Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނަޕޯލީ

އޮސީމެން ހޯދުމަށް ޗެލްސީން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ

އޮސީމެން ހޯދުމަށް ޗެލްސީން ކުރަމުން އައި މަސައްކަތް މިހާރު ނާކާމިޔާބުވެފައިވާ ކަމަށާއި، ނަޕޯލީގައި ތިބި ޗެލްސީގެ އޮފިޝަލުން މިހާރު އެނބުރި ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2024 | ހޮނިހިރު 05:16
ނަޕޯލީ އަށް ކުޅެމުން އަންނަ ވިކްޓަ އޮސީމެން

ނަޕޯލީ އަށް ކުޅެމުން އަންނަ ވިކްޓަ އޮސީމެން

ނަޕޯލީ އަށް ކުޅެމުން އަންނަ ނައިޖީރިއާގެ ވިކްޓަ އޮސީމެން ހޯދުމަށް ޗެލްސީން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ އެވެ.

ލީލް ދޫކޮށް އޮސީމެން ނަޕޯލީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ، އޮސީމެން ހުރީ ނަޕޯލީ ދޫކޮށްލަން ބޭނުންވެފަ އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އައީ ޗެލްސީގެ އިތުރުން ސައުދީ އަރަބިޔާގެ ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބުތަކުންނެވެ. އެހެން ނަމަވެސް، އޭނާ ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ޗެލްސީ އެވެ. އޭނާ ހޯދުމަށް ޗެލްސީން ކުރަމުން އައި މަޝްވަރާތަކުގައި، އެއްވެސް ފަރާތަކަށް އެއްބަސްވުމަށް އާދެވިފައި ނުވާ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ. އެހެންވެ، އޮސީމެން ހޯދުމަށް ޗެލްސީން ކުރަމުން އައި މަސައްކަތް މިހާރު ނާކާމިޔާބުވެފައިވާ ކަމަށާއި، ނަޕޯލީގައި ތިބި ޗެލްސީގެ އޮފިޝަލުން މިހާރު އެނބުރި ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި، ސައުދީ ލީގުގެ ކުލަބުތަކުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ނުވެއްޖެ ނަމަ، އޮސީމެން އަށް ޖެހޭނީ ނަޕޯލީގައި މަޑު ކުރާށެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ނަޕޯލީ އާއި އޮސީމެންގެ ގުޅުން ގޯސްވެފައިވާއިރު، ނަޕޯލީގެ ފުރަތަމަ ޓީމުގައި އޭނާ ބަހައްޓަން ކުލަބުން ދެން ބޭނުމެއް ވެސް ނުވާނެ އެވެ.

އޮސީމެން ވަނީ ނަޕޯލީ އަށް ކުޅެދިން 133 މެޗުގައި 75 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ އިޓާލިއަން ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

ނަޕޯލީޗެލްސީވިކްޓާ އޮސީމެން

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު