Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

މެޗު އެއްވަރުވެ ނަޕޯލީ އެއް ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 25 މެޗުން 56 ޕޮއިންޓާ އެކު އެވެ. ނަޕޯލީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އިންޓަރ މިލާނަށް ލިބެނީ 54 ޕޮއިންޓެވެ. އެހެންކަމުން މެޗުގެ އަދަދު ހަމަކުރާއިރު، އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އިންޓަރ މިލާނަށް އޮންނާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ފެބުރުއަރީ 2025 | އާދީއްތަ 05:52
އިޓާލިއަން ލީގުގައި ލާޒިއޯ އާއި ނަޕޯލީ ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ލާޒިއޯ އާއި ނަޕޯލީ ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު އެއްވަރުވެ، އެއް ވަަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު ނަޕޯލީ އަށް ގެއްލިއްޖެ އެވެ.

ލާޒިއޯގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ލާޒިއޯ އިން ލަނޑު ޖަހައި ލީޑު ހޯދާފައި ވަނިކޮށް، ނަޕޯލީން ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ލީޑު ނެގި އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ލާޒިއޯ އިން ނަތީޖާ ހަމަހަމަ ކުރި އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ލާޒިއޯ އަށް ލީޑު ނަގައިދިނީ ގުސްޓާވް އިސާކްސެން އެވެ. ނަމަވެސް މެޗުގެ 13 ވަަނަ މިނެޓުގައި ޖިއާކޮމޯ ރަސްޕަޑޯރީ ވަނީ ލަނޑު ޖަހައި ނަޕޯލީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން، މެޗުގެ 64 ވަނަ މިނެޓުގައި ނަޕޯލީ އަށް ލީޑު ލިބުނީ ލާޒިއޯގެ ޑިފެންޑަރު އާދަމް މުރުސިޗް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. މެޗުން ނަޕޯލީ މޮޅުވާން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ލާޒިއޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބޮލާޔޭ ޑިއާ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މެޗު އެއްވަރުވެ ނަޕޯލީ އެއް ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 25 މެޗުން 56 ޕޮއިންޓާ އެކު އެވެ. ނަޕޯލީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އިންޓަރ މިލާނަށް ލިބެނީ 54 ޕޮއިންޓެވެ. އެހެންކަމުން މެޗުގެ އަދަދު ހަމަކުރާއިރު، އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އިންޓަރ މިލާނަށް އޮންނާނެ އެވެ.

އިޓާލިއަން ލީގުލާޒިއޯނަޕޯލީ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
27 ޖެނުއަރީ 2025

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

27 ޖެނުއަރީ 2025
ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު