Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސޯލިހް

ރައީސް ސޯލިހް, ރައީސް ނަޝީދު އާ ބައްދަލު ކުރައްވަނީ

ރައީސް ސޯލިހް ކުޑަހުވަދޫގައި އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ނިމުމާއެކު ހުރިހާ ފަރާތްތަކުން ގުޅިގެން އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ގޮވާލައްވައިފިއެވެ. ދަތުރުފުޅު ނިމުމާއެކު ރައީސް ނަޝީދު އާ ބައްދަލުކުރައްވައި ދެބޭފުޅުން އެކުގައި މަސައްކަތް ކުރައްވާތަން ރައްޔިތުންނަށް ފެންނާނެ ކަމަށް ވިދާޅުވިއެވެ. ޕާޓީ އެއްބައިވަންތަކަން ވަރުގަދަ ކުރަން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދެއްވި.

ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 08:02
ރައީސް ނަޝީދު އާއި ރައީސް ސޯލިހް

ރައީސް ނަޝީދު އާއި ރައީސް ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް މުހައްމަދު ނަޝީދު އާ ވަރަށް އަވަހަށް ބައްދަލު ކުރައްވާ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ގުޅިގެން މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ހޯމަ ދުވަހު ކުޑަހުވަދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގަ އެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހް ކުޑަހުވަދޫ އަށް ވަޑައިގަތީ ތ. ހިރިލަންދޫ އަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ.

ކުޑަހުވަދޫ ގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ނިމުމާއެކު ހުރިހާ ފަރާތްތަކުން ގުޅިގެން އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތްކުރުމަށް ވަނީ ގޮވާލައްވާފަ އެވެ. އަދި ގުޅިގެން މަސައްްކަތް ކުރެވިއްްޖެ ނަމަ ހުރިހާ ދާއިރާ އަކުން ވެސް ރަނގަޅު ނަތީޖާ އެއް ހޯދޭނެ ކަން ފާހަގަ ކުރައްވި އެވެ.

ރައީސް ޞޯލިހް ވަނީ ޕާޓީގެ އެއްބައިވަންތަކަން ވަރުގަދަ ކުރަން އެމަނިކުފާނަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން އެމްޑީޕީ ގެ ސަޕޯޓަރުންނަށް ދެއްވާފަ އެވެ.

ކުޑަހުވަދޫ ގެ އެމްޑީޕީ ސަޕޯޓަރުންނާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ، މިހާރުވެސް ރައީސް ނަޝީދު އާ މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށާއި، މި ދަތުރުފުޅު ނިމުމާއެކު ރައީސް ނަޝީދު އާ ބައްދަލު ކުރައްވާ ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވާތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.

ކުޑަހުވަދޫގައި ހުންނެވި އެމްޑީޕީގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއް ރަހުމާނު ވިދާޅުވީ، ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅަކީ އެމްޑީޕީ މެމްބަރުންގެ އުއްމީދު ވަރަށް ބޮޑަށް އާވެގެން ދިޔަ ވާހަކަފުޅެއް ކަމަށާއި، ދެ ރައީސުން އެކުގައި މަސައްކަތް ފެއްޓެވުމަކީ ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމުގައެވެ. އިތުރަށް ޝާތިރު ވިދާޅުވީ، ޕާޓީ އެކަތިގަނޑަކަށް ހެއްދެވުމަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ މަސައްކަތް ކުޑަހުވަދޫ ދާއިރާގެ އެމްޑީޕީ މެމްބަރުން ވަރަށް އުފަލާ އެކު ބަލައިގަންނަ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުރައީސް މުހައްމަދު ނަޝީދުލޯކަލް ކައުންސިލް އިންތިހާބުކުޑަހުވަދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޞާލިޙް ކުޑަހުވަދޫ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލު ކުރައްވައިފި

ރައީސް ޞާލިޙް ކުޑަހުވަދޫ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލު ކުރައްވައިފި

22 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކު ގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއި އެކު 550 ގޮނޑި މަދުވާނެ!

ލޯކަލް ކައުންސިލްތަކު ގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއި އެކު 550 ގޮނޑި މަދުވާނެ!

21 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު