Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަސާސީ ބޭސް ނުލިބުން

ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް

ސަރުކާރުން ކުރަންވާ ވަރަށް ދިރާސާ ނުކޮށް އެކުލަވާލާ ތަންފީޒު ނުކުރެވޭ ޤަވާއިދުތަކުގެ ސަބަބުން ގެއްލުން ވަނީ އާއްމުންނަށް ކަމަށް އާދިލް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 އެޕްރީލު 2025 | ބުރާސްފަތި 13:51
ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލ، ފަލަސުރުޚީގައި ވާހަކަދައްކަވަނީ

ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލ، ފަލަސުރުޚީގައި ވާހަކަދައްކަވަނީ

ބޭސް ލިބުން ދަތިވަނީ ސަރުކާރުގެ ސަބަބުން ކަމަށާއި ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. ސަރުކާރުން ކުރަންވާ ވަރަށް ދިރާސާ ނުކޮށް އެކުލަވާލާ ތަންފީޒު ނުކުރެވޭ ޤަވާއިދުތަކުގެ ސަބަބުން ގެއްލުން ވަނީ އާއްމުންނަށް ކަމަށް އާދިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވި މި މަހުގެ 15 އަށް ވަނީ ހަމަވެފައެވެ. ނަމަވެސް އެ މައްސަލަ އަށް ހައްލެއް ލިބިފައެއް ނުވެއެވެ.

މިއަދު ރާއްޖޭގެ އުތުރާއި ދެކުނަށް ބެލިޔަސް ދައްކަނީ ބޭސް ނުލިބޭ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް މަސައްކަތް ކުރައްވަނީ ސިނާއަތްތައް ހިންގާ މީހުންނާއި ޖެހިގަނެގެން ކަމަށާއި ސިނާއަތްތައް ފުނޑާލުމުގެ ނުރަނގަޅު އަސަރު ކުރަނީ އެ ސިނާއަތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ޓުއަރިޒަމް ދާއިރާ އާއި ސިއްހީ ދާއިރާ އަކީ އެއީ އެފަަދަ ދާއިރާތައް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ބޭސް އެތެރެކުރާ ފަރާތްތަކަށް އެއްވެސް ލުޔެއް ނުދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެމްއެފްޑީއޭއިން މަދުވެގެން 5 ފަހަރު ބަދަލުގެންނަވާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިހާރު ބޭސް އެތެރެ ކުރުމުގެ 10 ދުވަސް ކުރިން އެއާވޭ ބިލް އާއި ޕެކިން ލިސްޓް އަދި އިންވޮއިސް އެމްއެފްޑީއޭ އަށް ހުށަހަޅަން ޖެހޭ ކަމަށް އާދިލް ވިދާޅުވިއެވެ.

އެ އުސޫލު އެގޮތަށް އޮތުމަކީ ބޭސް އެތެރެ ކުރާ މިހުންނަށް ދިމާވާ ވަރަށް ބޮޑު ދައްޗެއް ކަަމަށް އޭނާ ވިދާޅުވިއެވެ. ވިޔަފާރިވެރިންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވާ ކަމަށް އާދިލް ވިދާޅުވިއެވެ. ނަމަވެސް ތަކުރާރުކޮށް މަޝްވަރާކޮށްގެންވެސް ސަރުކާރުން އެކަން ހައްލުކުރަން މަސައްކަތް ނުކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ބޭސްފިހާރަތަކުން ބޭސް ލިބުން ދަތިވެ އެތައް ބަޔަކު ތަކުލީފުތަކެއް އުފުލަން ޖެހުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށް ރައީސް ވަނީ ދ. މީދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ. ފެބްރުއަރީ 24، 2025 ވަނަ ދުވަހުގެ ރޭ ރައީސް ވިދާޅުވީ ބޭސް މަދުވެ ރާއްޖެ ބޭހަށް ޖެހުނީ އެ ވިޔަފާރި ކުރާ ފަރާތްތަކުން ދަތިކުރަން ފެށުމުން ކަމަށެވެ.

އެގޮތުން ބޭސް ލިބުމުގައި ދިމާވެގެން އުޅޭ ބޭހުގެ ދަތިކަމަކީ އެ ވިޔަފާރި ކުރާ އަމިއްލަ ވިޔަފާރިތަކުން ރާވައިގެން ކުރާ ކަމެއް ކަަމަށް ރައީސް ވިދާޅުވިއެވެ. އެއީ ރައްޔިތުންނަށް ދަތިކުރަން ކުރި ކަމެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފަ އެވެ. އަދި ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން "މެޑިކަލް މާފިއާ" އިން އެކަން ކުރާ ކަމަށް ވެސް ރައީސް ވަނީ އޭރު ވިދާޅުވެފައެވެ.

އަހުމަދު އަދީލްރައީސުލްޖުމްހޫރިއްޔާ މުޢިއްޒުމެޑިކަލް މާފިއާބޭސް ނުލިބޭ މައްސަލަހެލްތު މިނިސްޓްރީއެމްއެފްޑީއޭ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

10 އޮކްޓޯބަރު 2025
މިންގަނޑަށް ނުފެތޭ 25 ކެފޭ އަދި ރެސްޓޯރަންޓް ބަންދުކޮށްފި

މިންގަނޑަށް ނުފެތޭ 25 ކެފޭ އަދި ރެސްޓޯރަންޓް ބަންދުކޮށްފި

23 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު