Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ވިގޯވީ

ބަރުދަން ލުއި ކުރާ ގުޅަ ބޭސް ފުރަތަމަ ފަހަރަށް ބާޒާރަށް ނެރެފި

ނޯވޯ ނޯޑިސްކް ކުންފުނިން ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ވިގޯވީ ގުޅަބޭސް އެމެރިކާ ގައި ބާޒާރަށް ނެރެފި. ދުވާލަކު ގުޅައެއް ބޭނުން ކުރަން ޖެހޭ ވިގޯވީ ގެ ސްޓާޓަރ ޑޯޒް މަހަކު 149 ޑޮލަރަށް ލިބޭއިރު، އެންމެ މަތީ ޑޯޒްތައް ލިބޭނީ 299 ޑޮލަރަށް.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 17:22
ނޮވޯ ނޯޑިސްކް އިން ބަރުދަން ލުއި ކުރަން އުފެއްދި ފުރަތަމަ ގުޅަ ބޭސް ވިގޯވީ

ނޮވޯ ނޯޑިސްކް އިން ބަރުދަން ލުއި ކުރަން އުފެއްދި ފުރަތަމަ ގުޅަ ބޭސް ވިގޯވީ | ނޯވޯ ނޯޑިސްކް

ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ މީހުންނަށް މިހާރު ވަނީ އައު ފުރުޞަތެއް ހުޅުވިފައެވެ. އެއީ ކޮންމެ ހަފުތާއަކު އެއްފަހަރު ޖަހަންޖެހޭ އިންޖެކްޝަނުގެ ބަދަލުގައި، 'ވިގޯވީ' (Wegovy) ބޭސް ކޮންމެ ދުވަހަކު ގުޅައެއްގެ ގޮތުގައި ބޭނުންކުރުމެވެ.

މި ބޭސް އުފައްދާ ނޯވޯ ނޯޑިސްކް (Novo Nordisk) ކުންފުނިން ހާމަކުރި ގޮތުގައި، ޑޮކްޓަރީ ސިޓީ އަށް ބޭސް ގަންނަ ފަރާތްތަކަށް 1.5 މިލިގްރާމްގެ 'ސްޓާޓަރ ޑޯޒް' މިދިޔަ ހޯމަ ދުވަހުން ފެށިގެން އެމެރިކާ ގައި ލިބެން ހުންނާނެ އެވެ. އަދި މި ހަފުތާ ނިމުމުގެ ކުރިން މީގެ މަތީ ޑޯޒްތައް ވެސް ބާޒާރަށް ނެރެވޭނެ އެވެ.

މާބޮޑަށް ފަލަވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް GLP-1 ގުޅަ ބޭސް ބޭނުންކުރަން ފެށުމަކީ ބަރުދަން ކޮންޓްރޯލް ކުރުމުގެ ދާއިރާގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، އެލީ ލިލީ (Eli Lilly) ކުންފުނިން އުފައްދާ 'އޯފޯގްލިޕްރޮން' (orforglipron) ބޭހަށް ވެސް މިއަހަރުގެ ހޫނު މޫސުމުގެ ކުރިން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (FDA) ގެ ހުއްދަ ލިބޭނެ ކަމަށް ބެލެވެ އެވެ.

މީގެ ކުރިން ޖަހަމުން އައި GLP-1 އިންޖެކްޝަނަށް އޮތް ބޮޑު ޑިމާންޑުގެ ސަބަބުން އިންޖެކްޝަން ލިބުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، ވީގޯވީ ގުޅަ ބޭސް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ނޯވޯ ނޯޑިސްކުން ބުނެ އެވެ.

ޑެންމާކުގެ މި ކުންފުނިން ފާހަގަކުރި ގޮތުގައި، ބޭސް އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް އެ ކުންފުނިން ވަނީ ފާއިތުވި އަހަރުތަކުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. މިގޮތުން ވިގޯވީ ގުޅަ ބޭސް އެއްކޮށް އުފައްދަނީ އެމެރިކާގެ ނޯތު ކެރޮލައިނާގައި ހުންނަ އެ ކުންފުނީގެ ކާރުޚާނާތަކުގަ އެވެ.

މި ބޭސް ގުޅަ އަކީ މިކަމަށް އޮތް ފަސޭހަ ނުވަތަ ކުރު މަގެއް ނޫންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އިންޖެކްޝަން ބޭނުންކޮށްގެން ކުރިއަށްގެންދާ ފަރުވާތަކެކޭ އެއްފަދައިން، ގުޅަ ބޭސް ވެސް ބޭނުން ކުރަން ޖެހޭނީ ކެއިންބުއިމުގެ އާދަތަކަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއެކުގަ އެވެ. މީގެ އިތުރުން، ފަރުވާގެ ކުރީކޮޅުގައި ބައެއް ބަލިމީހުންނަށް މޭނުބައިކުރުން ފަދަ ނޭދެވޭ އަސަރުތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ކުންފުނިން ބުނެފައިވެ އެވެ.

ބޭހުގެ އަގުތައް ހުރީ ކިހިނެއް؟

ނޯވޯ ނޯޑިސްކުން ޓްރަމްޕްގެ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އަމިއްލަ އަށް ފައިސާ ދައްކައިގެން ބޭސް ގަންނަ ފަރާތްތަކަށް 1.5 މިލިގްރާމްގެ ސްޓާޓަރ ޑޯޒް މަހަކު 149 ޑޮލަރަށް ލިބޭނެ އެވެ. އަދި 4 މިލިގްރާމްގެ ޑޯޒް ވެސް އޭޕްރިލް 15 ގެ ނިޔަލަށް މި އަގުގައި ލިބޭނެ އެވެ. ނަމަވެސް އެއަށް ފަހު އެ ޑޯޒްގެ އަގު 199 ޑޮލަރަށް ބޮޑުވާނެ އެވެ.

މީގެ އިތުރުން، 9 މިލިގްރާމް އަދި 25 މިލިގްރާމްގެ ޑޯޒްތައް ލިބޭނީ މަހަކަށް ބަލާ ނަމަ 299 ޑޮލަރަށެވެ.

ވިގޯވީނޯވޯ ނޯޑިސްކްއެލީ ލިލީފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ބަރުދަން ލުއިކުރާ ފުރަތަމަ ގުޅަ ބޭސް އަންނަ އަހަރު ޖެނުއަރީ ގައި ބާޒާރަށް ނެރޭނެ

ބަރުދަން ލުއިކުރާ ފުރަތަމަ ގުޅަ ބޭސް އަންނަ އަހަރު ޖެނުއަރީ ގައި ބާޒާރަށް ނެރޭނެ

25 ޑިސެމްބަރު 2025
ރޯދަ އަށް ހުރެގެން ވެސް ބޭސް ބޭނުން ކުރެވިދާނެތަ؟

ރޯދަ އަށް ހުރެގެން ވެސް ބޭސް ބޭނުން ކުރެވިދާނެތަ؟

06 ޖޫން 2018
ސާގު:  ބަރުދަން ލުއިކޮށްލަން ރަނގަޅު ބޭހެއް

ސާގު: ބަރުދަން ލުއިކޮށްލަން ރަނގަޅު ބޭހެއް

06 ޖޫން 2018
ބަރުދަން ލުއިކުރަން ޑަޔަޓްގައި އާމަންޑް ހިމަނާ!

ބަރުދަން ލުއިކުރަން ޑަޔަޓްގައި އާމަންޑް ހިމަނާ!

01 ޖޫން 2018
ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

09 އެޕްރީލު 2018

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު