Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައްޔާޒު އިސްތިއުފާ ދެއްވުން

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސް އާއި ކޯލިޝަން ހަދަން މަޝްވަރާކުރި ނަމަވެސް ޕާޓީގެ އިސް ފަރާތްތަކުން އެކަމާއި ދެކޮޅު ހެދި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2025 | ހޯމަ 03:18
އެމްޑީޕީން ކޮންގްރެސްގައި ރައީސް ޞާލިޙު އަދި ރައީސް ނަޝީދު އަދި ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ފަހަތުގައި

އެމްޑީޕީން ކޮންގްރެސްގައި ރައީސް ޞާލިޙު އަދި ރައީސް ނަޝީދު އަދި ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ފަހަތުގައި

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ގެއްލުނީ އެމްޑީޕީ ފަޅިވެގެން ދިއުމުން ކަމަށް ވިދާޅުވެ، ޕާޓީގެ ޗެއަރޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް މީގެ ކުރިން ނުދައްކަވާ އެތައް ވާހަކަ ތަކެއް ހާމަ ކުރައްވައިފި އެވެ.

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ޕާޓީގެ ޗެއަރޕާސަންގެ މަގާމާއި 2022 ވަނަ އަހަރު ހަވާލުވީ ވަރަށް ފޮނި އުއްމީދުތަކާ އެކު ކަމަށެވެ. އަދި ޕާޓީ ވަރުގަދަކޮށް، ޕާޓީގެ ހިންގުން އިހުނަށްވުރެ އެތައް ގުނައަކުން ހަރުދަނާކުރުމުގެ ތަސައްވުރާއެކު އެވެ. ފައްޔާޒު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދަށް މުހިންމު ގިނަ ބަދަލުތަކެއް ގެނެވުނު ކަމަށެވެ. އަދި އެއީ ޕާޓިގެ އިދާރީ ހިންގުން ހަލުވި ކުރުމަށާއި، ސިޔާސީ މަސައްކަތް ވަރުގަދަ ކުރުމަށާއި، ފާޓީއަށް ތާއިދު އިތުރުކުރުމަށެވެ. އޭނާ ވިދާޅުވީ ޗެއަރޕާސަންގެ މަގާމާ ހަވާލުވި އިރު ޕާޓީ އޮތީ ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކެއްގެ ތެރޭގައި ކަމަށާއި، މި މަގާމަށް ވާދަކުރީ އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ޕާޓީ އެކަތިގަނޑަކަށް ހެދުމުގެ އަޒުމާ އެކުގައި ކަމަށެވެ.

Advertisement - newsAdvertisement

ފައްޔާޒު ވިދާޅުވީ ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށާއި، އަދި އަސާސީ ގަވާއިދަށް ގެންނަން ބޭނުންވި ބައެއް މުހިންމު ބަދަލުތައް ގެނައުމަށް 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ކޮންގްރެސް އެއް ބޭއްވި ކަމަށާއި، އެ ކޮންގްރެސްގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި ރައީސް މުހައްމަދު ނަޝީދާއި ދެމެދު ހުރި ހިޔާލު ތަފާތުވުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ ކަަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މާތް ﷲ ގެ އިރާދަ ފުޅާއެކު އެ ކޮންގްރެސް ނިންމާލެވުނީ ވަރަށް ކާމިޔާބުކަމާ އެކު ދެ ފަރާތުން ވެސް ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމުގެ ނިޔަތާއި އެއްބަސްވުމާ އެކު އެވެ. އެހެނަސް މާ ގިނަ ދުވަސްތަކެއް ނުވެ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ އެންމެ މަގުބޫލު ދެ ބޭފުޅުން ކަމުގައިވާ ރައީސް ޞާލިހާއި، ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށް ބެލެވުނެވެ. އަދި އެ ދެބޭފުޅުން ވާދަކުރެއްވުމުގެ ނަތީޖާއަކީ ފަހުން އަޅުގަނޑުމެން ހިތާމަކުރަންޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނު ކަމެކެވެ. މިއީ ކޮންމެހެން ވެސް ޕާޓީ އާއި މުޅި ގައުމުގެ ކުރިމަގަށް ވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އަޅުގަނޑަށް ސިފަވި ކަމެކެވެ.
ފައްޔާޒު އިސްމާއިލް

ފައްޔާޒު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ އެދިލެއްވުމުގެ މަތިން ފަސް ފަހަރެއްގެ މަތިން ރައީސް ނަޝީދުގެ ޓީމަކާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގައި ބައްދަލުކުރީމެވެ. އެ ބައްދަލުވުންތަކުގައި ވާހަކަ ދެކެވުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ނުކުރުމަށާއި، ރިޔާސީ އިންތިހާބުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުމަށާއި، އަދި އެ ވޯޓުގައި އެމްޑީޕީ އިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދެފަރާތުން ހިތްހަމަޖެހޭ އެއްބަސްވުމަކަށް ނާދެވި އެ ބައްދަލުވުންތައް ހުއްޓާލަން ޖެހުނު ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެފަހުން ރައީސް ޞާލިހުގެ އެދިވަޑައިގަތުމުގެ މަތިން ރައީސް ޞާލިހުގެ ހުށަހެޅުންތަކާ އެކު ރައީސް ނަޝީދުގެ ޓީމާ އެކު އަނެއްކާ ވެސް ބައްދަލުކޮށް އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ. އަދި މި އެއްބަސްވުމުގެ މައިގަނޑު ނުކުތާތަކެއްގެ ގޮތުގައި އޮތީ ޕްރައިމަރީއެއް ނުބާއްވައި އެމްޑީޕީގެ ޓިކެޓުގައި 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހު ވާދަކުރެއްވުމަށާއި، ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގައި އޮންނަ ވެރިކަމުގެ ނިޒާމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ނަމަވެސް އެއްބަސްވެވުނީ އެ ވޯޓުގައި އެމްޑީޕީ އިން ވަކި ކޮޅެއް ނުނެގުމަށެވެ. އެ ހިސާބުން އަޅުގަނޑުގެ އުއްމީދު ވަރަށް ބޮޑަށް އާވެގެން ދިޔަ އެވެ. ޕާޓީގެ އެއްބަައިވަންތަކަމާއި ބާރުވެރިކަން އަލުން އާރާސްތުކޮށް އިންތިހާބު ކާމިޔާބުކުރެވޭނެ މަގެއް ހޯދުނީތީ އެވެ. އެހެންނަމަވެސް، އޭގެ ދުވަސްކޮޅެއް ފަހުން ޕާޓީގެ ބައެއް އިސްފަރާތްތަކަށް ގަބޫލު ކުރެވުނީ ރައީސް ނަޝީދާއެކު އެއްބަސްވެވުނު ގޮތަށް ކުރިއަށް ނުދިއުމަށެވެ. އަދި އެ ޕްރައިމަރީ ނިމުނު އިރު، އެތައް އަހަރެއް ވަންދެން އެކުގައި އިސްލާހީ މަަސައްކަތުގައި ދުވަސްތައް ހޭދަކުރި ރަހުމަތްތެރިންނާ މޫނުކެނޑި،އެއް އާއިލާއެއްގެ ގޮތުގައި އޮތް މި ޕާޓީ ދެފަޅިވެ ރިޔާސީ އިންތިހާބު ވެސް ގެއްލިގެން ދިޔައީ އެވެ. އޭރު ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރެވުނު ހާލަތު ހަގީގަތަކަށް ވެގެންދިޔައީ އެވެ.
ފައްޔާޒު އިސްމާއިލް

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީއާއި ކުރިމަތިވީ މަޖިލިސް އިންތިހާބު ކަމަަށެވެ. އަދި އެ އިންތިހާބަކީ ގައުމުގެ މަސްލަހަތަށްޓަކައި ކޮންމެހެން ވެސް އިދިކޮޅުން ކާމިޔާބު ކުރަންޖެހޭ އިންތިހާބެއް ކަމަށް މުއިއްޒުގެ އަމަލުތައް ހުރި ގޮތުން ވަރަށް ސާފުވެގެން ދިޔަ ކަމަށާއި، މަސައްކަތް ކުރީ އެމްޑީޕީ އިން ވަކިވެ އުފެއްދި ޑިމޮކްރެޓްސް އާއި ކޯލިޝަނެއް ހަދައިގެން އަގުލަބިއްޔަތު ހޯދޭނެ ގޮތަށް އިންތިހާބާ ކުރިމަތިލުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ނަމަވެސް ޕާޓީގެ އިސް ފަރާތްތަކުން އެއީ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ ކޯލިޝަން ނުހަދައި ކުރިއަށް ދިއުމަށް ނިންމި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އިންތިހާބުގައި ގެއްލުނު ގޮނޑިތައް ގެއްލުނީ މަދު ވޯޓަކުން ކަމަށާއި، އެކުގައި މަސައްކަތް ކުރިނަމަ ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ދެ އިންތިހާބު ކާމިޔާބު ނުވުމުގެ މައިގަނޑު ސަބަބަކީ ޕާޓީ ފަޅިވެގެން ދިއުމެވެ. އަދ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ޕާޓީ އަށާއި ސިޔާސީ ނިޒާމާ މެދު އޮތް އިތުބާރު ގެއްލިގެން ދިޔަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި އިތުބާރު ހޯދޭނީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަން ހައްލުކުރުމަށް ބޮޑެތި ބަދަލުތަކަކާއިގެން ނުކުމެ އެމްޑީޕީ އިން ވަކާލާތު ކޮށްގެންނެވެ.

ފައްޔާޒް އިސްމާއިލްއެމްޑީޕީރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު