Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ބަރުދަން ލުއިކުރުން

ރޫސީ ވިލާތުގެ ޒުވާނުން ބަރުދަން ލުއިކުރަން ނުރައްކާތެރި "މޮލިކިއުލް" ކިޔާ ގުޅަ ބޭހަކަށް ޝައުގުވެރި ވަނީ

"މޮލެކިއުލް" ގުޅަ ބޭހަކީ ރޫސީ ޒުވާނުންގެ މެދުގައި ބަރުދަން ލުއިކުރަން ވައިރަލްވި ބޭހެއް ނަމަވެސް، މި ބޭހުގައި ހިމެނޭ މަނާ މާއްދާ ސިބުޓްރަމިން އިން ހާޓް އެޓޭކް، ސްޓްރޯކް، ނަފްސާނީ މައްސަލަތަކާއި ގަދަ ސައިޑް އިފެކްޓްތައް ކުރިމަތިވެ، ސްކޫލް ކުދިން ހޮސްޕިޓަލަށް ގެންދަންވެސް ޖެހުނެވެ.

ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2025 | އާދީއްތަ 13:41
މޮލިކިއުލް ގުޅަ: މި ގިތެޔޮ ގިރާ މާއްދާގައި ސިބިއުޓްރަމިން ކިޔާ މާއްދާއެއް ހިމެނޭއިރު، މިއީ ގިނަ ގައުމުތަކެއްގައި މަނާކުރާ މާއްދާއެއް

މޮލިކިއުލް ގުޅަ: މި ގިތެޔޮ ގިރާ މާއްދާގައި ސިބިއުޓްރަމިން ކިޔާ މާއްދާއެއް ހިމެނޭއިރު، މިއީ ގިނަ ގައުމުތަކެއްގައި މަނާކުރާ މާއްދާއެއް

ހަލުއި ކަމާ އެކު ބަރުދަން ލުއިކޮށްދޭ ޔަގީން ބޭހެއްގެ ގޮތުގައި "މޮލެކިއުލް"، ކިޔާ ގުޅަ ބޭހެއް މިއަހަރުގެ ކުރީކޮޅު ރޫސީ ޓިކްޓޮކްގައި ވައިރަލްވިއެވެ.

ޒުވާނުންގެ ފީޑްތައް "މޮލެކިއުލް ބޭނުން ކޮށްގެން ކާއެއްޗެހި މަތިން ހަނދާން ނައްތާލާ" ފަދަ ކެޕްޝަންތަކުން ފުރެންފެށިއެވެ.

ވީޑިއޯތަކުގައި ދައްކާފައިވަނީ ހޮލޮގްރާމްތަކާއި "މޮލެކިއުލް ޕްލަސް" ލޭބަލް ޖަހާފައިވާ ނޫކުލައިގެ ފޮށިތަކުން ފުރިފައިވާ ފްރިޖްތަކެވެ.

ޓީނޭޖު ކުދިން އެމީހުންގެ "ބަރުދަން ލުއިކުރުމުގެ ދަތުރު" ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ދިޔައިރު، މި ބޭހަށް ލިބެމުން ދިޔަ އޯޑަރުތައް އިތުރުވަމުން ދިޔައެވެ.

އެހެންނަމަވެސް، މީގައި ފޮރުވިފައިވަ އެތައް މައްސަލަ އެއް ހުރިކަން އެނގޭ މީހުން ވެސް މަދެއް ނޫނެވެ.

22 އަހަރުގެ މަރިޔާ، މި ގުޅަ ބޭސް ގަނެފައިވަނީ މަޤްބޫލު އޮންލައިން ވިޔަފާރިއަކުންނެވެ. އޭނާ ދުވާލަކު ދެ ގުޅަ ނަގައި، ދެ ހަފުތާއެއްހާ ދުވަސް ވީތަނާ، އޭނާގެ އަނގަ ހިކި، ކެއުމުގެ ޝައުޤުވެރިކަން މުޅިން ގެއްލުނެވެ.

"އަހަރެން ކާހިތްވުން މުޅިން ކެނޑުނު، އަދި ދިޔާ އެއްޗެހި ބުއިމުގެ ޝައުޤުވެރިކަމެއްވެސް ނެތް. އަހަރެން ހާސްވެފައި ހުންނަނީ. އަހަރެން އަބަދުވެސް ތުންފަތުގައި އަމިއްލަ އަށް ދައިގަނެ، ކޯތާފަތް ވަޅުޖަހަމުން ދިޔައީ."

މަރިޔާ އަށް ބޮޑެތި ކަންބޮޑުވުންތައް ކުރިމަތިވެ، ނުރަނގަޅު ފިކުރު އިތުވާން ފެށިއެވެ. "މި ގުޅަތަކުން އަހަރެންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކުރަމުންދިޔަ،" އޭނާ ބުނެފައިވެއެވެ.

ސެންޓް ޕީޓަރސްބާގްގައި ދިރިއުޅޭ މަރިޔާ ބުނާގޮތުގައި، އޭނާ މިފަދަ ގަދަ ސައިޑް އިފެކްޓްތަކަށް ހުރީ ތައްޔާރުވެގެންނެއް ނޫނެވެ.

ޓިކްޓޮކް ގައި އެހެން މީހުން ފާހަގަކޮށްފައި ވަނީ ލޯ ބޮޑުވުން، ހަށިގަނޑު ތުރުތުރުއެޅުން، އަދި ނިދިނައުން ފަދަ ކަންކަމެވެ. އަދި މަދުވެގެން ތިން ސްކޫލް ކުދިން ހޮސްޕިޓަލަށް ގެންދަންޖެހުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އޭޕްރިލް މަހު، ސައިބީރިއާގެ ޗިޓާގައި ސްކޫލް އަންހެންކުއްޖަކަށް މޮލެކިއުލް އޯވަޑޯސް ވެގެން ހޮސްޕިޓަލްގެ ފަރުވާ ދޭން ޖެހުނެވެ. ލޯކަލް ރިޕޯޓްތަކުގައިވާގޮތުން، އޭނާ ބޭނުންވީ ހޫނު މޫސުމް އަންނަންވާ އިރަށް އަވަހަށް ބަރުދަން ލުއިކޮށްލާށެވެ.

އެހެން ސްކޫލް އަންހެންކުއްޖެއްގެ މަންމަ ލޯކަލް މީޑިއާ އަށް ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު އިންޓެންސިވް ކެއަރ އަށް ވައްދަން ޖެހުނީ އެއްފަހަރާ އެތައް ގުޅައެއްގެ މޮލެކިއުލް ބޭނުން ކުރުމުގެ ސަބަބުންނެވެ.

މޮލެކިއުލް ގުޅަތަކުގެ ޕެކޭޖިންގގައި އާންމުކޮށް ލިސްޓުކޮށްފައި ހުންނަނީ "ގުދުރަތީ މާއްދާތައް" ބޭނުން ކޮށްފައި ހުންނަ ކަމަށެވެ.

ނަމަވެސް މިއަހަރުގެ ކުރީކޮޅު، ރަޝިއާގެ ނޫސް އިޒްވެސްޓިޔާގެ ނޫސްވެރިން އޮންލައިންކޮށް ގަނެފައިވާ ގުޅަތައް ޓެސްޓްކުރުމަށް ފޮނުވުމުން، އޭގައި ސިބިއުޓްރަމިން ކިޔާ މާއްދާއެއް ހިމެނޭކަން ފެނިފައިވެއެވެ.

1980 ގެ އަހަރުތަކުގައި ފުރަތަމަ ބޭނުން ކުރަން ފެށި ސިބިއުޓްރަމިން އަކީ ޑިޕްރެޝަން ފަރުވާ އަށް ބޭނުން ކުރާ ބޭހެކެވެ. ފަހުން މިއީ ކާހިތްވުން ކުޑަކުރަން ބޭނުން ކުރެވުނެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ސިބިއުޓްރަމިން ހާޓް އެޓޭކް އާއި ސްޓްރޯކްގެ ނުރައްކާ އިތުރުކުރެއެވެ. އަދި ބަރުދަން ލުއިކުރުމަށް ކުޑަކޮށް އެހީވެދެއެވެ.

މިއީ 2010 ގައި އެމެރިކާގައި މަނާކުރެވުނު، އަދި ޔޫކޭ، ޔޫރަޕިއަން ޔޫނިއަން، ޗައިނާ އަދި އެހެން ޤައުމުތަކުގައި ވެސް ޤާނޫނީ ގޮތުން މަނާ އެއްޗެކެވެ.

ރަޝިޔާ ގައި މިއީ އަދިވެސް ބަރުދަން އިތުރުވުމުގެ ފަރުވާ އަށް ބޭނުން ކުރެވޭ އެއްޗެކެވެ. އެހެން ނަމަވެސް ސިބިއުޓްރަމިން ބޭނުން ކުރަން ހުއްދަ އޮންނަނީ ބޮޑެތި މީހުންނަށެވެ. އެއީ ވެސް ޑޮކްޓަރުގެ ސިޓީއަށެވެ.

ޑޮކްޓަރުގެ ސިޓީއަކާ ނުލައި ސިބިއުޓްރަމިން ގަތުމާއި ވިއްކުމަކީ ރަޝިޔާ ގައި ވެސް ޖިނާއީ ކުށެކެވެ. ނަމަވެސް އަމިއްލަ ފަރުދުންނާއި ކުދި ވިޔަފާރިތަކުން އޮންލައިންކޮށް މިއެއްޗެހި ވިއްކުން ހުއްޓުވިފައެއް ނުވެއެވެ.

ޓިކްޓޮކް ގައި ފާޅު ގައި މި ބޭސް މާރކެޓް ކުރަމުން ގެންދާއިރު މިއީ ކޮންތަނެއްގައި އުފެއްދި އެއްޗެއް ކަމެއް ވެސް ނޭނގޭ ކަމަށް ވެެއެވެ. އަދި ބައެއް ފަހަރު އުފެއްދި ކުންފުނީގެ ނަން ޖަހާފައި ހުރި ނަމަވެސް އެއީ ހަގީގަތުގައި ހުންނަ ތަނެއް ނޫން ކަމަށް ވެސް ވެއެވެ.

މި ބޭހުގެ ސަބަބުން ނުރައްކާތެރި އަސަރުތަކެއް ކުރި އުމުރުން 22 އަހަރުގެ މާރިޔާ މަސައްކަތް ކުރަމުން ގެންދަނީ މޮލެކިއުލް ބޭހާ ޒުވާނުން ދުރުކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރު ކުރާށެވެ.

މިހާރު އޭނާ ބަރުދަން ލުއިކުރުމާބެހޭ ފޯރަމްތަކުގައި އެހެން ޒުވާން އަންހެނުންނާއި އަންހެން ކުދިންނަށް މި ގުޅާތައް ބޭނުން ނުކުރުމަށް ބާރު އަޅާ ވާހަކަ ދައްކަމުން ގެންދެއެވެ.

ނަމަވެސް މޮލެކިއުލް އަދިވެސް އޮންލައިން ކޮށް މަގުބޫލު ބޭހެއްގެ ގޮތުގައި އަންނަނީ ފާހަގަ ކުރެވެމުންނެވެ.

މޮލެކިއުލްސިބިއުޓްރަމިން ބަރުދަން ލުއިކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!

ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!

10 ސެޕްޓެމްބަރު 2025
އަލަށް އުފެއްދި ގުޅަ ބޭހަކުން 16 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް 12 ކިލޯ ބަރުދަން ލުއި ކުރެވިދާނެ

އަލަށް އުފެއްދި ގުޅަ ބޭހަކުން 16 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް 12 ކިލޯ ބަރުދަން ލުއި ކުރެވިދާނެ

08 އޯގަސްޓު 2025
ކަސްރަތު ކުރުމުންވެސް ބަރުދަން ލުއި ނުވަނީ ކީއްވެ؟

ކަސްރަތު ކުރުމުންވެސް ބަރުދަން ލުއި ނުވަނީ ކީއްވެ؟

04 ޖެނުއަރީ 2019
ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

12 ޖޫން 2018
ސާގު:  ބަރުދަން ލުއިކޮށްލަން ރަނގަޅު ބޭހެއް

ސާގު: ބަރުދަން ލުއިކޮށްލަން ރަނގަޅު ބޭހެއް

06 ޖޫން 2018

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު