Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސޯލިހު

ހިރިލަންދޫ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، ރައީސް ސޯލިހު މާލެ ވަޑައިގެންފި

ރައީސް ސޯލިހު ގެ މި ދަތުރުފުޅަކީ ހިރިލަންދޫ ކައުންސިލް ގެ ޚާއްސަ ދައުވަތަކަށް ކުރައްވި ދަތުރުފުޅެއް. މި ދަތުރުފުޅު ގައި އެމަނިކުފާނު ވަނީ އެރަށު ކައުންސިލް އިން ޒަމާނީ ފެންވަރަށް ތަރައްގީ ކޮޮށްފައިވާ "ހިރިވެލި ބީޗް" ހޯމަ ދުވަހު ހަވީރު ހުޅުވައި ދެއްވާފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 10:42
ރައީސް ސޯލިހު ތ. ހިރިލަންދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް ސޯލިހު ތ. ހިރިލަންދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ކޮޅުމަޑުލު ހިރިލަންދޫ އަށް ކުރެއްވި ދަތުރުފުޅަށްފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހު ގެ މި ދަތުރުފުޅަކީ ހިރިލަންދޫ ކައުންސިލް ގެ ޚާއްސަ ދައުވަތަކަށް ކުރައްވި ދަތުރުފުޅެކެވެ. ރައީސް ސޯލިހު ހޯމަ ދުވަހު މެންދުރު ހިރިލަންދޫ އަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް ވަނީ އެރަށުން ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ރައީސް ސޯލިހު އަށް މަރުހަބާ ދެންނެވުމަށް އެރަށު ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބަނދަރަު ސަރަހައްދަށް ޖަމާވެފަ އެވެ.

Advertisement - newsAdvertisement

މި ދަތުރުފުޅު ގައި ރައީސް ސޯލިހު ވަނީ ތ. ހިރިލަންދޫ ކައުންސިލް އިން ޒަމާނީ ފެންވަރަށް ތަރައްގީ ކޮޮށްފައިވާ "ހިރިވެލި ބީޗް" ހޯމަ ދުވަހު ހަވީރު ހުޅުވައި ދެއްވައިފަ އެވެ. 

ރައީސް ސޯލިހު ގެ މި ދަތުރުފުޅު ގައި ހިރިލަންދޫ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ކުރިޔަށް އޮތް ލޯކަލް ކަައުންސިލް އިންތިހާބަށް ތައްޔާރުވުމާ ގުޅޭ މަޝްވަރާތައް ކުރައްވާފައިވެ އެވެ. 

ރައީސް ސޯލިހު ހިރިލަންދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރައީސް ސޯލިހު ހިރިލަންދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ ބައްދަލު ކުރައްވަނީ

މީގެ އިތުރުން ރައީސް ސޯލިހު ވަނީ ހިރިލަންދޫގެ ބައެއް އިސްރައްވެހިންނަށް ޒިޔާރަތް ކުރައްވާ ވަގުތު ކޮޅެއް ހޭދަ ކުރައްވާފަ އެވެ. 

ރައީސް ސޯލިހު ގެ ވެރިކަމުގައި ހިރިލަންދޫ ގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފައްޓަވައި ނިންމަވާފައިވެ އެވެ. އެގޮތުން އެރަށުގެ ފެނާއި ނަރުދަމާ ޤާއިމުކުރުން، ފެނަކަ އައު އޮފީހެއް އިމާރާތްކުރުން، ހިރިލަންދޫ އައު އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ފެށުމާއި އިންޖީނުގެ އަށް 1000 ކިލޯވޯޓުގެ 2 ޖެނެރޭޓަރ ސެޓް ފޯރުކޮށްދިނުން، ސޯލާ ޕީވީ ނިޒާމު ގާއިމުކުރުން ހިމެނެ އެވެ.

ކުޑަކުދިންނަށް ހިތްގައިމު ޕާކަކާއި ޒުވާނުންނަށް ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް ހިރިލަންދޫ ގައި ރައީސް ސޯލިހު ގެ ވެރިކަމުގައި ތަރައްގީ ކޮށްދީފައިވެ އެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހިރިލަންދޫ ގައި އައުޓްޑޯރ ޖިމެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

މަސްވެރިކަން ފުޅާ ދާއިރާއެއް ގައި ކުރާ، ހިރިލަންދޫ ހުޅަނގު ދެކުނުން 15 މޭލު ބޭރުގައި އެމްޑީޕީ ސަރުކާރުން ވަނީ އޮއިވާލި ކަނދުފައްޗެއް އަޅާފަ އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ގެ ވެރިކަމުގައި ހިރިލަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައި ގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މަލްޓި ޕާޕަސް ހޯލަކާ އެކު 8 ކްލާސްރޫމް ހިމެނޭ 3 ބުރީގެ އިމާރާތުގެ މަސައްކަތް ވަނީ ފެށިފަ އެވެ. ނަމަވެސް ވެރިކަން ބަދަލުވުމާ އެކު މި މަޝްރޫއު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.

ހިރިލަންދޫ ގައި ރައީސް ސޯލިހު ގެ ސަރުކާރުން ކުރެއްވި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެރަށު ރައްޔިތުން ފާހަގަކުރާ ކަމަކީ ރަށުގެ ބިން ހިއްކުމެވެ. އެމްޑީޕީ ސަރުކާރުން 2022 ވަނަ އަހަރު ފެއްޓެވި މި މަސައްކަތުގެ ބޮޑު ބައެއް ވެރިކަން ބަދަލުވި އިރު ވަނީ ނިމިފަ އެވެ.

ރައީސް ސޯލިހު ވަޑައިގެން ބޮޑު ހަފްލާއެއް ބާއްވާ ރިބަން ނުކެނޑިޔަސް އެމަނިކުފާނުގެ ވެރިކަމުގައި ހިރިލަންދޫ ގައި ވަނީ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވާފަ އެވެ.

ހިރިލަންދޫކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ކޮމެންޓް

އިތުރަށް ކިޔާލަން

ތ. ހިރިލަންދޫ ”ހިރިވެލި ބީޗް“ ރައީސް ސޯލިހު ހުޅުވައި ދެއްވައިފި

ތ. ހިރިލަންދޫ ”ހިރިވެލި ބީޗް“ ރައީސް ސޯލިހު ހުޅުވައި ދެއްވައިފި

23 ޑިސެމްބަރު 2025
ރައީސް ޞާލިޙް ކުޑަހުވަދޫ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލު ކުރައްވައިފި

ރައީސް ޞާލިޙް ކުޑަހުވަދޫ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލު ކުރައްވައިފި

22 ޑިސެމްބަރު 2025
ރައީސް ޞާލިޙް ހިރިލަންދޫ އަށް ފުރާވަޑައިގެންފި

ރައީސް ޞާލިޙް ހިރިލަންދޫ އަށް ފުރާވަޑައިގެންފި

22 ޑިސެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
ލާމަރުކަޒީ ނިޒާމް ފައްކާ ކުރުމަށް ރައީސް ސާލިހް ކުރެއްވި މަސައްކަތައް އައްޑޫ ސިޓީ އިން އެވޯޑެއް އަރުވަނީ

ލާމަރުކަޒީ ނިޒާމް ފައްކާ ކުރުމަށް ރައީސް ސާލިހް ކުރެއްވި މަސައްކަތައް އައްޑޫ ސިޓީ އިން އެވޯޑެއް އަރުވަނީ

19 އޯގަސްޓު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު