Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ބަރުދަން ލުއިކުރުން

ބަރުދަން ލުއިކުރާ ފުރަތަމަ ގުޅަ ބޭސް އަންނަ އަހަރު ޖެނުއަރީ ގައި ބާޒާރަށް ނެރޭނެ

ނޮވޯ ނޯޑިސްކުން އުފައްދާ ވިގޯވީ ގުޅަ ދުވާލަކު އެއް ފަހަރު ބޭނުންކުރެވޭ އިރު، ތަހުލީލުތަކުން ދައްކާ ގޮތުގައި މި ބޭސް ބޭނުންކޮށްގެން މީހުންގެ ބަރުދަން އެވްރެޖްކޮށް 16.6 އިންސައްތަ ލުއިވެފައިވާއިރު، ތިންބައިކުޅަ އެއްބައި މީހުންގެ ބަރުދަން 20 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑަށް ލުއިވެފައިވޭ.

ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 11:17
ވެގޯވީ އަކީ ބަރުދަން ލުއި ކުރުމަށް ބޭނުން ކުރާ ބޭހެއް - މި ބޭސް މިހާތަނަށް ބޭނުން ކުރަމުން އައީ އިންޖެކްޝަނެއްގެ ގޮތުގައި.

ވެގޯވީ އަކީ ބަރުދަން ލުއި ކުރުމަށް ބޭނުން ކުރާ ބޭހެއް - މި ބޭސް މިހާތަނަށް ބޭނުން ކުރަމުން އައީ އިންޖެކްޝަނެއްގެ ގޮތުގައި.

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ފުރަތަމަ ގުޅަ ބޭހަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފި ކަމަށް ފާމަސޫޓިކަލް ދާއިރާގެ ބޮޑު ކުންފުނި ނޮވޯ ނޯޑިސްކުން ބުނެފި އެވެ.

މިއީ ބަރުދަން ލުއި ކުރުމަށް ގުޅަ ބޭހަކަށް ހުއްދަ ދިން ފުރަތަމަ ފަހަރެވެ. އެއާއެކު މިއީ ބަރުދަން ލުއި ކުރުމަށް ބޭނުން ކުރާ ބޭހުގެ މުޅިން އައު ޒަމާނެއްގެ ފެށުން ކަމަށް ރިޕޯޓުތަކުގައި ސިފަ ކޮށްފައިވެ އެވެ. 

ވިގޯވީ ބޭސް އުފައްދާ ޑެންމާކުގެ ނޮވޯ ނޯޑިސްކުން ބުނެފައިވަނީ، ދުވާލަކު އެއް ފަހަރު ބޭނުންކުރާ މި ގުޅައަކީ އިންޖެކްޝަނުގެ ބަދަލުގައި ބޭނުން ކުރަން ފަސޭހަ ގޮތެއް ކަމަށާއި، އިންޖެކްޝަނުން ލިބޭ ބަރުދަން ލުއިވުމުގެ ނަތީޖާ މި ގުޅައިން ވެސް ލިބޭނެ ކަމަށެވެ. އެފްޑީއޭ އިން ކުރިން ވަނީ ވެގޯވީ އިންޖެކްޝަނަށް ބަރުދަން ލުއިކުރުމުގެ ޚާއްސަ ކޮށް ހުއްދަ ދީފަ އެވެ. .

އޮޒެމްޕިކް (Ozempic) ފަދަ އެހެނިހެން ބޭސްތަކުން ވެސް ބަރުދަން ލުއިކުރުމުގެ ނަތީޖާ ލިބޭ ނަމަވެސް، އެ ބޭސްތަކަށް މައިގަނޑު ގޮތެއްގައި ހުއްދަ ދީފައިވަނީ ޓައިޕް 2 ޑައިބެޓީސް އަށް ފަރުވާ ދިނުމަށެވެ.

ނޮވޯ ނޯޑިސްކުން ހޯމަ ދުވަހު ބުނި ގޮތުގައި، ވިގޯވީ ގުޅަ ބޭނުންކޮށްގެން ކުރި ތަހުލީލުތަކުގައި، މީހުންގެ ބަރުދަން އެވްރެޖްކޮށް 16.6 އިންސައްތަ ލުއިވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ތަހުލީލުގައި ބައިވެރިވި 1,300 އެއްހާ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންގެ ބަރުދަން 20 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑަށް ލުއިވެފައިވާކަން ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.

މި ބޭހުގެ ގުޅަ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު އެމެރިކާގެ ބާޒާރަށް ނެރެވޭނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

މަސްދަރު: ބީބީސީ

އެމްއެފްޑީއޭނޯވޯ ނޯޑިސްކްވިގޯވީބަރުދަން ލުއިކުރުންއޮޒެމްޕިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ބަރުދަން ލުއި ކުރާ ގުޅަ ބޭސް ފުރަތަމަ ފަހަރަށް ބާޒާރަށް ނެރެފި

ބަރުދަން ލުއި ކުރާ ގުޅަ ބޭސް ފުރަތަމަ ފަހަރަށް ބާޒާރަށް ނެރެފި

07 ޖެނުއަރީ 2026
ރޫސީ ވިލާތުގެ ޒުވާނުން ބަރުދަން ލުއިކުރަން ނުރައްކާތެރި "މޮލިކިއުލް" ކިޔާ ގުޅަ ބޭހަކަށް ޝައުގުވެރި ވަނީ

ރޫސީ ވިލާތުގެ ޒުވާނުން ބަރުދަން ލުއިކުރަން ނުރައްކާތެރި "މޮލިކިއުލް" ކިޔާ ގުޅަ ބޭހަކަށް ޝައުގުވެރި ވަނީ

02 ނޮވެމްބަރު 2025
މިންގަނޑަށް ނުފެތޭ 25 ކެފޭ އަދި ރެސްޓޯރަންޓް ބަންދުކޮށްފި

މިންގަނޑަށް ނުފެތޭ 25 ކެފޭ އަދި ރެސްޓޯރަންޓް ބަންދުކޮށްފި

23 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކުޑަކުދިންގެ ކެއްސުމުގެ ބޭހެއްގެ ގޮތުގައި ބޭނުންކުރާ 'ކޮފްސީ ސިރަޕް' ވިއްކުމާއި އެތެރެކުރުން މަނާކޮށްފި

ކުޑަކުދިންގެ ކެއްސުމުގެ ބޭހެއްގެ ގޮތުގައި ބޭނުންކުރާ 'ކޮފްސީ ސިރަޕް' ވިއްކުމާއި އެތެރެކުރުން މަނާކޮށްފި

20 އޯގަސްޓު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު