Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަދަލުދިން މައްސަލަ

ބަދަލުދިން މައްސަލާގައި ކުރީގެ ރައީސް ސާލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަނީ

ކުރީ ސަރުކާރުން ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަން ލިބޭ ފަދަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޑިސެމްބަރު 2024 | ބުދަ 16:14
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އުފެއްދެވި ސެޓްލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލު ދިން މައްސަލައިގެ ޖިނައީ ތަހުގީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމިޓީގައި ސަރުކާރުގެ މެންބަރުން ވަނީ ކުރީ ސަރުކާރުން ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަން ލިބޭ ފަދަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

Advertisement - newsAdvertisement

އެގޮތުން ކުރީގެ ރައީސް ސާލިހުގެ އިތުރުން، ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމް، މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް އެންގުމަށް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ކޮމެޓީން ވަނީ 2019 އިން 2023 އާ ހަމައަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށް ނިންމާފައެވެ. އެ އެއްބަސްވުންތަކަށް ބަދަލު ދީފައިވާނަމަ އެ އަނބުރާ ދައުލަތަށް ނަގަން ބަންޑާރަ ނައިބަށް އެންގުމަށް ފާސްކޮށްފައިވެއެވެ. އަދި މާލިއްޔަތު ގާނޫނާ ހިލާފަށް އެއްވެސް ބަޔަކަށް ބަދަލު ދީފައިވާނަމަ އެ އަނބުރާ ނެގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

މި ކޮމެޓީގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވީ މިއީ ދައުލަތަށް ގެއްލުން ލިބިގެން ކުރާކަމެއް ނޫން ކަމަށާއި، މިއީ ސިޔާސީ ނިންމުމެއް ކަމެއް ކަމަށެވެ. އަދި ސެޓްލްމަންޓް ކޮމިޓީގައި ގިނަ ބޭފުޅުން ތިއްބަވާއިރު، އެންމެ ތިން ބޭފުޅުންގެ މައްސަލަ ނެގުމުން އެކަމާއި ސުވާލު އުފެދޭ ކަމަށް މެންބަރު ވިދާޅުވިއެވެ.

މި މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

ސެޓްލްމެންޓް ކޮމިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުވައިލެއްވީ 21 ނޮވެންބަރު 2024 ގައެވެ.

ބަދަލުދިން މައްސަލަ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްމާލިއްޔަތު ކޮމިޓީ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
19 އޯގަސްޓު 2025

ލާމަރުކަޒީ ނިޒާމް ފައްކާ ކުރުމަށް ރައީސް ސާލިހް ކުރެއްވި މަސައްކަތައް އައްޑޫ ސިޓީ އިން އެވޯޑެއް އަރުވަނީ

19 އޯގަސްޓު 2025
ލާމަރުކަޒީ ނިޒާމް ފައްކާ ކުރުމަށް ރައީސް ސާލިހް ކުރެއްވި މަސައްކަތައް އައްޑޫ ސިޓީ އިން އެވޯޑެއް އަރުވަނީ
02 އޯގަސްޓު 2025

ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

02 އޯގަސްޓު 2025
ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް
09 ޖުލައި 2025

އޭސީސީގެ މެމްބަރުން އެދިގެން ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ސިއްރު

09 ޖުލައި 2025
އޭސީސީގެ މެމްބަރުން އެދިގެން ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ސިއްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު