Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިރިލަންދޫ

ތ. ހިރިލަންދޫ ”ހިރިވެލި ބީޗް“ ރައީސް ސޯލިހު ހުޅުވައި ދެއްވައިފި

ހިރިލަންދޫ ކައުންސިލް އިން ހަރަދު ކޮށްގެން ތަރައްގީ ކޮށްފައި ވާ މި ބީޗު ގެ މަސައްކަތް ނިންމަން ހޭދަވީ 3 މަސް ދުވަސް. މި ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތުގައި ހިރިލަންދޫ ކައުންސިލް ގެ މުވައްޒަފުން ގެ އިތުރުން، ރަށުގެ ރައްޔިތުން ބައިވެރިވެފައިވޭ. ހިރިވެލި ބީޗު ގައި ނަމާދު ކުރުމަށް ހާއްސަ ތަނެއް ހަދާފައިވޭ އަދި ގިނަ ބަޔަކަށް އެއްފަހަރާ ބާބަކިއު ހެދުމުގެ އިންތިޒާމު ބީޗު ގައި ހަމޖެހިފައިވޭ. މީގެ އިތުރުން އެ ސަރަހައްދު މޫދުގައި ކުޑަކުދިން ގަޔާވާފަދަ ވަރަށް ފުރިހަމަ ވޯޓަރ ޕާކެއް މޫދު ގައި ގާއިމްކޮށްފައިވޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 02:27
ތ. ހިރިލަންދޫ ކައުންސިލުން ތަރައްގީ ކުރި "ހިރިވެލި ބީޗް" ރައީސް ސޯލިހު ހުޅުވައިދެއްވަނީ

ތ. ހިރިލަންދޫ ކައުންސިލުން ތަރައްގީ ކުރި "ހިރިވެލި ބީޗް" ރައީސް ސޯލިހު ހުޅުވައިދެއްވަނީ

ތ. ހިރިލަންދޫ ކައުންސިލް އިން ޒަމާނީ ފެންވަރަށް ތަރައްގީ ކޮޮށްފައިވާ "ހިރިވެލި ބީޗް" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯމަ ދުވަހު ހަވީރު ހުޅުވައި ދެއްވައިފި އެވެ. 

ހިރިލަންދޫ ކައުންސިލް އިން ހަރަދު ކޮށްގެން ތަރައްގީ ކޮށްފައި ވާ މި ބީޗު ގެ މަސައްކަތް ނިންމަން ހޭދަވީ 3 މަސް ދުވަހެވެ. މި ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތުގައި ހިރިލަންދޫ ކައުންސިލް ގެ މުވައްޒަފުން ގެ އިތުރުން، ރަށުގެ ރައްޔިތުން ބައިވެރިވެފައިވެ އެވެ. 

Advertisement - newsAdvertisement
"ހިރިވެލި ބީޗް" ހުލުވުމުގެ ރަސްމިއްޔާތު ގައި ހިރިލަންދޫ ގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ
"ހިރިވެލި ބީޗް" ހުލުވުމުގެ ރަސްމިއްޔާތު ގައި ހިރިލަންދޫ ގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ

ގިނ ވަސީލަތް ތަކާ އެކު ޒަމާނީ ފެންވަރަށް ހިރިލަންދޫ ކައުންސިލުން  ތަރައްގީ ކޮށްފައިވާ މި ބީޗު ހުޅުވުމަށް ބޭއްވި ހަފްލާ ގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު މެދުވެރިކޮށް އެމްޑީޕީ ސަރުކާރުން ރަށްރަށުގެ ކައުންސިލްތަކަށް ފަހިކޮށްދިން ފުރުސަތު ތަކުން ރައްޔިތުންނަށް ފައިދާ ވާ މިފަދަ ކިތަންމެ ކަމެއް ކައުންސިލްތަކަށް ކުރެވޭނެ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވަނީ، ގާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެނެސްގެން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ކައުންސިލްތަކުގެ ބާރު ތައް ހަނިކޮށްގެން ދިވެހި ރައްޔިތުން މި އެދޭ ތަރައްގީ ނުގެނެވޭނެކަމަށް ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ.

"ހިރިވެލި ބީޗް" ހުޅުވުމުގެ ރަސްމިއްޔާތު ގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ
"ހިރިވެލި ބީޗް" ހުޅުވުމުގެ ރަސްމިއްޔާތު ގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ

ރައީސް ސޯލިހް ގެ ވާހަކަފުޅުގައި ވަނީ މި ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުންނަން ބޭނުންވި ކިތަންމެ ބަޔަކު ނުކުތަ ނުދިނުމަށް ސަރުކާރުން އެކި ގޮަތްގޮތަށް ނުފޫޒު ފޯރުވުމުން ވެސް، ހިރިލަންދޫ ގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު މަށްޗަށް ނިކުމެ އެމަނިކުފާނަށް ދެންނެވި ފުރިހަމަ މަރުހަބާ އަށް ޝުކުރު އަދާކުރައްވާފަ އެވެ.

ހަފްލާ ގައި ވާހަކަ ދައްކަވަމުން ހިރިލަންދޫ ކައުންސިލް ގެ ރައީސް މުހައްމަދު ޖަލާލް ވިދާޅުވީ ހިރިވެލި ބީޗް ތަރައްގީ ކުރަން ނިންމީ، ހިރިލަންދޫ ކައިރީ ހިއްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލަން ދަތުރު ދާނެ ފަޅު ރަށެއް ނެތުމުގެ ސަބަބުން ރަށު ގެ އެންމެހާ ރައްޔިތުންނަށް އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލާނެ  ވަސީލަތްތަތް ފުރިހަމަ ތަނެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. އަދި މި މަސައްކަތް  މިހާ ފުރިހަމަ އަށް ނިންމާލުމުގައި ރަށު ރައްޔިތުން ދެއްވި އެއްބާރުލުމަށް ޖަލާލް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ހުޅުވި ފުރަތަމަ ދުވަހު ވެސް ގިނަ އަދަދެއްގެ ރައްޔތިން ވަނީ އާއިލާ އާ އެކު ހިތްފަސޭހަ ވަގުތުކޮޅެއް "ހިރިވެލި ބީޗު" ގައި ހޭދަކޮށްފަ
ހުޅުވި ފުރަތަމަ ދުވަހު ވެސް ގިނަ އަދަދެއްގެ ރައްޔތިން ވަނީ އާއިލާ އާ އެކު ހިތްފަސޭހަ ވަގުތުކޮޅެއް "ހިރިވެލި ބީޗު" ގައި ހޭދަކޮށްފަ

ހިރިވެލި ބީޗު ގައި ނަމާދު ކުރުމަށް ހާއްސަ ތަނެއް ހަދާފައިވެ އެވެ. އަދި ގިނަ ބަޔަކަށް އެއްފަހަރާ ބާބަކިއު ހެދުމުގެ އިންތިޒާމު ބީޗު ގައި ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން އެ ސަރަހައްދު މޫދުގައި ކުޑަކުދިން ގަޔާވާފަދަ ވަރަށް ފުރިހަމަ ވޯޓަރ ޕާކެއް މޫދު ގައި ގާއިމްކޮށްފައިވެ އެވެ.

"ހިރިވެލި ބީޗު" ގައި ވަނީ ނަމާދު ކުރުމަށް ވެސް ހާއްސަ ތަނެއް ހަދާފަ
"ހިރިވެލި ބީޗު" ގައި ވަނީ ނަމާދު ކުރުމަށް ވެސް ހާއްސަ ތަނެއް ހަދާފަ

ހިރިވެލި ބީޗު ހުޅުވައިގެން ފުރަތަމަ ދުވަހު ވެސް ކުޑަކުދިން ހިމެނޭ ހެން، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހިތްފަސޭހަ ވަގުތުކޮޅެއް އެ ސަރަހައްދުގައި ހޭދަ ކޮށްފަ އެވެ. 

ހިރިލަންދޫހިރިވެލި ބީޗްކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޞާލިޙް ކުޑަހުވަދޫ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލު ކުރައްވައިފި

ރައީސް ޞާލިޙް ކުޑަހުވަދޫ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލު ކުރައްވައިފި

22 ޑިސެމްބަރު 2025
ރައީސް ޞާލިޙް ހިރިލަންދޫ އަށް ފުރާވަޑައިގެންފި

ރައީސް ޞާލިޙް ހިރިލަންދޫ އަށް ފުރާވަޑައިގެންފި

22 ޑިސެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
ލާމަރުކަޒީ ނިޒާމް ފައްކާ ކުރުމަށް ރައީސް ސާލިހް ކުރެއްވި މަސައްކަތައް އައްޑޫ ސިޓީ އިން އެވޯޑެއް އަރުވަނީ

ލާމަރުކަޒީ ނިޒާމް ފައްކާ ކުރުމަށް ރައީސް ސާލިހް ކުރެއްވި މަސައްކަތައް އައްޑޫ ސިޓީ އިން އެވޯޑެއް އަރުވަނީ

19 އޯގަސްޓު 2025
ޙިޖުރީ އައު އަހަރުގެ ތަޙުނިޔާ ރައީސް ޞާލިޙު ފޮނުއްވައިފި

ޙިޖުރީ އައު އަހަރުގެ ތަޙުނިޔާ ރައީސް ޞާލިޙު ފޮނުއްވައިފި

26 ޖޫން 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު