފުރާވަޑައިގެންފި

ރައީސް ޞާލިޙް ހިރިލަންދޫ އަށް ފުރާވަޑައިގެންފި

22 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު