Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭއެސްސީ

ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި

ޖޭއެސްސީގެ ރައީސްކަމުގައި ހުރި ހުސައިން ރިޒާ އާދަމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ނިންމުމަކީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަކިކުރުމަށް ނިންމި ނިންމުން

އަލީ ޝާހީން
އަލީ ޝާހީން | 26 އޮކްޓޯބަރު 2025 | އާދީއްތަ 08:47
މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް

މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުން ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އިސްތިއުފާ ދެއްވައިފި އެވެ.

ޖޭއެސްސީގެ ރައީސްކަމަށް ރިޒާ އިންތިޚާބުކުރީ ޖޫން 12 ވަނަ ދުވަހު އެވެ. އޭނާ ޖޭއެސްސީގައި ހުންނެވީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުންނެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެ އެވެ. މި އިސްތިއުފާއާ ގުޅިގެން ޖޭއެސްސީގެ މެންބަރުކަމާއި ރައީސްގެ މަގާމުވެސް ހުސްވާނެ އެވެ.

މީގެ ކުރިން، ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު އެ މަޤާމަށް ޔަޒްމީދު މުޙައްމަދު ވަނީ އިންތިޚާބުކޮށްފަ އެވެ. ރިޒާގެ އިސްތިއުފާއާ ގުޅިގެން މިހާރު ޖޭއެސްސީގެ އެންމެ އިސް ވެރިޔަކަށް ހުންނަވާނީ ޔަޒްމީދު އެވެ.

ޖޭއެސްސީގެ ރައީސްގެ މަގާމުގައި ރިޒާ ހުންނެވެއިރު އެންމެ ފާހަގަކޮށްލެވޭ އެއް ނިންމެވުމަކީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަކިކުރުމަށް ނިންމި ނިންމުމެވެ. މި ނިންމުމާ ގުޅިގެން ގިނަ ފަރާތްތަކުން ވަނީ ޖޭއެސްސީއަށް ފާޑުކިޔާފަ އެވެ. އޭގެ ތެރޭގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ހުސްނުއްސުއޫދު ހިމެނެ އެވެ. މީގެ ތެރެއިން ސުއޫދު ވަނީ ފަހުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ.

ރިޒާގެ އިސްތިއުފާ ދެއްވުމާ ގުޅިގެން، މިހާރު ޖޭއެސްސީގައި ތިއްބެވީ ނައިބު ރައީސް ޔަޒްމީދު މުޙައްމަދުގެ އިތުރުން، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް، ދަށު ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދު، އާންމުންގެ ފަރާތުން އިދްރީސް ފައުޒީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖްތާޒް، ބަންޑާރަނައިބު އަޙްމަދު އުޝާމް އަދި ޤާނޫނީ ވަކީލުންގެ ފަރާތުން ޢަލީ ޢަބްދުއްލަޠީފެވެ.

ޖޭއެސްސީސުޕްރީމް ކޯޓުރައްޔިތުންގެ މަޖިލިސްފަނޑިޔާރުން

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

14 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު